އުތީމު

004149

ހއ. އުތީމު ގަނޑުވަރު


އެންމެ މުހިއްމު ތަނެއްގެ ގޮތުގައި މިރަށުން ފާހަގަކޮށްލެވެނީ 1573 މ. ގައި ޕޯޗްގީޒުންގެ އަތުން ރާއްޖެ މިނިވަންކޮށްދެއްވި އުތީމު ތިންބެއިންގެ ގަނޑުވަރެވެ. މިގަނޑުވަރުގައި އެޒަމާނުގެ ވަރަށް ގިނަ ތަކެތި ރައްކާކުރެވިފައި ވެއެވެ. މިގަނޑުވަރުވަނީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ވަރަށްފަހުން މަރާމާތު ކުރައްވާފައެވެ

ބަޑިފަސްގަނޑު

މިރަށުގައި އޮންނަ ”ބަޑިފަސްގަނޑު” ކިޔުނު ސަރަހައްދެއްވެސް އާޘާރީ ތަނެއްގެ ގޮތުގައި ފާހަގަކުރެވެއެވެ

004148

އުތީމު ކަނދުވަލު މިސްކިތް


މިރަށުގައިވާ ކަނދުވަލު މިސްކިތަކީ އާޘާރީ ތަނެއްގެ ގޮތުގައި ފާހަގަކުރެވޭ ތަނެކެވެ. މިތަންވެސްވަނީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ވަރަށްފަހުން މަރާމާތު ކުރައްވާފައެވެ. އުތީމު ކަޅުއަލީ ޚަތީބު ތަކުރުފާނާއި އޭނާގެ ދަރިކަލުން ޙުސައިން ޚަތީބު ތަކުރުފާނުގެ މަހާނަފުޅުވަނީ މިމިސްކިތުގެ ކައިރީގައެވެ

004147

ފޭރާން ވިޔަން ޖެއްސެވި ކަޑައިން ހެދިފައިވާކަމަށް ބުނާ ކާނިގަސް


ފޭރާންކުރައްވަން މުހައްމަދު ތަކުރުފަނު ޖެއްސެވި ކަޑައިން ހެދިފައިވާކަމަށް ބުނާ ކާނިގަހުގެ ދެގަސް މިރަށުގައި އިހަށް ހުއްޓެވެ. ނަމަވެސް މިތަނުން އެއްގަސް މިހާރު ހަލާކުވެ ނެތި ހިގައްޖެއެވެ. މިހާރު ހުރިގަހުގެ ވަށައިގެން ޗެންޗޭނުޖަހައި ރަނގަޅަށް ބަލަހައްޓަމުން ދެއެވެ

މަޢުލޫމާތު: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު