މުރައިދޫ

003511

ހއ. މުރައިދޫއޮފީސް


ތިލަދުންމަތީ އުތުރުބުރީ މުރައިދުއަކީ އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތަރުތީބަށް މިހާރު ބަލާއިރު 13 ވަނަ ރަށެވެ. މިރަށުގެ އާބާދީއަކީ 853 މީހުންނެވެ. މިރަށުގައި ލަފާފުރުމަށްޓަކައި ބަނދަރެއް ހެދިފައިވެއެވެ. މިރަށު ރައްޔިތުންނަށް 24 ގަޑިއިރު ކަރަންޓްގެ ޚިދުމަތް ލިބެން ހުރެއެވެ. ތަޢުލީމް ދިނުމަށްޓަކައި ޕްރީސްކޫލަކާއި ޕްރައިމަރީ ސްކޫލެއް އެބަހުއްޓެވެ. ޕްރައިމަރީ ސްކޫލްގައި ގްރޭޑް 10 އާ ހަމައަށް ކިޔަވައި ދެއެވެ

ސިއްޚީ ޚިދުމަތް ދިނުމަށްޓަކައި ސިއްޚީ މަރުކަޒެއް ހުރެއެވެ. އަދި އެތަނުގައި ޑޮކްޓަރަކާއި 2 ނަރުހުން ތިއްބަވައެވެ. އަދި އެސްޓީއޯގެ ބޭސްފިހާރައެއް ހުރެއެވެ. މުރާދުއަކީ ދަނޑުވެރިކަން ކުރެވޭނެ ބިމުގެ ތަނަވަސްކަން ލިބިފައިވާ ފަތްކެޔޮ ވަރަށްގިނައިން ހައްދާ ރަށެކެވެ