އިދާރީ މުވައްޒަފުން

އަތޮޅު ކައުންސިލްގައި ތިއްބަވާ ސިވިލްސަރވިސް މުވައްޒަފުން

 

 

 

 

މުޙައްމަދު އަސްލަމް – ސެކްރެޓަރީ ޖެނެރަލް

އަލްފާޟިލް މުޙައްމަދު އަސްލަމް އާލިޔާ ހއ. ދިއްދޫ، މި އިދާރާއާ ގުޅިވަޑައިގެންނެވީ 15 ނޮވެމްބަރ 2021 ގައި މި އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ ގޮތުގައެވެ. އަލްފާޟިލް މުޙައްމަދު އަސްލަމް މި އިދާރާގައި ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރޭގައި، ކައުންސިލްގެ އިދާރީ އެންމެ އިސް މުވައްޒަފެއްގެ ހައިސިއްޔަތުން ކައުންސިލް ހިންގުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖައްސައި, އިދާރާގެ މަސައްކަތް ހިންގައި ބެލެހެއްޓުމާއި، ކައުންސިލް އިދާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލްގެ ރައީސަށް ރިޕޯރޓްކޮށް ޖަވާބުދާރީވުމާއި، ކައުންސިލުން ނިންމާ ނިންމުންތަކާއި ކަނޑައަޅާ އުސޫލުތައް ތަންފީޒު ކުރުމާއި، ކައުންސިލުން ފޯރުކޮށްދޭ މުނިސިޕަލް ޚިދުމަތްތައް ކައުންސިލް އިދާރާގެ މުވައްޒަފުން މެދުވެރިކޮށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައި ކައުންސިލުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ޚިދުމަތް ފޯރުކޮށް ދިނުމާއި، ކައުންސިލްގެ މަސައްކަތްތަކާއި ހަރަކާތްތަކާއި އިންސާނީ ވަސީލަތްތަކާ ގުޅޭގޮތުން ކައުންސިލްގެ ރައީސަށް ލަފާދިނުމާއި، ކައުންސިލުންކުރާ މަސައްކަތްތަކާއި ހިންގާ ހަރަކާތްތަކުގައި ޤާނޫތަކާއި ޤަވާޢިދުތަކަށް ތަބާވާކަން ކަށަވަރު ކުރުމާއި، ކައުންސިލުން ތައްޔާރުކުރަންޖެހޭ ޕްލޭންތަކާއި ބަޖެޓާއި ރިޕޯރޓްތައް ތައްޔާރުކުރުމާއި, ކައުންސިލުން ނިންމާ ކަންތައްތައް ނިންމާ ގޮތެއްގެމަތިން ތަންފީޒުކުރުމާއި، ކައުންސިލްގެ މަސައްކަތްތައް ތަރައްޤީކޮށް ޚިދުމަތުގެ ފެންވަރު މަތިކޮށް ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭ ފަންނީ ދިރާސާކޮށް، އޭގެއަލީގައި ކައުންސިލްގެ ޚިދުމަތްތަކާއި މަސައްކަތްތައް ތަރައްޤީކުރުމަށް ކައުންސިލްގެ ރައީސަށް ލަފާދިނުމާއި، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ ބޭނުމަށް، ކައުންސިލްގެ ރައީސްގެ ލަފާގެމަތިން ކައުންސިލްގެ މާލީ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތު އަދާކުރުމާއި، ސިވިލްސަރވިސް ކޮމިޝަންގެ ޤަވާޢިދުތަކުގެ ދަށުން އަދި ކޮމިޝަނުގެ އިރުޝާދާ އެއްގޮތަށް ކައުންސިލް އިދާރާގައި މަސައްކަތްކުރާ ސިވިލްސަރވިސް މުވައްޒަފުންނަށް ވަޒީފާ ދިނުމާއި ވަޒީފާއިން ވަކިކުރުމާއި ވަޒީފާ އަދާކުރާތަން ބަދަލުކުރުމާއި މުވައްޒަފުންނަށް ކަނޑައެޅޭ މުސާރައާއި އިނާޔަތްތަކާބެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ އިދާރީ އިންތިޒާމުތައް ހަމަޖައްސައި ހިންގުން ހިމެނެއެވެ.

އަލްފާޟިލް މުޙައްމަދު އަސްލަމް އެންމެ ފުރަތަމަ ސިވިލްސަރވިސް ވަޒީފާއަށް ވެންނެވީ 2003 އޯގަސްޓްގައެވެ. އެއީ ތަޢުލީމީ ދާއިރާއަށެވެ. މިގޮތުން ތަޢުލީމީ ދާއިރާގައި 10 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރައްވާފައި ވެއެވެ. ތަޢުލީމީ ދާއިރާގައި އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ޣިޔާސުއްދީން ސްކޫލާއި ދަރުމަވަންތަ ސްކޫލްގައި ކޮލިފައިޑް ސެންކްޑްރީ ޓީޗަރެއްގެ މަޤާމާއި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލްގެ މަޤާމު ހިމެނެއެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި، އެވިޑް ޓްރޭނިންގ ސެންޓަރާއި، މަންދު ކޮލެޖާއި، މެޕްސް ކޮލެޖްގައި ކިޔަވާ ދެއްވާފައި ވެއެވެ. މީގެއިތުރުން ދައުލަތުގެ މިނިވަން މުވައްސަސާތަކުގެ ތެރެއިން އެންޓި ކޮރަޕްޝަން ކޮމިޝަންގެ އިންވެސްޓިގޭޝަން އޮފިސަރެއްގެ މަޤާމާއި، މޯލްޑިވްސް ބްރޯޑްކާރސްޓިންގ ކޮމިޝަންގެ މެންބަރ ކަމާއި އެކޮމިޝަނުގެ ނައިބު ރައީސްކަމުގެ މަޤާމް ފުރުއްވާފައި ވެއެވެ. މޯލްޑިވްސް ބްރޯޑްކާރސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ، މުޙައްމަދު އަސްލަމު އައްޔަންކުރެއްވީ 13 މާރިޗް 2013 ގައެވެ. އަދި 5 އޭޕްރީލް 2016 ގައި ފެށުނު ކޮމިޝަނުގެ ނައިބު ރައީސްކަމުގެ މަޤާމަށް މުޙައްމަދު އަސްލަމުވަނީ އިންތިޚާބުވެ ވަޑައިގެންފައެވެ.

އަލްފާޟިލް މުޙައްމަދު އަސްލަމު އެންމެފަހުން އަދާކުރައްވާފައިވަނީ، ނޭޝަނަލް އިންސިޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް އޮފިސަރެއްގެ މަޤާމެވެ.


ޢަބްދުﷲ ޝަފީޤް –ސީނިޔަރ ކައުންސިލް އެގްޒެކެޓިވް

އަލްފާޟިލް ޢަބްދުﷲ ޝަފީޤް އިކްލީލުގެ ހއ. ދިއްދޫ، މި އިދާރާއާ ގުޅިވަޑައިގެންނެވީ 22 ޑިސެމްބަރ 2011 ގައި މި އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރެއްގެ ގޮތުގައެވެ. އޭގެފަހުން 21 ޑިސެމްބަރ 2016 ގައި މި އިދާރާގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް ބަދަލު ކުރެއްވިއެވެ. އަލްފާޟިލް ޢަބްދުﷲ ޝަފީޤް ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 01 ޖަނަވަރީ 2000 ގައި ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައެވެ.

އަތޮޅު ކައުންސިލް އިދާރާގެ ޑިރެކްޓަރ ޖެނެރަލްގެ ހައިސިއްޔަތުން އަލްފާޟިލް ޢަބްދުﷲ ޝަފީޤް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި، އަތޮޅު ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިކަމާއި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އިންތިޚާބުކޮށްފައިވާ އަތޮޅުކައުންސިލުން ފާސްކުރައްވާ ކަންކަން ތަންފީޒުކުރެއްވުމާއި، އަތޮޅު ކައުންސިލްގެ ރައީސް އަންގަވާގޮތެއްގެމަތިން އިދާރާގެ އިދާރީ މަސައްކަތްތައް ސެކްޝަންތަކުގެ ވެރިންލައްވާ ކުރުވުމާއި، ކައުންސިލް ބިއުރޯގެ ކަންކަން ހިންގެވުމާއި، ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތަށް ކައުންސިލް އިދާރާ ހިންގެވުން ހިމެނެއެވެ.

އަލްފާޟިލް ޢަބްދުﷲ ޝަފީޤް ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 17 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އަލްފާޟިލް ޢަބްދުﷲ ޝަފީޤް އަދާކުރެއްވި މަޤާމުތަކުގެތެރޭގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރައިމަރީ ޓީޗަރކަމާއި، ސުޕަރވައިޒަރކަމާއި، އަދި ގްރެޖުއޭޓް ލީޑިންގ ޓީޗަރކަމާއި މި އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރކަން ހިމެނެއެވެ.

ފޯން: 65000103

އީމެއިލް:   [email protected]


މަރިޔަމް ޝަފީޤް– ކައުންސިލް އެގްޒެކެޓިވް

މަރިޔަމް ޝަފީޤު ހައިވޭ ހއ. ދިއްދޫ، ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއާ ގުޅިވަޑައިގެންނެވީ 02 ނޮވެމްބަރ 2021 ވަނަ ދުވަހުއެވެ.

އަލްފާޟިލާ މަރިޔަމް ޝަފީޤް މި އިދާރާގައި ކުރައްވަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި، ކައުންސިލްގެ އިދާރާގެ އެންމެހައި އިދާރީ އަދި ފަންނީ މަސައްކަތްތައް ކައުންސިލާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ރާވައި ހިންގައި ބެލެހެއްޓުމާއި، ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ރާވައި، ހިންގައި ބެލެހެއްޓުމާއި، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ކައުންސިލުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތްތައް ކައުންސިލާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ރާވައި، ހިންގައި ބެލެހެއްޓުމާއި، މިނިސްޓްރީތަކުންނާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަތޮޅު ނުވަތަ ރަށު ފެންވަރުގައި ފޯރުކޮށްދިނުމަށް ކަނޑައަޅާ ޚިދުމަތްތައް ކައުންސިލް އިދާރާ މެދުވެރިކޮށް ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓުމާއި، ޤައުމީ ތަރައްޤީގެ ޕްލޭން / އެކްޝަން ޕްލޭނުގެ ދަށުން ސިޓީ، އަތޮޅު ނުވަތަ ރަށުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތައް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓުމާއި، އަދި އެ މަސައްކަތްތައް ކުރިއަށްދާގޮތުގެ ސްޓޭޓަސް ރިޕޯޓް ހަމަޖެހިފައިވާ އުޞޫލުތަކުގެ ތެރެއިން ކަމާބެހޭ ފަރާތްތަކާ ގަވާއިދުން ހިއްސާކުރުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުމާއި، ސިޓީގެ، އަތޮޅުގެ ނުވަތަ ރަށުގެ ތަރައްޤީއަށްޓަކައި ހިންގުމަށް ރޭވޭ އެކި މަޝްރޫޢުތައް ތަންފީޒުކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ތައްޔާރުކުރަންޖެހޭ ޕްރޮޕޯސަލްތައް ތައްޔާރުކުރުމާއި، އެފަދަ ޕްރޮޕޯސަލްތައް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި، އެހީ ހޯދުމުގެ މަސައްކަތްތައް ޤާނޫނާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ހުދޫދުތަކުގެ ތެރެއިން ކުރުމާއި، ކައުންސިލް އިދާރާގެ މުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރކުރުމާއި، މުވައްޒަފުންނަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމާއި، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އަދި މުވައްޒަފުންނަށް ފަހި، އަމާން އަދި ރައްކާތެރި މަސައްކަތުގެ މާހައުލެއް ޤާއިމުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓުމާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުތަކާއި އުޞޫލުތަކުގެ ދަށުން ކައުންސިލް އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންނާގުޅޭ ކަންކަން ބެލެހެއްޓުމުގައި ސެކްރެޓަރީ ޖެނެރަލް އަށް އެހީތެރިވެދިނުމާއި، ކައުންސިލްގެ ބަޖެޓާބެހޭ ކަންކަމާއި ފައިސާގެ މުޢާމަލާތްތައް ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ހިންގުން، އަދި ކައުންސިލްގެ އިދާރާގެ އެހެން މުވައްޒަފުންވެސް އެގޮތަށް ޢަމަލުކުރޭތޯ ކަށަވަރުކުރުން ހިމެނެއެވެ.

އަލްފާޟިލާ މަރިޔަމް ޝަފީޤް މިހާތަނަށް ވަޒިފާ އަދާކުރައްވާފައި ވަނީ އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ އޮފިސަރެއްގެ މަޤާމުގައެވެ. މިގޮތުން އެކުންފުނީގެ ކޯޕަރޭޓް އެފެއަރޒް، ލީގަލް، އެޗް.އާރ އެންޑް އެންޑިގް ޑީޕާރޓްމަންޓްގައި މަސައްކަތް ކުރައްވާފައި ވެއެވެ. މި މަގާމް އަދާކުރައްވާފައިވަނީ 15 ޑިސެމްބަރ 2015 ން 04 ނޮވެމްބަރ 2021 ގެ ނިޔަލަށެވެ.

ފޯން: 65000122

އީ-މެއިލް: [email protected]

 


ޢަބްދުﷲ ނަޢީމް – ކައުންސިލް އެގްޒެކެޓިވް

އަލްފާޟިލް ޢަބްދުﷲ ނަޢީމް ނަފާ ހއ. ދިއްދޫ ތިލަދުންމަތީ އުތުރުބުރީ އަތޮޅު އޮފީހާ ގުޅިވަޑައިގަތީ 16 އޯގްސްޓް 1982 ގައި އަތޮޅު އޮފީހުގެ ކާތިބެއްގެ ގޮތުގައެވެ. އޭގެފަހުން އަތޮޅު އޮފީހުގެ އެކި ފެންވަރުގެ މަޤާމުތަކާއި، ވެރިންގެ ގިންތީގެ ތަފާތު މަޤާމުތައް ފުރުއްވުމަށްފަހު 19 ޖަނަވަރީ 2015 ގައި އަތޮޅު ކައުންސިލް އިދާރާގެ ޑިރެކްޓަރެއްގެ މަޤާމަށް ބަދަލު ކުރެއްވިއެވެ.

އަތޮޅު ކައުންސިލް އިދާރާގެ ޑިރެކްޓަރެއްގެ ހައިސިއްޔަތުން އަލްފާޟިލް ޢަބްދުﷲ ނަޢީމް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި، އަތޮޅު ކައުންސި އިދާރާގެ އިކޮނޮމިކް ޑިވެލޮޕްމަންޓް ޔުނިޓާއި، ޕޮލިސީ ޕްލޭނިންގ ރިސަރޗް އެންޑް މޮނިޓަރިން ޔުނިޓް ހިންގެވުން ހިމެނެއެވެ. ( މި ދެޔުނިޓުން ކުރައްވާ މަސައްކަތުގެ ތެރޭގައި އަތޮޅު ކައުންސިލް އިދާރާގެ ޢިމާރާތްތަކާއި އުޅަނދުފަހަރު މަރާމާތުކޮށް ބެލެހެއްޓުމާއި އެތަންތަނާއި އުޅަނދުފަހަރަށް އާމްދަނީ ލިބޭނެގޮތްތައް ވިލަރެސްކޮށް ބެލެހެއްޓުމާއި، އަތޮޅު ކައުންސިލުން ކުރަމުންގެންދާ ވިޔަފާރީގެ ކަންކަން ބެލެހެއްޓުމާއި، އެއްގަމާއި ކަނޑުގެ ލައިސަންސް ދޫކުރުމާއި އުޅަނދުފަހަރު ރަޖިސްޓްރީ ކޮށްދިނުމާއި އަތޮޅުގައި ސަރުކާރުން ހިންގަވާ އެކިއެކި މަޝްރޫޢުތަކުގައި އިދާރީގޮތުން ކުރައްވަންޖެހޭ އެކިއެކި މަސައްކަތް ކުރެއްވުމާއި އަތޮޅު ކައުންސިލާއި ރަށު ކައުންސިލުން އެކުލަވާލަންޖެހޭ 5 އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ޤާނޫނާއެއްގޮތަށް ކުރިއަށް ގެންދިއުމާއި ރަށު ކައުންސިލްތައް ހިނގާ ނުހިނގާގޮތްބަލާ މޮނިޓަރކުރުން ހިމެނެއެވެ. )

އަލްފާޟިލް ޢަބްދުﷲ ނަޢީމް ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 39 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. ޢަބްދުﷲ ނަޢީމް އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި އަތޮޅު އޮފީހުގެ ކާތިބުކަމާއި، ރޭޑިޔޯޓެލްފޯން އޮޕަރޭޓަރކަމާއި، ސެކްރެޓަރީކަމާއި، ސީނިޔަރ ސެކްރެޓަރީ ކަމާއި، އަތޮޅުވެރިޔާގެ އެހީތެރިކަމާއި، އަތޮޅު ކައުންސިލް އިދާރާގެ ޑެޕިއުޓީ ޑިރެކްޓަރކަން ހިމެނެއެވެ.

ފޯން: 7913404

އީމެއިލް:  [email protected]

 


އަސްމާ އަބޫބަކުރު – ކައުންސިލް އެގްޒެކެޓިވް

އަލްފާޟިލާ އަސްމާ އަބޫބަކުރު ފިޔާތޮށިގެ ހއ. ދިއްދޫ، މިއިދާރާއާ ގުޅިވަޑައިގަތީ 07 އޭޕްރީލް 2016 ގައެވެ. އަސްމާ އަބޫބަކުރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އިންފްރާސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް ޔުނިޓްގައެވެ.

އަލްފާޟިލާ އަސްމާ އަބޫބަކުރު ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، އަތޮޅު ކައުންސިލް އިދާރާއާއި ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ޢިމާރާތްތައް މަރަމާތުކުރުމާ ބެހޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުމާއި، ރަށްރަށުގައި ކުޅިވަރު ކުޅޭނެ ތަންތަން ހެދުމާބެހޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުމާއި، ރަށްރަށަށް ދިމާވާ ތިމާވެށިގެ މައްސަލަތައް ދިރާސާކޮށް ރިޕޯރޓްތައް ކަމާބެހޭ އޮފީސްތަކަށް ފޮނުވުމާއި، ރަށްރަށުގެ ކުޑަކުދިންގެ ޕާކްތަކާއި މައިޒާންފަދަ ތަންތަނާ ބެހޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުމާއި، ރަށްރަށަށް ދިމާވާ ކާރިސާތަކާބެހޭގޮތުން އިދާރީގޮތުން ލިއަންޖެހޭ ލިއުންތައް ލިޔެ ފޮނުވުމާއި، ބޯފެނަށްޖެހޭ ރަށްރަށަށް ބޯފެން ފޯރުކޮށް ދިނުމާބެހޭގޮތުން އިދާރީގޮތުން ލިއަންޖެހޭ ލިއުންތައް ލިޔެ ފޮނުވުމާއި، މި އިދާރާގެ ވެހިކަލްތައް ( އެއްގަމާއި ކަނޑުގެ ) ބެލެހެއްޓުމާ ބެހޭގޮތުން ކުރަންޖެހޭ މަސައްކަތް ކުރުމާއި، މަޢުލޫމާތު ހޯދުމާއި، ލިބިގަތުމުގެ ޙައްޤުގެ ޤާނޫނޫގެ ދަށުން މި ކައުންސިލުން ދޫކުރަންޖެހޭ މަޢުލޫމާތު ދޫކުރުން ހިމެނެއެވެ.

އަލްފާޟިލާ އަސްމާ އަބޫބަކުރު ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 07 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އަލްފާޟިލާ އަސްމާ އަބޫބަކުރު އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ހއ. އަތޮޅު ތަޢުލީމީމަރުކަޒުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމާއި ހއ. ދިއްދޫ ޣާޒީ މުޙައްމަދު ޕްރީސްކޫލްގެ ޓީޗަރުކަން ހިމެނެއެވެ. އަލްފާޟިލާ އަސްމާ އަބޫބަކުރު ޕްރީސްކޫލް ޓީޗަރުކަން 17 އަހަރަށް ވުރެ ގިނަދުވަހު ކުރައްވާފައި ވެއެވެ.

ފޯން: 6500114

އީމެއިލް: [email protected]


އާދަމް ސަޢީދު – ލީގަލް އޮފިސަރ

އަލްފާޟިލް އާދަމް ސަޢީދު ސަމާ ހއ. ދިއްދޫ، ތިލަދުންމަތީ އުތުރުބުރީ އަތޮޅު އޮފީހާ ގުޅިވަޑައިގަތީ 04 ޖޫން 1992 ގައި އަތޮޅު އޮފީހުގެ ސީނިޔަރކްލާކެއްގެ ގޮތުގައެވެ. އޭގެފަހުން އަތޮޅު އޮފީހުގެ އެކި ފެންވަރުގެ މަޤާމުތައް ފުރުއްވުމަށްފަހު 15 ޖޫން 2014 ގައި އަތޮޅު ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރެއްގެ މަޤާމަށް ބަދަލު ކުރެއްވިއެވެ. އާދަމް ސަޢީދު ސަރުކާރަށް ވެންނެވީ 05 އޯގަސްޓް 1986 ގައެވެ.

އަތޮޅު ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރެއްގެ ހައިސިއްޔަތުން އަލްފާޟިލް އާދަމް ސަޢީދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި، އަތޮޅު ކައުންސިލް އިދާރާގެ ޢިމާރާތްތަކާއި، އެއްގަމާއި ކަނޑުގެ އުޅަނދުފަހަރު މަރާމާތުކޮށް ބެލެހެއްޓުމާއި، އަތޮޅަށް އާމްދަނީ ލިބޭނެގޮތްތައް ވިލަރެސްކޮށް ބެލެހެއްޓުމާއި، އަތޮޅު ކައުންސިލުން ކުރަމުންދާ ވިޔަފާރީގެ ކަންކަން ބެލެހެއްޓުމާއި، އަތޮޅުގައި ސަރުކާރުން ހިންގަވާ އެކިއެކި މަޝްރޫޢުތަކުގައި އިދާރީގޮތުން ކުރައްވަންޖެހޭ އެކިއެކި މަސައްކަތް ހިމެނެއެވެ. މިގެ އިތުރުން އަތޮޅު ކައުންސިލް އިދާރާގެ އިކޮނޮމިކް ޑިވެލޮޕްމަންޓް ޔުނިޓް ހިންގެވުން ހިމެނެއެވެ.

އަލްފާޟިލް އާދަމް ސަޢީދު ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 35 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އަލްފާޟިލް އާދަމް ސަޢީދު އަދާކުރެއްވި މަޤާމުތަކުގެތެރޭގައި ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ ކާތިބުކަމާއި، އައިޑެންޓިޓީކާޑު ޔުނިޓްގެ ރެކޯޑްސް ކްލާރކް ކަމާއި، އަތޮޅު އޮފީހުގެ ސީނިޔަކްލާކްކަމާއި، އެސިސްޓެންޓް ސެކްރެޓަރީކަމާއި ދިއްދޫ ކުޑަކަތީބު ކަތީބުކަމާއި، ދިއްދޫ ބޮޑުކަތީބުކަން ހިމެނެއެވެ. އޭގެ އިތުރުން ހއ. އަތޮޅު އޮފީހުގެ ސީނިޔަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމާއި، ހއ. އަތޮޅު ކައުންސިލް އިދާރާގެ އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރުކަމުގެ މަޤާމް ހިމެނެއެވެ.

ފޯން: 9900059

އީމެއިލް:  [email protected]


ޙުސައިން ބަދީޢު – އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް

އަލްފާޟިލް ޙުސައިން ބަދީޢު އާހަނދުވަރު ހއ. ދިއްދޫ، ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއާ ގުޅިވަޑައިގަތީ  12 އޭޕްރީލް 2017 ގައެވެ. ހުސައިން ބަދީޢު މަސައްކަތް ކުރައްވަނީ މި އިދާރާގެ އެޑްމިން އެޗް.އާރު އެންޑް އިންފޮމޭޝަން ޔުނިޓްގެ އިސްވެރިއެއްގެ ގޮތުގައެވެ.

އެސިސްޓެންޓް ޑިރެކްޓަރެއްގެ ހައިސިއްޔަތުން އަލްފާޟިލް ޙުސައިން ބަދީޢު އަދާކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރޭގައި ގޯތިގެދޮރާއި، ބިމާބެހޭ އެންމެހައި ކަންތައްތައް ބަލަހައްޓައި، ބިމާބެހޭ ޤައުމީ އިދާރާއަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރުމާއި، ޙުކުމް ތަންފީޒް ކުރުމުގެ ގޮތުން ގޭގައި ބަންދުކުރެވޭ މީހުންގެ މައްސަލަތައް ކަމާބެހޭ ފަރާތްތަކަށް ފޮނުވުމާއި، ކައުންސިލް އިދާރާގެ ޔަވްމިއްޔާ ލިޔުއްވުމުގެ މަސައްކަތް ބެލެހެއްޓުމާއި، އެއްރަށުން އަނެއް ރަށަށް ރަށްވެހިކަން ބަދަލުކުރާ ފަޜާތްތަކާބެހޭ މަޢުލޫމާތު ފޮނުވުމުގެ މަސައްކަތް ކުރުވުމާއި، ކުށުގެ ރެކޯޑް ސާފުކުރުމާބެހޭ ކަންކަން ހިނގާގޮތް ބެއްލެވުމާއި، ކައުންސިލް އިދާރާއިން ފޮނުވަންޖެހޭ ތަހުނިޔާގެ މެސެޖްތައް ފޮނުވުމާއި، ކައުންސިލް ހިނގިގޮތުގެ 6 މަހުގެ ރިޕޯޓާއި އަހަރީ ރިޕޯރޓް ތައްޔާރުކުރެއްވުން ހިމެނެއެވެ.

އަދި މީގެ އިތުރުން އަތޮޅުގައި ހިނގާ އެކިއެކި ކާރިސާތަކުގެ މަޢުލޫމާތު އެއްކުރުމާއި އެ މަޢުލޫމާތު ކަމާބެހޭ އިދާރާތަަކަށް ފޯރުކޮށް ދިނުމާއި މުވައެްޒަފުންގެ އެންމެހައި ކަންކަން ހިނގާ ނުހިނގާގޮތް ބެލެހެއްޓުމާއި، ރަހުނު ރަޖިސްޓްރީ ކުރުމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކަޑް ހެދުމާއި ޕާސްޕޯޓްގެ ޚިދުމަތް ހިންގަމުންދާގޮތް ބެއްލެވުމާއި އެކަންކަމުގައި ދިމާވާ މައްސަލަތައް ހައްލުކުރެއްވުމަށް މަސައްކަތްކުރެއްވުން ހިމެނެއެވެ.

އަލްފާޟިލް ޙުސައިން ބަދީޢު އަދާކުރެއްވި މަޤާމްތަކުގެ ތެރޭގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރައިމަރީ ޓީޗަރކަމާއި، ސްޕަވައިޒަރކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރކަމާއި، ޑެޕިއުޓީ ޕްރިންސިޕަލްކަން ހިމެނެއެވެ. ޙުސައިން ބަދީޢު މިހާތަނަށް ސަރުކާރު ވަޒީފާ އަދާކުރައްވާފައިވަނީ ތަޢުލިމީ ދާއިރާގައެވެ. އެގޮތުން އެދާއިރާގައި މެދު ނުކެނޑި އުޅުއްވާތާ 18 އަހަރު ވެއްޖެއެވެ.

ފޯން: 9761626

އީމެއިލް: [email protected]


 


މުޙައްމަދު ލަޠީފު އަޙުމަދު – ފައިނޭންސް އޮފިސަރ

އަލްފާޟިލް މުޙައްމަދު ލަޠީފު އަޙުމަދު މަލަސް ހއ. ދިއްދޫ، ތިލަދުންމަތީ އުތުރުބުރީ އަތޮޅު އޮފީހާ ގުޅިވަޑައިގެންނެވީ 20 މެއި 1997 ގައި އަތޮޅުއޮފީހުގެ ސެކްރެޓަރީއެއްގެ ގޮތުގައެވެ. އޭގެފަހުން އަތޮޅު އޮފީހުގެ އެކި މަޤާމުތައް ފުރުއްވުމަށްފަހު 04 އޯގަސްޓް 2011 ގައި މި އިދާރާގެ ފައިނޭންސް އޮފިސަރެއްގެ މަޤާމަށް ބަދަލު ކުރެއްވިއެވެ. އަލްފާޟިލް މުހައްމަދު ލަޠީފު ސަރުކާރަށް ޚިދުމަތް ކުރައްވަން ފައްޓަވާފައިވަނީ 16 އޭޕްރީލް 1981 ގައެވެ.

ފައިނޭންސް އޮފިސަރެއްގެ ހައިސިއްޔަތުން އަލްފާޟިލް މުޙައްމަދު ލަޠީފު ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރޭގައި މި އިދާރާގެ ހުރިހާ އެކައުންޓްތަކެއްގެ ހިސާބުތައް ބެލެހެއްޓުމާއި، ކުރިއަށްއޮތް އަހަރަށް ލަފާކުރާ އިދާރާގެ ބަޖެޓްތައްޔާރުކޮށް މުއްދަތަށް ބަޖެޓް ތައްޔާރުކޮށް ފޮނުވުމާއި، އިދާރާއަށް ލިބޭ ފައިސާ ބަލައިގަތުމާއި، ލިބޭފައިސާ ޖަމާކުރާ ފޮތުގައި ލިޔެ ބޭންކަށް ފައިސާ ޖަމާކުރުމާއި، ލިބޭފައިސާގެ ދުވަހު ފޮތް ފުރިހަމަކުރުމާއި، އައިޓަމްބާކީ ކުރުމާއި، އާމްދަނީގެ ގޮތުގައި ލިބޭފައިސާ ސަރުކާރުގެ އޮފީސްތަކަށް ފޮނުވުމާއި، ފައިސާ ޓްރާންސްފަރކުރުމާއި ޓްރާންސްފަރ ރަޖިސްޓްރީ ލިޔެ ބެލެހެއްޓުމާއި، ވައުޗަރ ރަޖިސްޓްރީ ކުރުމާއި، ޗެކް ރަޖިސްޓްރީ ކުރުމާއި، އާމްދަނީ ފައިސާގެ ރިޕޯރޓް ތައްޔާރުކޮށް ސަރުކާރުގެ އޮފީސްތަކަށް ފޮނުވުމާއި، ބޭންކް އެކައުންޓް ބާކީ ކުރުމާއި، ކައުންސިލްގެ ފައިނޭންސް ރިޕޯރޓް ތައްޔާރުކޮށް ކޮންމެ 6 މަހަކުން އެއްފަހަރު ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވުމާއި، ރަށު ކައުންސިލް އިދާރާތަކުގެ ޚަރަދު ރިޕޯރޓްތައް ޗެކްކުރުން ހިމެނެއެވެ.

އަލްފާޟިލް މުޙައްމަދު ލަޠީފު އަޙުމަދު ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 40 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އަލްފާޟިލް މުޙައްމަދު ލަޠީފު އަޙުމަދު އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ފިޝަރީޒްގެ އިނިސްޕެކްޓަރ ކަމާއި، މޯލްޑިވްސް ކަސްޓަމް ސަރވިސްގެ ކަސްޓަމް އޮފިސަރުކަމާއި، ކަސްޓަމް އޮފިސަރ ގްރޭޑް 2 ކަމާއި، ހއ. އަތޮޅު އޮފީހުގެ ސެކްރެޓަރީކަމާއި، ސީނިޔަރ ސެކްރެޓަރީކަމާއި، މި އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަން ހިމެނެއެވެ.

ފޯން: 6500113

އީމެއިލް: [email protected]


ޢާސިމާ ޢަލީ – އެސިސްޓެންޓް ކައުންސިލް އޮފިސަރ

އަލްފާޟިލާ ޢާސިމާ ޢަލީ ހަވޭލި ހއ. ދިއްދޫ، ތިލަދުންމަތީ އުތުރުބުރީ އަތޮޅު އޮފީހާ ގުޅިވަޑައިގަތީ 19 އޭޕްރީލް 1986 ގައި އަތޮޅުއޮފީހުގެ ކާތިބެއްގެ ގޮތުގައެވެ. އޭގެފަހުން އަތޮޅު އޮފީހުގެ އެކި މަޤާމުތައް ފުރުއްވުމަށްފަހު 04 އޯގަސްޓް 2011 ގައި މި އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމަށް ބަދަލު ކުރެއްވިއެވެ.

އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ހައިސިއްޔަތުން އަލްފާޟިލާ ޢާސިމާ ޢަލީ މަސައްކަތް ކުރައްވަމުން ގެންދަވަނީ ޕޮލިސީ ޕްލޭނިންގ ރިސަރޗް އެންޑް މޮނިޓަރިންގ ޔުނިޓްގައެވެ. ޢާސިމާ ޢަލީ ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، އަތޮޅު ރަށްރަށުގައި އުފަންވާ / މަރުވާ ކުދިންނާއި މީހުންގެ ރިޕޯރޓް އަތޮޅުތެރެއިން ގެނެސް ތައްޔާރުކޮށް ފޮނުވުމާއި، މަސްވެރިކަމާބެހޭ ރިޕޯރޓް އަތޮޅުތެރެއިން ގެނެސް ތައްޔާރުކޮށް ފޮނުވުމާއި، އިދާރީގޮތުން ލިޔަންޖެހޭ ސޓީ މެސެޖް ލިއުމާއި އަދި މީގެ އިތުރުންވެސް ތަފާސްހިސާބާ ގުޅުންހުރި ބައެއް ރިޕޯރޓްތައް ލިޔެ ބެލެހެއްޓުން ހިމެނެއެވެ.

އަލްފާޟިލާ ޢާސިމާ ޢަލީ ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 35 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އަލްފާޟިލާ ޢާސިމާ ޢަލީ އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ހއ. އަތޮޅު އޮފީހުގެ ކާތިބުކަމާއި، ހއ. އަތޮޅު އޮފީހުގެ ސީނިޔަރކްލާކްކަމާއި، އެސިސްޓެންޓް ސެކްރެޓަރީކަމާއި، ސެކްރެޓަރީކަން ހިމެނެއެވެ.

ފޯން: 6500115

އީމެއިލް: [email protected]


އަސްމާ އިބްރާހީމް – އެސިސްޓެންޓް ކައުންސިލް އޮފިސަރ

އަލްފާޟިލާ އަސްމާ އިބްރާހީމް ޑޭޒީމާގެ ހއ. ދިއްދޫ، ތިލަދުންމަތީ އުތުރުބުރީ އަތޮޅު އޮފީހާ ގުޅިވަޑައިގަތީ 24 ޖަނަވަރީ 1994 ގައި އަތޮޅުއޮފީހުގެ ރޭޑިޔޯޓެލްފޯން އޮޕަރޭޓަރެއްގެ ގޮތުގައެވެ. އޭގެފަހުން އަތޮޅު އޮފީހުގެ އެކި މަޤާމުތައް ފުރުއްވުމަށްފަހު 04 އޯގަސްޓް 2011 ގައި މި އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމަށް ބަދަލު ކުރެއްވިއެވެ. އަސްމާ އިބްރާހީމް ސަރުކާރަށް ވެންނެވީ 09 އޮކްޓޯބަރ 1982 ގައެވެ.

މި އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ހައިސިއްޔަތުން އަލްފާޟިލާ އަސްމާ އިބްރާހީމް މަސައްކަތް ކުރައްވަމުން ގެންދަވަނީ މުވައްޒަފުންނާބެހޭ ޔުނިޓުގައެވެ. އަސްމާ އިބްރާހީމް ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، އަތޮޅު ކައުންސިލް އިދާރާގެ ސީނިޔަރ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި ވަކިކުރުމާއި ބަދަލުކުރުމާގުޅޭ ލިއުންތައް ލިއެ ބެލެހެއްޓުމާއި، މުވައްޒަފުންގެ ޙާޒިރީއާއި ޗުއްޓީ ރެކޯޑް ބެލެހެއްޓުމާއި، މުވައްޒަފުންނާބެހޭ ރެކޯޑްފައިލްތައް ބެލެހެއްޓުމާއި، ސްޓާރފް މީޓިންގތައް އިންތިޒާމްކުރުމާއި، ރަށުކައުންސިލް އިދާރާގެ މުވައްޒަފުންގެ ޙާޒިރީ ރިޕޯރޓް ތައްޔާރު ކުރުމާއި، އޮފީހު މުވައްޒަފުންގެ އެޕްރައިޒަލްގެ މަސައްކަތް ބެލެހެއްޓުމާއި، މުވައްޒަފުންގެ ބައްދަލުވުންތަކުގެ ޔަވްމިއްޔާ ލިއެ ބެލެހެއްޓުމާއި، ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ކޮމިޓީއާބެހޭ މަސައްކަތްކުރުން ހިމެނެއެވެ.

އަލްފާޟިލާ އަސްމާ އިބްރާހީމް ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 39 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އަލްފާޟިލާ އަސްމާ އިބްރާހީމް އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ހއ. އަތޮޅު ތަޢުލީމީމަރުކަޒުގެ ކާތިބުކަމާއި، ހއ. އަތޮޅު އޮފީހުގެ ރޭޑިޔޯޓެލްފޯން އޮޕަރޭޓަރކަމާއި، ސީނިޔަރ ރޭޑިޔޯޓެލްފޯން އޮޕަރޭޓަރކަމާއި، އެސިސްޓެންޓް ސެކްރެޓަރީކަމާއި، ސެކްރެޓަރީކަން ހިމެނެއެވެ.

ފޯން: 6500116

އީމެއިލް: [email protected]


އާމިނަތު ލަޠީފާ – އެސިސްޓެންޓް ކައުންސިލް އޮފިސަރ

އަލްފާޟިލާ އާމިނަތު ލަޠީފާ ތިލަދުންމަތީ އުތުރުބުރީ އަތޮޅު އޮފީހާ ގުޅިވަޑައިގަތީ 18 ޖޫން 1989 ގައި އަތޮޅުއޮފީހުގެ ވޯކީޓޯކީ އޮޕަރޭޓަރެއްގެ ގޮތުގައެވެ. އޭގެފަހުން އަތޮޅު އޮފީހުގެ އެކި މަޤާމުތައް ފުރުއްވުމަށްފަހު 04 އޯގަސްޓް 2011 ގައި މި އިދާރާގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމަށް ބަދަލު ކުރެއްވިއެވެ.

އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ހައިސިއްޔަތުން އަލްފާޟިލާ އާމިނަތު ލަޠީފާ މަސައްކަތް ކުރައްވަމުން ގެންދަވަނީ އެޑްމިން، އެޗްއާރު އެންޑް އިންފޮމޭޝަން ޔުނިޓްގައެވެ. އާމިނަތު ލަޠީފާ ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، ރަށްވެހިކަން ބަދަލުކުރަންއެދޭ ފަރާތްތަކާބެހޭ ލިއުންތައް ލިއެ ބެލެހެއްޓުމާއި، ބިމާބެހޭ ޤައުމީ އިދާރާއަށް ބޭނުންވާ ބިމާބެހޭ މަޢުލޫމާތު ފޯރުކޮށް ދިނުމާއި، އަތޮޅުތަކުންނާއި، މިއަތޮޅުގެ ރަށްރަށުން ގޯއްޗަށް އެދި ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކުން ހޯދައި ފޮނުވުމާއި، މީހުންނާއި ކުދިންގެ ނަން ބަދަލުކުރުމަށް ހުށަހެޅޭ މައްސަލަތައް ލިއެ ބެލެހެއްޓުމާއި، ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ގެއްލިގެން ހުށަހެޅޭ މައްސަލަތައް ލިއެ ބެލެހެއްޓުމާއި، ކުލީބިމާއި ސަރުކާރަށް ދޫކުރާ ބިންބިމުގެ މައްސަލަތައް ލިއެ ބެލެހެއްޓުމާއި، ރަށްރަށުގެ މިސްކިތްތަކުގައި ތަރާވީޙު ނަމާދުކުރަން ގެނެވޭ ބޭރުގެ ހާފިޒުންނާގުޅޭ މައްސަލަތައް ލިއެ ބެލެހެއްޓުމާއި، ޢާންމު ޚިދުމަތުގެ އެވޯޑާ ގުޅިގެން ކުރެވޭ އިދާރީ މަސައްކަތް ކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ގުޅިގެން ހިންގޭ އިދާރީ ކަންކަމުގައި އެހީތެރިވެ ދިނުމާއި، އަތޮޅު ޤުރުއާން މުބާރާތާ ގުޅިގެން ކުރެވޭ އިދާރީ ލިއެކިއުންތައް ލިއެ ބެލެހެއްޓުން ހިމެނެއެވެ.

އަލްފާޟިލާ އާމިނަތު ލަޠީފާ ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 27 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އަލްފާޟިލާ އާމިނަތު ލަޠީފާ އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ހއ. އަތޮޅު އޮފީހުގެ ވޯކީޓޯކީ އޮޕަރޭޓަރކަމާއި، ރޭޑިޔޯޓެލްފޯން އޮޕަރޭޓަރކަމާއި، ސީނިޔަރ ރޭޑިޔޯޓެލްފޯން އޮޕަރޭޓަރކަމާއި، ކާތިބުކަމާއި، ސީނިޔަރކްލާކްކަމާއި، އެސިސްޓެންޓް ސެކްރެޓަރީކަން ހިމެނެއެވެ.

ފޯން: 6500124

އީމެއިލް: [email protected]


 


ޢަލީ ރަޝީދު – ކައުންސިލް އޮފިސަރ

އަލްފާޟިލް ޢަލީ ރަޝީދު ބީޗްހައުސް ހއ. ދިއްދޫ، މި އިދާރާއާ ގުޅިވަޑައިގަތީ 20 ޑިސެމްބަރ 2012 ގައި މި އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ގޮތުގައެވެ. އަލްފާޟިލް ޢަލީ ރަޝީދު ސަރުކާރު ވަޒީފާ އަދާކުރައްވަން ފައްޓަވާފައިވަނީ 03 އޭޕްރީލް 2006 ގައެވެ.

އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ހައިސިއްޔަތުން އަލްފާޟިލް ޢަލީ ރަޝީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ ކައުންސިލް ބިއުރޯގައެވެ. ޢަލީ ރަޝީދު ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، ރަށު ކައުންސިލްތަކުގެ ހަމަހުގެ ރިޕޯރޓާއި، އަހަރީ ރިޕޯރޓް ކައުންސިލްތަކުން ހޯދުމާއި އެ ރިޕޯރޓްތައް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވުމާއި، އަތޮޅު ކައުންސިލްގެ ހަމަހުގެ ރިޕޯރޓާއި އަހަރީ ރިޕޯރޓް ތައްޔާރުކޮށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވުމާއި، އަތޮޅު ކައުންސިލް ޖަލްސާތަކުގެ ޔަވްމިއްޔާ ލިޔެ ބެލެހެއްޓުމާއި، ކައުންސިލުން ނިންމާ ނިންމުންތައް ކައުންސިލްގެ ސެކްޝަންތަކާއި ޔުނިޓްތަކާ ހަވާލުކުރުމާއި، ކައުންސިލްގެ ބްރީފިންގ ބޭއްވުމާއި ބެހޭ އިންތިޒާމްތައް ހަމަޖެއްސުމާއި ޔަވްމިޔާ ލިޔުން ހިމެނެއެވެ.

އަލްފާޟިލް ޢަލީ ރަޝީދު ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 10 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އަލްފާޟިލް ޢަލީ ރަޝީދު އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ހއ. ދިއްދޫ ކުޑަކަތީބުކަމުގެ މަޤާމާއި، ކަތީބުގެ އެހީތެރިޔާގެ މަޤާމާއި، ދިއްދޫ ކައުންސިލް އިދާރާގެ މުނިސިޕަލްސަރވިސް އޮފިސަރުކަމުގެ މަޤާމް ހިމެނެއެވެ.

ފޯން: 6500124

އީމެއިލް:   [email protected]


ޒުބައިދާ ލަޠީފު – އެސިސްޓެންޓް ކައުންސިލް އޮފިސަރ

އަލްފާޟިލާ ޒުބައިދާ ލަޠީފު ތިލަދުންމަތީ އުތުރުބުރީ އަތޮޅު އޮފީހާ ގުޅިވަޑައިގަތީ 24 އޮކްޓޯބަރ 1992 ގައި އަތޮޅުއޮފީހުގެ ކާތިބެއްގެ ގޮތުގައެވެ. އޭގެފަހުން އަތޮޅު އޮފީހުގެ އެކި މަޤާމުތައް ފުރުއްވުމަށްފަހު 04 އޯގަސްޓް 2011 ގައި މި އިދާރާގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމަށް ބަދަލު ކުރެއްވިއެވެ.

އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ހައިސިއްޔަތުން އަލްފާޟިލާ ޒުބައިދާ ލަޠީފު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެޑްމިން، އެޗްއާރު އެންޑް އިންފޮމޭޝަން ޔުނިޓްގައެވެ. ޒުބައިދާ ލަޠީފު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި، ސަރުކާރުގެ އިދާރާތަކަށް ރައްދުކުރުމަށް ލިބޭތަކެތި އެ އިދާރާތަކަށް ރައްދުކުރުމާއި، އޮފީހަށް އަންނަ ސިޓީ މެސެޖް އެންޓްރީކޮށް ޔުނިޓްތަކާ ހަވާލުކުރުމާއި، ޓްރާންސްޕޯރޓް އޮތޯރިޓީން ދެއްވަމުން ގެންދަވާ ޚިދުމަތުގެ ތެރެއިން ފްރަންޓްއޮފީހުން ދެއްވަންޖެހޭ ޚިދުމަތް ދެއްވުމާއި، އޮފީހަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދެއްވުމާއި، ޚިދުމަތަށް އެދި އަންނަ ފަރާތްތަކަށް ޖަވާބުދާރީވުމާއި، ޕޯސްޓްކުރަންޖެހޭ ތަކެތި ޕޯސްޓަށްފޮނުވުން ހިމެނެއެވެ.

އަލްފާޟިލާ ޒުބައިދާ ލަޠީފު ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 24 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އަލްފާޟިލާ ޒުބައިދާ ލަޠީފު އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ހއ. އަތޮޅު އޮފީހުގެ ކާތިބުކަމާއި، ސީނިޔަރކްލާކްކަމާއި، އެސިސްޓެންޓް ސެކްރެޓަރީކަން ހިމެނެއެވެ.

ފޯން: 6500068

އީމެއިލް:    [email protected]


އަމީމާ ޢަބްދުލްޣަނީ – އެސިސްޓެންޓް ކައުންސިލް އޮފިސަރ

އަލްފާޟިލާ އަމީމާ ޢަބްދުލްޣަނީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު އޮފީހާ ގުޅިވަޑައިގަތީ 24 އޮކްޓޯބަރ 1992 ގައި އަތޮޅުއޮފީހުގެ ކާތިބެއްގެ ގޮތުގައެވެ. އޭގެފަހުން އަތޮޅު އޮފީހުގެ އެކި މަޤާމުތައް ފުރުއްވުމަށްފަހު 04 އޯގަސްޓް 2011 ގައި މި އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމަށް ބަދަލު ކުރެއްވިއެވެ.

އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ހައިސިއްޔަތުން އަލްފާޟިލާ އަމީމާ ޢަބްދުލްޣަނީ މަސައްކަތް ކުރައްވަމުން ގެންދަވަނީ އެޑްމިން، އެޗްއާރު އެންޑް އިންފޮމޭޝަން ޔުނިޓްގައެވެ. އަމީމާ ޢަބްދުލްޣަނީ ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، އަތޮޅު ކައުންސިލްގެ އިދާރާގެ މުވައްޒަފުންގެ ތެރެއިން އޮފިސަރުން ފެށިގެން ދަށުގެ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި ވަކިކުރުމާއި ބަދަލުކުރުމާބެހޭ ލިއުންތައް ލިއެ ބެލެހެއްޓުމާއި، މުވައްޒަފުންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، އެކިއެކި ކޯސްތަކާއި ބައްދަލުވުންތަކަށް ފޮނުވަންޖެހޭ މުވައްޒަފުންގެ މަޢުލޫމާތުތައް ލިއެ ބެލެހެއްޓުމާއި، ސިވިލްސަރވިސް މުވައްޒަފުންނަށް ބާއްވާ އެކިއެކި ބައްދަލުވުންތައް އިންތިޒާމުކޮށް ބެލެހެއްޓެވުމާއި އެކަމުގައި އެހީތެރިވެ ދިނުމާއި، ރަށުކައުންސިލް އިދާރާތަކުގެ ޒިންމާދާރުވެރިންގެ ޗުއްޓީގެ ރެކޯޑް ބެލެހެއްޓުމާއި، އަތޮޅު ކައުންސިލަރުންގެ ޙާޒިރީގެ ރެކޯޑް ބެލެހެއްޓުމާއި ޙާޒިރީ ރިޕޯރޓް ތައްޔާރުކޮށް ކަމާބެހޭ އިދާރާއަށް ފޮނުވުމާއި، ރަށު ކައުންސިލަރުންގެ ޙާޒިރީގެ ރެކޯޑް ބެލެހެއްޓުމާއި، ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ކޮމިޓީގެ ލިއުންތައް ލިއެ ބެލެހެއްޓުން ހިމެނެއެވެ.

އަލްފާޟިލާ އަމީމާ ޢަބްދުލްޣަނީ ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 24 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އަލްފާޟިލާ އަމީމާ ޢަބްދުލްޣަނީ އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ހއ. އަތޮޅު އޮފީހުގެ ކާތިބުކަމާއި، ސީނިޔަރކްލާކްކަމާއި، އެސިސްޓެންޓް ސެކްރެޓަރީކަން ހިމެނެއެވެ.

ފޯންނަމްބަރ: 6500116

އީމެއިލް: [email protected]


 

ޝާދިޔާ ޒަކަރިއްޔާ – ކައުންސިލް އޮފިސަރ

އަލްފާޟިލާ ޝާދިޔާ ޒަކަރިއްޔާ ތިލަދުންމަތީ އުތުރުބުރީ އަތޮޅުއޮފީހާ ގުޅިވަޑައިގެންނެވީ 23 ނޮވެމްބަރ 1997 ގައި އޭރުގެ އަތޮޅު އޮފީހުގެ ވޯކީޓޯކީ އޮޕަރޭޓަރެއްގެ ގޮތުގައެވެ. އޭގެފަހުން އެސިސްޓެންޓް  ސެކްރެޓަރީކަމުގެ މަޤާމް ފުރުއްވުމަށްފަހު 04 އޯގަސްޓް 2011 ގައި މި އިދާރާގެ އެސިސްޓެންޓް ރިސަރޗް އޮފިސަރެއްގެ މަޤާމަށް ބަދަލު ކުރެވުނެވެ.

އަލްފާޟިލާ ޝާދިޔާ ޒަކަރިއްޔާ ކުރައްވާ މަސައްކަތުގެ ތެރޭގައި  ތަފާސްހިސާބާބެހޭ މަޢުލޫމާތު އަތޮޅުގެ ރަށްރަށުން ހޯދުމާއި، އަތޮޅު އާބާދީއާބެހޭ މަޢުލޫމާތާއި، މަސްވެރިކަމާއި ދަނޑުވެރިކަމާބެހޭ މަޢުލޫމާތު އެއްކުރުމާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުހައްދަންބޭނުންވާ ފަރާތްތަކަށް ކާޑު ހައްދައި ދިނުމާއި، ކައުންސިލްތައް މޮނިޓަރކުރުމާ ގުޅޭގޮތުން ލިޔަންޖެހޭ ލިއުންތައް ލިއުމާއި، ބޯހިމެނުމުގެ މަސައްކަތާ ގުޅިގެން ލިއަންޖެހޭ ލިއުންތައް ލިއެ ބެލެހެއްޓުމާއި، ވޯޓާސްލިސްޓަށް އަންނަ އުނިއިތުރު އިލެކްސަންސް ކޮމިޝަނަށް ފޮނުވައި ދިނުން ހިމެނެއެވެ.

ޝާދިޔާ ޒަކަރިއްޔާ ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 21 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. ޝާދިޔާ ޒަކަރިއްޔާ އަދާކުރެއްވި މަޤާމްތަކުގެ ތެރޭގައި އަތޮޅުއޮފީހުގެ ވޯކީޓޯކީ އޮޕަރޭޓަރުކަމުގެ މަޤާމާއި އެސިސްޓެންޓް ސެކްރެޓަރިގެ މަޤާމް ހިމެނެއެވެ.

ގުޅޭނެ ނަމްބަރ: 6500115

އީމެއިލް:      [email protected]


މުޙައްމަދު ސަލީމް – އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން

އަލްފާޟިލް މުޙައްމަދު ސަލީމް ތިލަދުންމަތީ އުތުރުބުރީ އަތޮޅު އޮފީހާ ގުޅިވަޑައިގަތީ 26 ސެޕްޓެމްބަރ 2001 ގައި އަތޮޅުއޮފީހުގެ ވޯކީޓޯކީ އޮޕަރޭޓަރެއްގެ ގޮތުގައެވެ. އޭގެފަހުން އަތޮޅު އޮފީހުގެ އެކި މަޤާމުތައް ފުރުއްވުމަށްފަހު 04 އޯގަސްޓް 2011 ގައި މި އިދާރާގެ އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަނެއްގެ މަޤާމަށް ބަދަލު ކުރެއްވިއެވެ. އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަނެއްގެ ހައިސިއްޔަތުން އަލްފާޟިލް މުޙައްމަދު ސަލީމް މަސައްކަތް ކުރައްވަމުން ގެންދަވަނީ އެޑްމިން، އެޗްއާރު އެންޑް އިންފޮމޭޝަން ޔުނިޓްގައެވެ.

މުޙައްމަދު ސަލީމް ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، މި އިދާރާގެ ކޮމްޕިޓަރތަކާއި ޕްރިންޓަރުތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި، ކޮމްޕިއުޓަރުތަކަށް ބޭނުންވާ ސްޕެއަރ އާއި ސޮފްޓްވެއަރ، ހަމަޖެހިފައިވާ ޕްރޮސީޖާއެއްދަށުން ހޯދުމާއި، އެޗް.އާރު ސޮފްޓްވެއަރ އަށް ބޭނުންވާ ޑޭޓާތައް އެންޓަރ ކުރުމާއި އަޕްޑޭޓް ކުރުމާއި، ޖެމްސް ސިސްޓަމް ބޭނުންކޮށްގެން މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެގޮތް ހަމަޖެއްސުމާއި، ޖެމްސް ސިސްޓަމަށް ދިމާވާ މައްސަލަތައް އެން.ސީ.އައި.ޓީއާ ގުޅިގެން ހައްލުކުރުމަށް މަސައްކަތް ކުރުމާއި، ނެޓްވޯރކް އަޅަންޖެހޭ ސިސްޓަމްތަކަށް ނެޓްވޯރކް އެޅުމަށް ކުރަންޖެހޭ މަސައްކަތް ކުރުމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހައްދައި ދިނުމާބެހޭގޮތުން އިދާރީގޮތުން ކުރަންޖެހޭ މަސައްކަތް ކުރުމާއި، ޑީ.އެން.އާރުން އަތޮޅު ކައުންސިލަށް ފޮނުވާ އައި.ޑީ ކާޑުތައް ރަށްރަށަށް ފޮނުވުން ހިމެނެއެވެ.

އަލްފާޟިލް މުޙައްމަދު ސަލީމް ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 15 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އަލްފާޟިލް މުޙައްމަދު ސަލީމް އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ހއ. އަތޮޅު އޮފީހުގެ ވޯކީޓޯކީ އޮޕަރޭޓަރކަމާއި، ކޮމްޕިއުޓަރ ޕްރޮގްރާމް ޓްރޭނީކަން ހިމެނެއެވެ.

ފޯން: 6500119

އީމެއިލް:  [email protected]


 


އާމިނަތު ރަޝީދާ – އެސިސްޓެންޓް ކައުންސިލް އޮފިސަރ

އަލްފާޟިލާ އާމިނަތު ރަޝީދާ ތިލަދުންމަތީ އުތުރުބުރީ އަތޮޅު އޮފީހާ ގުޅިވަޑައިގަތީ 23 އޮކްޓޯބަރ 2001 ގައި އަތޮޅުއޮފީހުގެ ކާތިބެއްގެ ގޮތުގައެވެ. އޭގެފަހުން އަތޮޅު އޮފީހުގެ އެކި މަޤާމުތައް ފުރުއްވުމަށްފަހު 04 އޯގަސްޓް 2011 ގައި މި އިދާރާގެ އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރެއްގެ މަޤާމަށް ބަދަލު ކުރެއްވިއެވެ.

އެސިސްޓެންޓް އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރެއްގެ ހައިސިއްޔަތުން އަލްފާޟިލާ އާމިނަތު ރަޝީދާ މަސައްކަތް ކުރައްވަމުން ގެންދަވަނީ އިންފްރާސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް ޔުނިޓްގައެވެ. އާމިނަތު ރަޝީދާ ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، ރަށްރަށުގެ ކުނި ނައްތާލުމާގުޅޭ ގޮތުން އިދާރީގޮތުން ކުރައްވަންޖެހޭ މަސައްކަތް ކުރުމާއި، ފެރީ ދަތުރުތަކާ ގުޅޭގޮތުން ކުރައްވަންޖެހޭ އިދާރީ މަސައްކަތް ކުރުމާއި، ސަރުކާރަށް ފޮނުވަންޖެހޭ ބައެއް ރިޕޯރޓްތައް ފޮނުވުން ހިމެނެއެވެ.

އަލްފާޟިލާ އާމިނަތު ރަޝީދާ ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 15 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އަލްފާޟިލާ އާމިނަތު ރަޝީދާ އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ހއ. އަތޮޅު އޮފީހުގެ ކާތިބުކަމާއި، ސީނިޔަރކްލާކްކަމާއި، އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރުކަން ހިމެނެއެވެ.

ފޯން: 6500120

އީމެއިލް:  [email protected]


ޢާއިޝަތު ނުޒުހާ – ކައުންސިލް އޮފިސަރ

އަލްފާޟިލާ ޢާއިޝަތު ނުޒުހާ މި އިދާރާއާ ގުޅިވަޑައިގަތީ 28 ޖުލައި 2008 ގައި ސަރވެޔަރ ޓްރޭނިންގް ގޮތުގައެވެ. އޭގެފަހުން މި އިދާރާގެ އެކި މަޤާމުތައް ފުރުއްވުމަށްފަހު 04 އޯގަސްޓް 2012 ގައި މި އިދާރާގެ އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރެއްގެ މަޤާމަށް ބަދަލު ކުރެއްވިއެވެ.

އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރެއްގެ ހައިސިއްޔަތުން އަލްފާޟިލާ ޢާއިޝަތު ނުޒުހާ މަސައްކަތް ކުރައްވަމުން ގެންދަވަނީ އިންފްރާސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް ޔުނިޓްގައެވެ. ޢާއިޝަތު ނުޒުހާ ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، ރަށްރަށުގެ ކަރަންޓާ ގުޅިގެން ލިއަންޖެހޭ ލިއުންތައް ލިޔެ ބެލެހެއްޓުމާއި، ރަށްރަށުގެ ގިރާ ސަރަޙައްދާ ބެހޭގޮތުން ލިޔަންޖެހޭ ލިއުންތައް ލިޔެ ބެލެހެއްޓުމާއި، ރަށްރަށުގެ ބޯފެނާއި ނަރުދަމާއާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުމާއި، ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ބެހޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްކުރުމާއި، އެއްގަމާއި ކަނޑުގެ ލައިސަންސް ދޫކުރުމާ ބެހޭގޮތުން ކުރަންޖެހޭ މަސައްކަތް ކުރުމާއި، އެއްގަމާއި ކަނޑުގެ އުޅަނދު ފަހަރު ރަޖިސްޓްރީ ކޮށްދިނުމާއި، ރަޖިސްޓްރީ ބާތިލްކުރުމާއި، ރަޖިސްޓްރީ ބަދަލުކުރުމާއި، ރޯޑްވާދިނަސް ހެއްދުމާއި، އޮޑީނަމްބަރ ދޫކުރުން ހިމެނެއެވެ.

އަލްފާޟިލާ ޢާއިޝަތު ނުޒުހާ ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 08 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އަލްފާޟިލާ ޢާއިޝަތު ނުޒުހާ އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި މި އިދާރާގެ ސަރވެޔަރ ޓްރޭނިންގކަމުގެ މަޤާމާއި، އެސިސްޓެންޓް ސާރވެޔަރކަމުގެ މަޤާމް ހިމެނެއެވެ.

ފޯން: 6500120

އީމެއިލް: [email protected]


އިސްމާޢީލް އަޝްފާޤު–އެކައުންޓްސް އޮފިސަރ

އަލްފާޟިލް އިސްމާޢީލް އަޝްފާޤު ތިލަދުންމަތީ އުތުރުބުރީ އަތޮޅުއޮފީހާ ގުޅިވަޑައިގަތީ 28 ޖުލައި 2008 ގައި އަތޮޅުއޮފީހުގެ ސަރވެޔަރ (ޓްރޭނީ) ގެ ގޮތުގައެވެ. އޭގެފަހުން އަތޮޅު އޮފީހުގެ އެކި މަޤާމުތައް ފުރުއްވުމަށްފަހު 10 އޮކްޓޫބަރު 2013 ގައި މި އިދާރާގެ އެކައުންޓްސް އޮފިސަރެއްގެ މަޤާމަށް ބަދަލު ކުރެއްވިއެވެ.

އެކައުންޓްސް އޮފިސަރެއްގެ ހައިސިއްޔަތުން އަލްފާޟިލް އިސްމާޢީލް އަޝްފާޤު މަސައްކަތް ކުރައްވަމުން ގެންދަވަނީ މި އިދާރާގެ ބަޖެޓް އެންޑް ފައިނޭންސް ޔުނިޓްގައެވެ. އިސްމާޢީލް އަޝްފާޤު ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، އެކިއެކި ފަރާތްތަކާ ޙަވާލުކުރުމަށް ސަރުކާރުގެ އިދާރާތަކުން ފޮނުއްވާ ފައިސާގެ ހިސާބުތައް ލިއެ ބެލެހެއްޓުމާއި، އެފަދަ ފައިސާ ޙަވާލުކުރުމާއި، ވައުޗަރ ރަޖިސްޓްރީއާއި ޗެކް ރަޖިސްޓްރީ ލިއެ ބެލެހެއްޓުމާއި، ޚަރަދުކުރުމަށް ލިބޭފައިސާގެ އައިޓަމް ބާކީކޮށް ބެލެހެއްޓުމާއި، ސަރުކާރު އޮފީސްތަކަށް ލިބޭ އާމްދަނީ ފައިސާ އެ އޮފިސްތަކަށް ފޮނުވުމާއި، އެއާގުޅޭ ލިއުންތައް ލިއެ ބެލެހެއްޓުމާއި، ފައިސާ ޚަރަދުކުރާ ގޮތުގެ ރިޕޯރޓް ތައްޔާރުކޮށް ފޮނުވުމާއި، ރީކޮންސްލިއޭޝަން ސްޓޭޓްމަންޓް ހެދުމާއި، ބޭންކް އެކައުންޓް ބެލެންސްކުރުމާއި، މުވައްޒަފުންގެ މުސާރަ ޝީޓް ތައްޔާރުކޮށް މުވަޒަފުންގެ އެކައުންޓްތަކަށް ޖަމާކުރުމާގުޅޭ ލިއުންތައް ތައްޔާރުކުރުމާއި، ބަޖެޓް އެކައުންޓާބެހޭ ހިސާބުތައް ލިއެ ބެލެހެއްޓުމާއި، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް ޕެންޝަނާބެހޭ ފައިސާ ފޮނުވުމަށް ލިއަންޖެހޭ ލިއުންތައް ލިއެ ބެލެހެއްޓުމާއި، މުދާ ލިބިގަތުމަށް އެދޭ ފޯމާއި އޯޑަރ ފޯމާއި އަގުބަލާ ފޯމް ތައްޔާރުކުރުން ހިމެނެއެވެ.

އަލްފާޟިލް އިސްމާޢީލް އަޝްފާޤު ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 08 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އަލްފާޟިލް އިސްމާޢީލް އަޝްފާޤު އަދާކުރެއްވި މަޤާމުތަކުގެތެރޭގައި ހއ. އަތޮޅު އޮފީހުގެ ސަރވެޔަރ ޓްރޭނިންގ ކަމުގެ މަޤާމާއި، އެސިސްޓެންޓް ސަރވެޔަރ ކަމުގެ މަޤާމާއި، އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރކަމުގެ މަޤާމާއި، އެސިސްޓެންޓް އެކައުންޓްސް އޮފިސަރުކަން ހިމެނެއެވެ.

ފޯން: 6500114

އީމެއިލް: [email protected]


އާމިނަތު ޙަމީދު – އެސިސްޓެންޓް އެކައުންޓްސް އޮފިސަރ

އަލްފާޟިލާ އާމިނަތު ޙަމީދު ތިލަދުންމަތީ އުތުރުބުރީ އަތޮޅު އޮފީހާ ގުޅިވަޑައިގަތީ 09 ޖުލައި 2007 ގައި އަތޮޅުއޮފީހުގެ ސެކްރެޓަރީއެއްގެ ގޮތުގައެވެ. އޭގެފަހުން އަތޮޅު އޮފީހުގެ އެކި މަޤާމުތައް ފުރުއްވުމަށްފަހު 26 މާރޗް 2012 ގައި މި އިދާރާގެ އެސިސްޓެންޓް އެކައުންޓްސް އޮފިސަރެއްގެ މަޤާމަށް ބަދަލު ކުރެއްވިއެވެ.

އެސިސްޓެންޓް އެކައުންޓް އޮފިސަރެއްގެ ހައިސިއްޔަތުން އަލްފާޟިލާ އާމިނަތު ޙަމީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ ބަޖެޓް އެންޑް ފައިނޭންސް ޔުނިޓްގައެވެ. އާމިނަތު ޙަމީދު ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، އެކި ފަރާތްތަކަށް ޙަވާލުކުރަންޖެހޭ ފައިސާގެ ވައުޗަރ ލިޔެ ބެލެހެއްޓުމާއި، ވައުޗަރ ރަޖިސްޓްރީ ކުރުމާއި، ޗެކް ލިއުމާއި، ޗެކް ރަޖިސްޓްރީ ކުރުމާއި، އެކައުންޓްތަކުގެ ބާކީ ބެލެހެއްޓުމާއި، ސަރުކާރު އޮފީސްތަކަށް އާމްދަނީގެ ގޮތުގައި ލިބޭފައިސާ ފޮނުވުމާއި އެފައިސާ ލިބުނުތޯ ބެލުމަށް ސިޓީ ފޮނުވުމާއި، ބޭންކް އެކައުންޓް ބާކީ ކުރުމާއި، ތަކެތި ގަތުމަށްއެދޭ އަގުބަލާ ފޯމާއި، އޯޑަރ ފޯމާއި، މުދާ ލިބިގަތުމަށް އެދޭ ފޯމް ތައްޔާރުކުރުން ހިމެނެއެވެ.

އަލްފާޟިލާއާމިނަތު ޙަމީދުސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 09 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އަލްފާޟިލާ އާމިނަތު ޙަމީދުއަދާކުރެއްވި މަޤާމުތަކުގެތެރޭގައި ހއ. އަތޮޅު އޮފީހުގެސެކްރެޓަރީކަމާއި ،އެޑްމިނިސްޓްރޭޓިވް އޮފިސަރުކަން ހިމެނެއެވެ.

ފޯން: 6500114

އީމެއިލް: [email protected]


ޢާއިޝަތު ޝިފާޒާ – އެކައުންޓްސް އޮފިސަރ

އަލްފާޟިލާ ޢާއިޝަތު ޝިފާޒާ ތިލަދުންމަތީ އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާއާ ގުޅިވަޑައި ގެންނެވީ 18 ފެބުރުއަރީ 2020 ގައެވެ. އެކައުންޓް އޮފިސަރެއްގެ ހައިސިއްޔަތުން އަލްފާޟިލާ ޢާއިޝަތު ޝިފާޒާ މަސައްކަތް ކުރައްވަމުން ގެންދަވަނީ މި އިދާރާގެ ބަޖެޓް އެންޑް ފައިނޭންސް ޔުނިޓްގައެވެ.

ޢާއިޝަތު ޝިފާޒާ ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި އޮފީހަށް ބަލައިގަންނަ ފައިސާގެ ދުވަހުފޮތް ފުރިހަމަ ކުރުމާއި، ލިބޭ ފައިސާގެ އައިޓަމްފޮތް ފުރިހަމަ ކުރުމާއި، އާމްދަނީގެ ގޮތުގައި ސަރުކާރުގެ އޮފީސްތަކަށް ލިބޭ ފައިސާ އެއޮފީހަކަށް ފޮނުވުމާއި، މިކަމާ ގުޅުންހުރި ޓްރާންސެކްޝަންތައް ފުރިހަމަކުރުމާއި، އާމްދަނީ ފައިސާގެ ރިޕޯރޓް ތައްޔާރުކޮށް ފޮނުވުމާއި، ފައިސާ ޙަވާލުކުރަންޖެހޭ ވައުޗަރ ލިޔެ ޗެކް ތައްޔާރުކުރުމާއި، އައިޓަމްތައް ބަކީކޮށް ބެލެހެއްޓުން ހިމެނެއެވެ. އަދިވެސް މީގެ އިތުރުން ފައިސާ ރައްދުކުރަންޖެހޭ ފަރާތްތަކަށް ފައިސާ ފޮނުވުމަށްފަހު ލިބުނުތޯ ބެލުމަށް ލިޔަންޖެހޭ ސިޓީ/މެސެޖް ފޮނުވުމާއި، 2 ނަމްބަރ އެކައުންޓްގެ ޗެކް ރަޖިސްޓްރީ ބެލެހެއްޓުމާއި، 1 އަދި 2 ނަމްބަރ އެކައުންޓް ބާކީކޮށް ބެލެހެއްޓުމާއި، ރިކޮންސްލިއޭޝަން ސްޓޭޓްމަންޓް ތައްޔާކުރުމާއި، ހަމަ މިއެކައުންޓްތަކުގެ އާމްދަނީ ފައިސާގެ މަސްދުވަހުގެ ރިޕޯރޓް ތައްޔާރުކުރުމާއި، ކައުންސިލްގެ މާލީ ބަޔާނާއި އިދާރީ ބަޖެޓާއި ކައުންސިލްގެ ބަޖެޓް ތައްޔާރުކުރުމުގައި އެހީތެރިވުމާއި، 1 ނަމްބަރ އަދި 2 ނަމްބަރ އެކައުންޓަށް ޖަމާކުރާ ފައިސާގެ ތަފްޞީލް ހޯދާ އައިޓަމްތަކަށް ނެގުން ހިމެނެއެވެ.

އަލްފާޟިލާ ޢާއިޝަތު ޝިފާޒާ ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރޭގައި ފައިސާއާބެހޭ ޔުނިޓަށް އަންނަ ފައިސާއާ ގުޅޭ ލިއުންތައް އެންޓްރީން ނެގުމާއި، ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމުގައި ފުރިހަމައަށް އެއްބާރުލުން ދިނުމާއި އެފަދަ ނިންމުންތައް ތަންފީޒު ކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލް ނުވަތަ ސްޕަވައިޒަރގެ ލަފާގެމަތިން ކުރުން ހިމެނެއެވެ.

ފޯން: 65000129

aishath.[email protected]


ޙައްވާ ޒާހިރާ – ކައުންސިލް އޮފިސަރ

އަލްފާޟިލާ ޙާއްވާ ޒާހިރާ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއާ ގުޅިވަޑައިގަތީ 25 އޯގަސްޓް 2016 ގައެވެ. އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ހައިސިއްޔަތުން އަލްފާޟިލާ ޙައްވާ ޒާހިރާ މަސައްކަތް ކުރައްވަމުން ގެންދަވަނީ މި އިދާރާގެ އެޑްމިން އެޗް.އާރު ޔުނިޓްގައެވެ.

ޙައްވާ ޒާހިރާ ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރޭގައި މި އިދާރާގެ ރިސެޕްޝަން ބެލެހެއްޓުމާއި، ސަރުކާރުގެ އިދާރާތަކަށް ރައްދުކުރަންޖެހޭ ތަކެތި  މަސައްކަތު މީހާއާ ޙަވާލުކުރުމާއި، އޮފީހަށް ލިބޭ ސިޓީ މެސެޖް ރިޕޯރޓްފަދަ ތަކެތި އެންޓްރީކޮށް ކަމާބެހޭ ސެކްޝަންތަކާ ޙަވާލުކުރުމާއި، ކައުންސިލްގެ އިސްވެރިންނާ ބައްދަލުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެޕޮއިންޓް މަންޓް ހަމަޖެއްސުމާއި، ރިސެޕްޝަނަށް އަންނަ ފޯންކޯލްތަކަށް ޖަވާބު ދިނުމާއި، ފްރަންޓް އޮފީހުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ އެއްގަމާއި، ކަނޑުގެ ލައިސަންސާއި، ރޯޑްވާދިނަސް ހައްދަން އަންނަ ފަރާތްތަކުގެ ފޯމްތައް ބަލައިގަނެ އެކަން ހަމަޖެއްސުމާއި، ސަރުކާރުގެ އިދާރާތަކަށް ޕޯސްޓުން ފޮނުވަންޖެހޭ ތަކެތި ޕޯސްޓާ ޙަވާލުކުރުމަށް ލިއުންތައް ފުރިހަމަ ކުރުން ހިމެނެއެވެ.

އަލްފާޟިލާ ޙައްވާ ޒާހިރާ އަދާކުރެއްވި މަޤާމްތަކުގެ ތެރޭގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އެޑްމިނިސްޓްރޭޓިވް އިފިސަރުކަމާއި، ހއ. އަތޮޅު ހޮސްޕިޓަލްގެ ތަރުޖަމާންކަން ހިމެނެއެވެ. ޙައްވާ ޒާހިރާ ސަރުކާރު ވަޒީފަ މެދުނުކެނޑި އަދާކުރައްވާތާ 10 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ.

ފޯން: 7606871

އީމެއިލް:[email protected]


ޢާއިޝަތު ޝަޒުނާ – ކައުންސިލް އޮފިސަރ

އަލްފާޟިލާ ޢާއިޝަތު ޝަޒުނާ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލާ ގުޅިވަޑައި ގެންނެވީ 12 ފެބުރުއަރީ 2019 ގައެވެ. ސީނިޔަރ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ހައިސިއްޔަތުން ޢާއިޝަތު ޝަޒުނާ ކުރައްވާ މަސައްކަތުގެ ތެރޭގައި، އެއްގަމާއި ކަނޑުގެ ލައިސަންސް ދުކުރުމަށްޓަކައި ފްރަންޓް އޮފިހުންނާއި ބެކްއޮފީހުން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ބަލައި އެ މަސައްކަތްތައް ކުރުމާއި، އަތޮޅު ކައުންސިލް އިދާރާގެ އިންވެންޓްރީ ލިޔެ ބެލެހެއްޓުމާއި، އަނބުރާ ދައްކާގޮތަށް ސަރުކާރު އޮފީސަތަކަށް ތަކެތި ދޫކުރުމާއި، އެތަކެތި ބަލައިގަތުމުގެ މަސައްކަތް ކުރުމާއި، އަތޮޅު ކައުންސިލާއި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަން މަރާމާތު ކުރުމާގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުމާއި، ސަރުކާރުގެ އިދާރާތަކުން އަތޮޅު ކައުންސިލް މެދުވެރިކޮށް ހިންގާ ތަފާތު ޕްރޮޖެކްޓްތަކުގެ އިދާރީ މަސައްކަތްތައް ކުރުމާއި، ރޯޑްވާދީނަސް އަދި އޮޑީ ނަންބަރު ދޫކުރުމުގެ މަސައްކަތް ކުރުމާއި، ފަހިދުވެލީގެ ދަށުން ކުރެވޭ ކަނޑު ދަތުރުތައް ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވެ ދިނުމާއި، އެއްގަމާއި ކަނޑު އުޅަނދު ފަހަރުގެ ރަޖިސްޓްރީ ހައްދައި ދިނުމުގެ މަސައްކަތް ކުރުމާއި، އައި.ޑީ ކާޑު ހެއްދުމުގެ މަސައްކަތް ކުރައްވާ މުވައްޒަފުން ނެތް ޙާލަތްތަކުގައި އެމަސައްކަތުގައި އެހީތެރިވެ ދިނުމާއި، ކައުންސިލް ބިއުރޯގެ މުވައްޒަފު ޗުއްޓީގައި ހުންނަވާ ދުވަސްތަކުގައި، ކައުންސިލްގެ ބައްދަލުވުންތަކުގެ ޔަވްމިއްޔާ ލިއުން ހިމެނެއެވެ.

އަލްފާޟިލާ ޢާއިޝަތު ޝަޒުނާ އަދާކުރެއްވި މަޤާމްތަކުގެ ތެރޭގައި ހއ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ ޔުނިޓްގައި ސޯޝަލް ސަރވިސް އޮފިސަރެއްގެ މަޤާމުގައި 9 އަހަރު މަސައްކަތް ކުރައްވާފައި ވެއެވެ.

ފޯން:6500120

އީމެއިލް:[email protected]


ދީމާ މުޙައްމަދު – ކައުންސިލް އޮފިސަރ

އަލްފާޟިލާ ދީމާ މުޙައްމަދު ތިލަދުންމަތީ އުތުރުބުރީ އަތޮޅުކައުންސިލާ ގުޅިވަޑައި ގެންނެވީ 28 މާރިޗް 2021 ގައެވެ. ސީނިޔަރ ކައުންސިލް އޮފިސަރުގެ ހައިސިއްޔަތުން ދީމާ މުޙައްމަދު ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރޭގައި، ކައުންސިލް އިދާރާގެ ދުވަހު ޔަވްމިއްޔާ ދުވަހުން ދުވަހަށް ލިއެ ބެލެހެއްޓުމާއި، އަތޮޅު ކައުންސިލް އިދާރާއިން ފޮނުވަންޖެހޭ ތަހުނިޔާ / ތަޢުޒިޔާ މެސެޖްތައް ވެރިން އަންގާގޮތެއްގެ މަތިން ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ކައުންސިލް އިދާރާގެ ސްޓޮކް ބެލެހެއްޓުމާއި، އިމާރާތް މަރާމާތު ކުރުމަށް ގެނެވޭ ތަކެތީގެ ރެކޯޑް ބެލެހެއްޓުމާއި، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާގުޅޭ ކަންތައްތަކުގެ ތެރެއިން ކައުންސިލުން ބަލަހައްޓަންޖެހޭ ކަންތައްތައް ބެލެހެއްޓުމާއި، 65 އަހަރުންމަތީ މީހުންގެ ތެރެއިން ނިޔާވާ މީހުންގެ ރިޕޯޓް މަހުން މަހަށް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، އިދާރީ ޔުނިޓަށް އަންނަ އެންމެހައި ލިޔުންތައް އެންޓްރީން ނަގައި ކަމާގުޅޭ މައްސަލަތަކާއި ގުޅުމާއި، ލޯކަލް ކައުންސިލް އިންތިޚާބާއި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތުގެ ކަންކަން ބެލެހެއްޓުމާއި، ކުޅިވަރު މުބާރާތްތަކުގެ އެންމެހައި އިދާރީ ކަންތައްތައް ބެލެހެއްޓުމާއި، ރަމަޟާންމަހާއި ޝައްވާލު މަހުގެ ހަނދު ބެލުމާބެހޭ މަސައްކަތް އިދާރާއިން އިންތިޒާމުކުރާ ގޮތެއްގެމަތިން ކުރުމާއި، އިދާރީ ޔުނިޓަށް އަންނަ ލިޔެކިޔުންތައް ފައިލް ކުރުމާއި، އަތޮޅަށް ވަޑައިގަންނަވާ ޓީމުތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުމާއި، އަތޮޅު ޤުރުއާން މުބާރާތާބެހޭ އިދާރީ މަސައްކަތްތައް ކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބާބެހޭ މަސައްކަތް ކުރުމާއި، ކައުންސިލުން 2 އަހަރުން އެއް އަހަރު ދޭ، ތިލައުތުރު އުއްތަމައަރުތަ ވެރިންގެ އިނާމުގެ މަސައްކަތް ކުރުމާއި، ފާހަގަކުރާ އެކިއެކި މުނާސަބަތުތަކާ ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުމާއި، ރަށްރަށުން ގޯއްޗަށް އެދި ހުށަހަޅާ މީހުންގެ މަޢުލޫމާތު އަތޮޅާއި، ރާއްޖޭގެ ހުރިހާ އަތޮޅުތަކުން ހޯދުމަށް ފަހު މަޢުލޫމާތު ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމުގައި އިސްކޮށް ޙަރަކާތްތެރިވާ މުވައްޒަފަށް އެ މަސައްކަތުގައި އެހީތެރިވުމާއި، ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުމާއި، ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބު ދާރީވުން ހިމެނެއެވެ.

އަލްފާޟިލާ ދީމާ މުޙައްމަދު އަދާކުރެއްވި މަޤާމްތަކުގެ ތެރޭގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމާއި، ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމުގެ މަޤާމު ހިމެނެއެވެ. ދީމާ މުޙައްމަދު ސަރުކާރަށް ޚިދުމަތް ކުރައްވާތާ 08 އަހަރު ވެފައި ވެއެވެ.

އީ- މެއިލް:[email protected]

ފޯން:6500127


ފާޠުމަތު އަމާނީ – ކައުންސިލް އޮފިސަރ

އަލްފާޟިލާ ފާތުމަތު އަމާނީ ތިލަދުންމަތި އުތުރުބުރީ އަތޮޅުކައުންސިލާ ގުޅިވަޑައިގެންނެވީ 02 މޭ 2021 ގައެވެ. ސީނިޔަރ ކައުންސިލް އޮފިސަރެއްގެ ހައިސިއްޔަތުން ފާތުމަތު އަމާނީ ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރޭގައި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެމަތިން އިޤުތިޞާދީ ނުވަތަ އިޖުތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި، ފަޅު ހޯދުމާބެހޭ ލިޔުންތައް ލިޔެ އެކަމުގެ ރެކޯޑްސްތައް ބެލެހެއްޓުމާއި، އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ ޢިމާރާތްތައް ކުއްޔަށް ދޫކުރުމާބެހޭ ކަންކަން ކުރުމާއި، ޤުދުރަތީ ގޮތުން ލިބޭ ގެއްލުންތަކުގެ މަޢުލޫމާތު ހޯދުމާއި އެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޮނުވުމާއި، ރަށްރަށުގެ ގިރާ ސަރަޙައްދުތައް ޙިމާޔަތް ކުރުމާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުމާއި، އިންފްރާސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް ޔުނިޓަށް އަންނަ ލިޔެކިއުން އެންޓްރީން ނަގާ އެ ތަކެތި ލިޔުންތަކާ ގުޅުމާއި އަދި މައްސަލަ ނިމުމުން ފައިލް ކުރުމާއި، ސްޓޭޓް ހައުސްއާއި އަތޮޅު ކައުންސިލް ބެލުމުގެ ދަށުގައި ހުރި އެހެން ތަންތަނުގެ އިންވެންޓްރީ ލިޔެ އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ރަޖިސްޓްރީއާއި ގުޅޭ ކަންކަން ލިޔެ ބެލެހެއްޓުމާއި، އެއްގަމާއި ކަނޑުގައި އުޅަނދުގެ ލައިސަންސް ދިނުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުމާއި، އޮފީހަށް ބޭނުންވާ ތަކެތި ހޯދުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުމާއި، ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުމާއި، ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބު ދާރީވުން ހިމެނެއެވެ. މީގެ އިތުރުންވެސް އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅިގެން ވެރިން އަންގަވާ މަސައްކަތް ކުރުންވެސް ހިމެނެއެވެ.

ފޯން: 6500094

އީމެއިލް: [email protected]


 

 

މަސައްކަތު – އަޙުމަދު ފިރާޤް

އަލްފާޟިލް އަޙުމަދު ފިރާޤް މި އިދާރާއާ ގުޅިވަޑައިގަތީ 22 ޑިސެމްބަރ 2011 ގައެވެ. މަސައްކަތު މީހެއްގެ ހައިސިއްޔަތުން އަލްފާޟިލް އަޙުމަދު ފިރާޤް ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، މި އިދާރާއާއި އިދާރާގެ ގޯތިތެރެ ކުނިކަހައި ސާފުކުރުމާއި، މި އިދާރާގެ ގޯތިތެރޭގައި އިންދާފައިވާ ގަސްތައް ކޮށާ ވިނަނޮޅާ ސާފުކުރުމާއި، ގޯތިތެރޭގައި ހައްދާފައިވާ ގަސްތަކަށް ފެންދިނުމާއި، ކައުންސިލް އިދާރާ ހިމެނޭ ސަރަހައްދު ވަށައިގެންވާ މަގުތައް ކުނިކައި ސާފުކުރުމާއި، އެކި ފަރާތްތަކަށް ރައްދުކުރަންޖެހޭ ސިޓީފަދަ ތަކެތި ރައްދުކުރުމާއި، ޕޯސްޓަށް ގެންދަންޖެހޭ ސިޓީއާއި ތަކެތި ޕޯސްޓަށް ގެންދިއުން ހިމެނެއެވެ.

އަލްފާޟިލް އަޙުމަދު ފިރާޤް ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 05 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ.

ފޯން:9671200


މަސައްކަތު – ލަޠީފާ ޢަބްދުﷲ

އަލްފާޟިލާ ލަޠީފާ ޢަބްދުﷲ ތިލަދުންމަތީ އުތުރުބުރީ އަތޮޅު އޮފީހާ ގުޅިވަޑައިގަތީ 07 ޑިސެމްބަރ 2000 ގައި އަތޮޅުގޭ ކައްކާ މީހެއްގެ ގޮތުގައެވެ. އޭގެފަހުން މި އިދާރާގެ މަސައްކަތު މީހެއްގެ މަޤާމަށް ބަދަލުކުރައްވާފައިވަނީ 12 ޖުލައި 2004 ގައެވެ.

މަސައްކަތު މީހެއްގެ ހައިސިއްޔަތުން އަލްފާޟިލާ ލަޠީފާ ޢަބްދުﷲ ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، އަތޮޅުގޭ ގޯތިތެރެއާއި އަތޮޅުގޭ ހިމެނޭ ސަރަހައްދުގެ މަގުމަތި ކުނިކަހާ ސާފުކުރުމާއި، އަތޮޅުގޭ ފާޚާނާތައް ދޮވެ ސާފުކުރުމާއި، އަތޮޅުގެ ފޮޅާ ސާފުކޮށް މޮޕްލުމާއި، އަތޮޅުގޭ ބެޑްޝީޓާއި ބާލިހު އުރަތަކާއި ގޮނޑިސެޓްގެ ކަވަރުތައް ދޮވެ އިސްތިރިކުރުމާއި، އަތޮޅުގެއަށް ވަޑައިގަންނަވާ ދައުލަތުގެ އިސްވެރިންގެ ހެދުންކޮޅު ދޮވެ އިސްތިރިކުރުމާއި، ކޮޓަރިތަކުގެ ތަންމަތި އެޅުން ހިމެނެއެވެ.

އަލްފާޟިލާ ލަޠީފާ ޢަބްދުﷲ ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 16 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އަލްފާޟިލާ ލަޠީފާ ޢަބްދުﷲ އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ހއ. އަތޮޅުގޭގެ ކައްކާ މީހެއްގެ މަޤާމް ހިމެނެއެވެ.

ފޯން:


ވޭން ޑްރައިވަރ – އަޙުމަދު ޙުސައިން

އަލްފާޟިލް އަޙުމަދު ޙުސައިން މި އިދާރާއާ ގުޅިވަޑައިގަތީ 27 އޮކްޓޯބަރ 2008 ގައެވެ. ޑްރައިވަރެއްގެ ހައިސިއްޔަތުން އަލްފާޟިލް އަޙުމަދު ޙުސައިން ކުރައްވަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި، ހަފްތާއަކު ދެފަހަރު މި އިދާރާގެ ވޭން ދޮވެ ސާފުކުރުމާއި، ވޭންގެ އަޑީތެޔޮ ބަދަލުކުރަންޖެހޭ މުއްދަތުގައި ތެޔޮ ބަދަލުކުރުމާއި، ވޭނަށް ބޭނުންވާތަކެތި ކަމާބެހޭ ސެކްޝަނުގައި ދަންނަވައިގެން ހޯދުމާއި، އެތަކެތި ބެލެހެއްޓުމާއި، ވޭންގައި ކުރަންޖެހޭ ދަތުރުތައް ކުރުމާއި، ވޭނަށް ބޭނުންވާ ތެޔޮ އެޅުމާއި، އޮފީހުގެ އެއަރކޯން ޔުނިޓުތައް ފޮހެ ސާފުކުރުން ހިމެނެއެވެ.

އަލްފާޟިލް އަޙުމަދު ޙުސައިން ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 08 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ.

ފޯން:


މަސައްކަތު – ޙަލީމަތު ޝަފީޤާ

އަލްފާޟިލާ ޙަލީމަތު ޝަފީޤާ ( ރ.ކ ނަމްބަރ:  ) އަށް މި އިދާރާގެ މަސައްކަތު މީހެއްގެ މަޤާމް ލިބިވަޑައިގެންނެވީ   ގައެވެ. މަސައްކަތު މީހެއްގެ ހައިސިއްޔަތުން ޙަލީމަތު ޝަފީޤާ ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރޭގައި، އަތޮޅު ކައުންސިލް އިދާރާގެ އެތެރެއާއި ބޭރު ކުނިކަހާ ފޮޅާ ސާފުކޮށް ބެލެހެއްޓުމާއި، އޮފީހުގެ ފާޚާނާތައް ދޮވެ ސާފުކުރުމާއި، ކައުންސިލް އިދާރާއިން ޢާންމު ފަރާތްތަކާއި ސަރުކާރު އޮފީސްތަކަށް ޙަވާލުކުރަން ފޮނުވާ ލިއުންތައް ޙަވާލުކުރުމާއި، ކައުންސިލް އިދާރާއަށް ހާޒިރުކުރަންޖެހޭ ފަރާތްތަކަށް ގަޑި ކިއުމާއި، ކައުންސިލް އިދާރާއަށް ގަންނަން ބޭނުންވާ ތަކެތީގެ އަގުބަލާ ފޯމް ފިހާރަތަކަށް ގެންގޮސް އަގު ބެލުމާއި، ކައުންސިލުން ގަންނަ ތަކެތި ފިހާރަތަކުން އޮފީހަށް ގެނައުމާއި، ކައުންސިލް އިދާރާއިން ފިހާރަތަކަށާއި ޢާންމު ފަރާތްތަކަށް ޙަވާލުކުަރަންޖެހޭ ފައިސާ ޙަވާލުކުރުމާއި، އެކި މުނާސަބަތާ ގުޅިގެން ކައުންސިލުން ތައްޔާރުކުރަންޖެހޭ ހޯލް ތައްޔާރު ކުރުމުގައި އެހީތެރިވެ ދިނުމާއި، ކައުންސިލުން އާންމުކުރަންޖެހޭ އިޢުލާންތައް އާންމު ތަންތަނުގައި ހަރުކުރުމާއި، އަދި އަތޮޅު ކައުންސިލުން ނިންމާ ނިންމުން ތަންފީޒު ކުރުމުގައި ކައުންސިލަށް އެއްބާރުލުން ދިނުން ހިމެނެއެވެ.

ފޯން:


ލޯންޗް ޑްރައިވަރ މުޙައްމަދު ފަހުމީ

އަލްފާޟިލް މުޙައްމަދު ފަހުމީ މި އިދާރާއާ ގުޅިވަޑައިގަތީ 28 ނޮވެމްބަރ 2017 ގައެވެ. ލޯންޗް ޑްރައިވަރެއްގެ ހައިސިއްޔަތުން އަލްފާޟިލް މުޙައްމަދު ފަހުމީ ކުރައްވަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި،  ލޯންޗްގައި ކުރަންޖެހޭ ދަތުރުތައް ކުރުމާއި، ދަތުރު ނިންމާ ލޯންޗްގެ އިންޖީނާއި ލޯންޗަށް ފެންޖަހައި ދޮވުމާއި، ދަތުރަށް ފެށުމުގެކުރިން ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ހުންނަންޖެހޭ ތަކެތި ހަމަތޯ ބެލުމާއި، ފަޅުގައި ލޯންޗް އޮންނަ ދުވަސްތަކުގައި ލޯންޗް ބެލެހެއްޓުމާއި ލޯންޗްގެ ފަޅުވެރިންނާއެކު ލޯންޗް ފެހިކައި ސާފުކުރުމާއި، ލޯންޗް އިންޖީނަށާއި ލޯންޗަށް ބޭނުންވާ ތަކެތި އޮފީހުން ހޯދުމާއި، ލޯންޗް މަރާމާތަށް އެހެލާ ބޭލުމުގައި އަމަލީގޮތުން މަސައްކަތުގައި ބައިވެރިވުމާއި، މީގެ އިތުރުން އޮފީހުގެ މަސައްކަތަކާއި ގުޅިގެން ވެރިން އަންގާ ގޮތެއްގެމަތިން އެ މަސައްކަތެއް ކުރުން ހިމެނެއެވެ.

ފޯން:9102555


ލޯންޗް ފަޅުވެރި – ޢަބްދުﷲ ނަޢީމް

އަލްފާޟިލް ޢަބްދުﷲ ނަޢީމް މި އިދާރާ ގުޅިވަޑައިގަތީ 29 ޖުލައި 2007 ގައެވެ. ފަޅުވެރިއެއްގެ ހައިސިއްޔަތުން އަބްދުﷲ ނަޢީމް ކުރައްވަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި، ލޯންޗް ޑްރައިވަރ އަންގާ ގޮތެއްގެމަތިން ލޯންޗް ފެހިކަހާ ދޮވެ ސާފުކުރުމާއި، ލޯންޗަށް އަޅަންޖެހޭ ތެޔޮ އެޅުމާއި އަދި މިނޫނަސް އަތޮޅު ކައުން ސިލުން ލޯންޗަށް ގެންދަންޖެހޭ ތަކެތި ލޯންޗަށް ގެންދިއުމާއި، ލޯންޗް އިންޖީނު ތެޔޮބަދަލުކުރަންޖެހޭ ގަޑި ހަމަވުމުން ތެޔޮބަދަލުކުރުމާއި، ލޯންޗަށް ހޯދާ ތަކެތި ބެލެހެއްޓުމާއި، ލޯންޗްގައި ކުރަންޖެހޭ ދަތުރުތައް ކުރުން ހިމެނެއެވެ.

އަލްފާޟިލް ޢަބްދުﷲ ނަޢީމް ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 09 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ.

ފޯން:7727105


ކައުންސިލް އެސިސްޓެންޓް – މުޙައްމަދު ރިޔާޒް

އަލްފާޟިލް މުޙައްމަދު ރިޔާޒް މި އިދާރާ ގުޅިވަޑައިގަތީ 19 ޖަނަވަރީ 2015 ގައެވެ. ފަޅުވެރިއެއްގެ ހައިސިއްޔަތުން މުޙައްމަދު ރިޔާޒް ކުރައްވަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި، ލޯންޗް ޑްރައިވަރ އަންގާ ގޮތެއްގެމަތިން ލޯންޗް ފެހިކަހާ ދޮވެ ސާފުކުރުމާއި، ލޯންޗަށް އަޅަންޖެހޭ ތެޔޮ އެޅުމާއި އަދި މިނޫނަސް ލޯންޗަށް ގެންދަންޖެހޭ ތަކެތި ގެނައުމާއި، ލޯންޗް އިންޖީނު ތެޔޮބަދަލުކުރަންޖެހޭ ގަޑި ހަމަވުމުން ތެޔޮބަދަލުކުރުމާއި، ލޯންޗަށް ހޯދާ ތަކެތި ބެލެހެއްޓުމާއި، ލޯންޗްގައި ކުރަންޖެހޭ ދަތުރުތައް ކުރުން ހިމެނެއެވެ.

ފޯން: