ބެރިންމަދޫ: ރައްޔިތުން ހޯރަފުއްޓަށް ބަދަލުވެފައި

ބެރިންމަދޫ ރައްޔިތުން 2005 ވަނައަހަރު ހއ. ހޯރަފުއްޓަށް ބަދަލުކުރެވިފައި


ހއ. ބެރިންމަދުއަކީ އަތޮޅުގައި އޭރުއޮތް މީހުން ދިރިއުޅޭ އެންމެ އާބާދީ މަދު ރަށެވެ. އެރަށަކީ ލަފާފުރުމަށް ވަރަށް އުނދަގޫ ރަށެކެވެ. ރަށުގައި ސްކޫލަކާއި އޮފީހަކާއި މިސްކިތެއް ހުރެއެވެ. ރަށުގެ އާބާދީއަށްވުރެ ރަށުގައި ދިރިއުޅޭ މީސްކޮޅު މަދުވާނެއެވެ. ސިއްޙީ ޚިދުމަތް  ލިބޭނެ އެއްވެސްގޮތެއް އޭރަކު ނުހުރެއެވެ. ސްކޫލްގައިވެސް ކިޔަވަނީ ވަރަށްމަދު ކުދިންކޮޅެކެވެ. އެހެންނަމަވެސް ވަރަށް ގިނަދުވަހު އެރަށު ރައްޔިތުން ކުރަމުން އައި އިންތިޒާރެއްގެ ނިމުންއައީ ހޯރަފުއްޓަށް ބަދަލުވުމެވެ.