މުވައްޒަފުން

އަތޮޅު ކައުންސިލްގައި ތިއްބަވާ ސިވިލްސަރވިސް މުވައްޒަފުން

Abdulla Shafeeq

ޢަބްދުﷲ ޝަފީޤް –ޑިރެކްޓަރ ޖެނެރަލް

އަލްފާޟިލް ޢަބްދުﷲ ޝަފީޤް މި އިދާރާއާ ގުޅިވަޑައިގެންނެވީ 22 ޑިސެމްބަރ 2011 ގައި މި އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރެއްގެ ގޮތުގައެވެ. އޭގެފަހުން 21 ޑިސެމްބަރ 2016 ގައި މި އިދާރާގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް ބަދަލު ކުރެއްވިއެވެ. އަލްފާޟިލް ޢަބްދުﷲ ޝަފީޤް ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 01 ޖަނަވަރީ 2000 ގައި ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައެވެ.

އަތޮޅު ކައުންސިލް އިދާރާގެ ޑިރެކްޓަރ ޖެނެރަލްގެ ހައިސިއްޔަތުން އަލްފާޟިލް ޢަބްދުﷲ ޝަފީޤް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި، އަތޮޅު ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިކަމާއި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އިންތިޚާބުކޮށްފައިވާ އަތޮޅުކައުންސިލުން ފާސްކުރައްވާ ކަންކަން ތަންފީޒުކުރެއްވުމާއި، އަތޮޅު ކައުންސިލްގެ ރައީސް އަންގަވާގޮތެއްގެމަތިން އިދާރާގެ އިދާރީ މަސައްކަތްތައް ސެކްޝަންތަކުގެ ވެރިންލައްވާ ކުރުވުމާއި، ކައުންސިލް ބިއުރޯގެ ކަންކަން ހިންގެވުމާއި، ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތަށް ކައުންސިލް އިދާރާ ހިންގެވުން ހިމެނެއެވެ.

އަލްފާޟިލް ޢަބްދުﷲ ޝަފީޤް ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 17 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އަލްފާޟިލް ޢަބްދުﷲ ޝަފީޤް އަދާކުރެއްވި މަޤާމުތަކުގެތެރޭގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރައިމަރީ ޓީޗަރކަމާއި، ސުޕަރވައިޒަރކަމާއި، އަދި ގްރެޖުއޭޓް ލީޑިންގ ޓީޗަރކަމާއި މި އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރކަން ހިމެނެއެވެ.

ފޯން: 9989190

އީމެއިލް: shafeeg@halifatoll.gov.mv

Naseer

މުހައްމަދު ނަޞީރު ޔޫސުފު – ޑިރެކްޓަރ

އަލްފާޟިލް މުޙައްމަދު ނަޞީރު ޔޫސުފު ތިލަދުންމަތީ އުތުރުބުރީ އަތޮޅު އޮފީހާ ގުޅިވަޑައިގަތީ 26 މާރޗް 1992 ގައި އަތޮޅު އޮފީހުގެ ސެކްރެޓަރީއެއްގެ ގޮތުގައެވެ. އޭގެފަހުން އަތޮޅު އޮފީހުގެ ވެރިންގެ ގިންތީގެ ތަފާތު އެކި މަޤާމުތައް ފުރުއްވުމަށްފަހު 04 އޯގަސްޓް 2011 ގައި އަތޮޅު ކައުންސިލް އިދާރާގެ ޑިރެކްޓަރެއްގެ މަޤާމަށް ބަދަލު ކުރެއްވިއެވެ. އަލްފާޟިލް މުހައްމަދު ނަޞީރު ސަރުކާރަށް ވެންނެވީ 29 މާރޗް 1979 ގައެވެ.

އަތޮޅު ކައުންސިލް އިދާރާގެ ޑިރެކްޓަރެއްގެ ހައިސިއްޔަތުން އަލްފާޟިލް މުޙައްމަދު ނަޞީރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު ހިންގުމުގައި ކައުންސިލަށް އެހީތެރިވެ އެޤާނޫނު ހިންގުމުގައި ޙަވާލުކުރެވޭ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުމާއި، އަތޮޅު ކައުންސިލްގެ އެންމެހާ އިދާރީ ކަންކަމުގައި ކައުންސިލަށް އެހީތެރިވުމާއި، ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒްކުރުމުގައި ކައުންސިލަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށް ދިނުމާއި، މީގެ އިތުރުން ސިވިލްސަރވިސް މުވައްޒަފުންނާ ގުޅޭގޮތުން ޑިރެކްޓަރ ޖެނެރަލް ޙަވާލުކުރައްވާ މަސްއޫލިއްޔަތުތައް އަދާކުރެއްވުން ހިމެނެއެވެ. އަލްފާޟިލް މުޙައްމަދު ނަޞީރު، އަތޮޅު ކައުންސިލް އިދާރާގެ ޒިންމާދާރުވެރިއެއްގެ ހައިސިއްޔަތުން 2011 ވަނައަހަރުން ފެށިގެން 21 ޑިސެމްބަރ 2016 ގެ ނިޔަލަށް މަސައްކަތް ކުރައްފާއި ވެއެވެ.

އަލްފާޟިލް މުޙައްމަދު ނަޞީރު ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 37 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. މުޙައްމަދު ނަޞީރު އަދާކުރެއްވި މަޤާމުތަކުގެރޭގައި ހެޑްމާރސްޓަރކަމުގެ މަޤާމާއި، އަތޮޅު އޮފީހުގެ ސެކްރެޓަރީކަމުގެ މަޤާމާއި، ސީނިޔަރ ސެކްރެޓަރީ ކަމުގެ މަޤާމާއި، އަތޮޅުވެރިޔާގެ އެހީތެރިކަމުގެ މަޤާމާއި، އަތޮޅުވެރިޔާގެ މުއާވިންކަމުގެ މަޤާމް ހިމެނެއެވެ.

ފޯން: 9721119

އީމެއިލް: naseer@halifatoll.gov.mv

Naeem

ޢަބްދުﷲ ނަޢީމް – ޑިރެކްޓަރ

އަލްފާޟިލް ޢަބްދުﷲ ނަޢީމް ތިލަދުންމަތީ އުތުރުބުރީ އަތޮޅު އޮފީހާ ގުޅިވަޑައިގަތީ 16 އޯގްސްޓް 1982 ގައި އަތޮޅު އޮފީހުގެ ކާތިބެއްގެ ގޮތުގައެވެ. އޭގެފަހުން އަތޮޅު އޮފީހުގެ އެކި ފެންވަރުގެ މަޤާމުތަކާއި، ވެރިންގެ ގިންތީގެ ތަފާތު މަޤާމުތައް ފުރުއްވުމަށްފަހު 19 ޖަނަވަރީ 2015 ގައި އަތޮޅު ކައުންސިލް އިދާރާގެ ޑިރެކްޓަރެއްގެ މަޤާމަށް ބަދަލު ކުރެއްވިއެވެ.

އަތޮޅު ކައުންސިލް އިދާރާގެ ޑިރެކްޓަރެއްގެ ހައިސިއްޔަތުން އަލްފާޟިލް ޢަބްދުﷲ ނަޢީމް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި، އަތޮޅު ކައުންސި އިދާރާގެ އިކޮނޮމިކް ޑިވެލޮޕްމަންޓް ޔުނިޓާއި، ޕޮލިސީ ޕްލޭނިންގ ރިސަރޗް އެންޑް މޮނިޓަރިން ޔުނިޓް ހިންގެވުން ހިމެނެއެވެ. ( މި ދެޔުނިޓުން ކުރައްވާ މަސައްކަތުގެ ތެރޭގައި އަތޮޅު ކައުންސިލް އިދާރާގެ ޢިމާރާތްތަކާއި އުޅަނދުފަހަރު މަރާމާތުކޮށް ބެލެހެއްޓުމާއި އެތަންތަނާއި އުޅަނދުފަހަރަށް އާމްދަނީ ލިބޭނެގޮތްތައް ވިލަރެސްކޮށް ބެލެހެއްޓުމާއި، އަތޮޅު ކައުންސިލުން ކުރަމުންގެންދާ ވިޔަފާރީގެ ކަންކަން ބެލެހެއްޓުމާއި، އެއްގަމާއި ކަނޑުގެ ލައިސަންސް ދޫކުރުމާއި އުޅަނދުފަހަރު ރަޖިސްޓްރީ ކޮށްދިނުމާއި އަތޮޅުގައި ސަރުކާރުން ހިންގަވާ އެކިއެކި މަޝްރޫޢުތަކުގައި އިދާރީގޮތުން ކުރައްވަންޖެހޭ އެކިއެކި މަސައްކަތް ކުރެއްވުމާއި އަތޮޅު ކައުންސިލާއި ރަށު ކައުންސިލުން އެކުލަވާލަންޖެހޭ 5 އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ޤާނޫނާއެއްގޮތަށް ކުރިއަށް ގެންދިއުމާއި ރަށު ކައުންސިލްތައް ހިނގާ ނުހިނގާގޮތްބަލާ މޮނިޓަރކުރުން ހިމެނެއެވެ. )

އަލްފާޟިލް ޢަބްދުﷲ ނަޢީމް ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 34 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. ޢަބްދުﷲ ނަޢީމް އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި އަތޮޅު އޮފީހުގެ ކާތިބުކަމާއި، ރޭޑިޔޯޓެލްފޯން އޮޕަރޭޓަރކަމާއި، ސެކްރެޓަރީކަމާއި، ސީނިޔަރ ސެކްރެޓަރީ ކަމާއި، އަތޮޅުވެރިޔާގެ އެހީތެރިކަމާއި، އަތޮޅު ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރކަން ހިމެނެއެވެ.

ފޯން: 7913404

އީމެއިލް: naeem@halifatoll.gov.mv

Picture 060

އާދަމް ސަޢީދު – އެސިސްޓެންޓް ޑިރެކްޓަރ

އަލްފާޟިލް އާދަމް ސަޢީދު ތިލަދުންމަތީ އުތުރުބުރީ އަތޮޅު އޮފީހާ ގުޅިވަޑައިގަތީ 04 ޖޫން 1992 ގައި އަތޮޅު އޮފީހުގެ ސީނިޔަރކްލާކެއްގެ ގޮތުގައެވެ. އޭގެފަހުން އަތޮޅު އޮފީހުގެ އެކި ފެންވަރުގެ މަޤާމުތައް ފުރުއްވުމަށްފަހު 15 ޖޫން 2014 ގައި އަތޮޅު ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރެއްގެ މަޤާމަށް ބަދަލު ކުރެއްވިއެވެ. އާދަމް ސަޢީދު ސަރުކާރަށް ވެންނެވީ 05 އޯގަސްޓް 1986 ގައެވެ.

އަތޮޅު ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރެއްގެ ހައިސިއްޔަތުން އަލްފާޟިލް އާދަމް ސަޢީދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި، އަތޮޅު ކައުންސިލް އިދާރާގެ ޢިމާރާތްތަކާއި، އެއްގަމާއި ކަނޑުގެ އުޅަނދުފަހަރު މަރާމާތުކޮށް ބެލެހެއްޓުމާއި، އަތޮޅަށް އާމްދަނީ ލިބޭނެގޮތްތައް ވިލަރެސްކޮށް ބެލެހެއްޓުމާއި، އަތޮޅު ކައުންސިލުން ކުރަމުންދާ ވިޔަފާރީގެ ކަންކަން ބެލެހެއްޓުމާއި، އަތޮޅުގައި ސަރުކާރުން ހިންގަވާ އެކިއެކި މަޝްރޫޢުތަކުގައި އިދާރީގޮތުން ކުރައްވަންޖެހޭ އެކިއެކި މަސައްކަތް ހިމެނެއެވެ. މިގެ އިތުރުން އަތޮޅު ކައުންސިލް އިދާރާގެ އިކޮނޮމިކް ޑިވެލޮޕްމަންޓް ޔުނިޓް ހިންގެވުން ހިމެނެއެވެ.

އަލްފާޟިލް އާދަމް ސަޢީދު ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 30 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އަލްފާޟިލް އާދަމް ސަޢީދު އަދާކުރެއްވި މަޤާމުތަކުގެތެރޭގައި ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ ކާތިބުކަމާއި، އައިޑެންޓިޓީކާޑު ޔުނިޓްގެ ރެކޯޑްސް ކްލާރކް ކަމާއި، އަތޮޅު އޮފީހުގެ ސީނިޔަކްލާކްކަމާއި، އެސިސްޓެންޓް ސެކްރެޓަރީކަމާއި ދިއްދޫ ކުޑަކަތީބު ކަތީބުކަމާއި، ދިއްދޫ ބޮޑުކަތީބުކަން ހިމެނެއެވެ. އޭގެ އިތުރުން ހއ. އަތޮޅު އޮފީހުގެ ސީނިޔަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމާއި، ހއ. އަތޮޅު ކައުންސިލް އިދާރާގެ އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރުކަމުގެ މަޤާމް ހިމެނެއެވެ.

ފޯން: 9900059

އީމެއިލް: adam@halifatoll.gov.mv

badheeu PP Photo

އެސިސްޓެންޓް ޑިރެކްޓަރ – ޙުސައިން ބަދީޢު

އަލްފާޟިލް ޙުސައިން ބަދީޢު ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއާ ގުޅިވަޑައިގަތީ  12 އޭޕްރީލް 2017 ގައެވެ. ހުސައިން ބަދީޢު މަސައްކަތް ކުރައްވަނީ މި އިދާރާގެ އެޑްމިން އެޗް.އާރު އެންޑް އިންފޮމޭޝަން ޔުނިޓްގެ އިސްވެރިއެއްގެ ގޮތުގައެވެ.

އެސިސްޓެންޓް ޑިރެކްޓަރެއްގެ ހައިސިއްޔަތުން އަލްފާޟިލް ޙުސައިން ބަދީޢު އަދާކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރޭގައި ގޯތިގެދޮރާއި، ބިމާބެހޭ އެންމެހައި ކަންތައްތައް ބަލަހައްޓައި، ބިމާބެހޭ ޤައުމީ އިދާރާއަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރުމާއި، ޙުކުމް ތަންފީޒް ކުރުމުގެ ގޮތުން ގޭގައި ބަންދުކުރެވޭ މީހުންގެ މައްސަލަތައް ކަމާބެހޭ ފަރާތްތަކަށް ފޮނުވުމާއި، ކައުންސިލް އިދާރާގެ ޔަވްމިއްޔާ ލިޔުއްވުމުގެ މަސައްކަތް ބެލެހެއްޓުމާއި، އެއްރަށުން އަނެއް ރަށަށް ރަށްވެހިކަން ބަދަލުކުރާ ފަޜާތްތަކާބެހޭ މަޢުލޫމާތު ފޮނުވުމުގެ މަސައްކަތް ކުރުވުމާއި، ކުށުގެ ރެކޯޑް ސާފުކުރުމާބެހޭ ކަންކަން ހިނގާގޮތް ބެއްލެވުމާއި، ކައުންސިލް އިދާރާއިން ފޮނުވަންޖެހޭ ތަހުނިޔާގެ މެސެޖްތައް ފޮނުވުމާއި، ކައުންސިލް ހިނގިގޮތުގެ 6 މަހުގެ ރިޕޯޓާއި އަހަރީ ރިޕޯރޓް ތައްޔާރުކުރެއްވުން ހިމެނެއެވެ.

އަދި މީގެ އިތުރުން އަތޮޅުގައި ހިނގާ އެކިއެކި ކާރިސާތަކުގެ މަޢުލޫމާތު އެއްކުރުމާއި އެ މަޢުލޫމާތު ކަމާބެހޭ އިދާރާތަަކަށް ފޯރުކޮށް ދިނުމާއި މުވައެްޒަފުންގެ އެންމެހައި ކަންކަން ހިނގާ ނުހިނގާގޮތް ބެލެހެއްޓުމާއި، ރަހުނު ރަޖިސްޓްރީ ކުރުމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކަޑް ހެދުމާއި ޕާސްޕޯޓްގެ ޚިދުމަތް ހިންގަމުންދާގޮތް ބެއްލެވުމާއި އެކަންކަމުގައި ދިމާވާ މައްސަލަތައް ހައްލުކުރެއްވުމަށް މަސައްކަތްކުރެއްވުން ހިމެނެއެވެ.

އަލްފާޟިލް ޙުސައިން ބަދީޢު އަދާކުރެއްވި މަޤާމްތަކުގެ ތެރޭގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރައިމަރީ ޓީޗަރކަމާއި، ސްޕަވައިޒަރކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރކަމާއި، ޑެޕިއުޓީ ޕްރިންސިޕަލްކަން ހިމެނެއެވެ. ޙުސައިން ބަދީޢު މިހާތަނަށް ސަރުކާރު ވަޒީފާ އަދާކުރައްވާފައިވަނީ ތަޢުލިމީ ދާއިރާގައެވެ. އެގޮތުން އެދާއިރާގައި މެދު ނުކެނޑި އުޅުއްވާތާ 18 އަހަރު ވެއްޖެއެވެ.

ފޯން: 9761626

އީމެއިލް: badheeu@halifatoll.gov.mv

Picture 062

އަޙުމަދު ނަޞީރު – ޕްލޭނިންގ އޮފިސަރ

އަލްފާޟިލް އަޙުމަދު ނަޞީރު ތިލަދުންމަތީ އުތުރުބުރީ އަތޮޅު އޮފީހާ ގުޅިވަޑައިގަތީ 04 ފެބުރުވަރީ 1986 ގައި އަތޮޅު އޮފީހުގެ ކާތިބެއްގެ ގޮތުގައެވެ. އޭގެފަހުން އަތޮޅު އޮފީހުގެ އެކި މަޤާމުތައް ފުރުއްވުމަށްފަހު 04 އޯގަސްޓް 2011 ގައި އަތޮޅު ކައުންސިލް އިދާރާގެ ޕްލޭނިންގ އޮފިސަރުގެ މަޤާމަށް ބަދަލު ކުރެއްވިއެވެ. އަޙުމަދު ނަޞީރު ސަރުކާރަށް ވެންނެވީ 21 ސެޕްޓެމްބަރ 1985 ގައެވެ.

އަތޮޅު ކައުންސިލް އިދާރާގެ ޕްލޭނިންގ އޮފިސަރެއްގެ ހައިސިއްޔަތުން އަލްފާޟިލް އަޙުމަދު ނަޞީރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ޕޮލިސީ ޕްލޭނިންގ ރިސަރޗް އެންޑް މޮނިޓަރިންގ ޔުނިޓުގައެވެ. އަޙުމަދު ނަޞީރު ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، އަތޮޅު ކައުންސިލް އިދާރާއިން ކަނޑައަޅާ 5 އަހަރު ދުވަހުގެ ޕްލޭން ތައްޔާރުކުރުމާއި، ޕްލޭން ތަންފީޒް ކުރެވެމުންދާ މިންވަރު ބެލުމާއި، ރަށު ކައުންސިލް އިދާރާތައް މޮނިޓަރކުރުމަށްފަހު މޮނިޓަރިންގ ރިޕޯރޓް އެކުލަވާލުމާއި، ރަށު ކައުންސިލް އިދާރާތަކުން ތައްޔާރުކުރާ ތަރައްޤީގެ ޕްލޭންތައް ލޯކަލް ގަވަރމަންޓް އޮތޯރިޓިއަށް ފޮނުވުމާއި، އަތޮޅު ކައުންސިލް އިދާރާގެ ވެބްސައިޓަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް އަޕްލޯޑްކުރުން ހިމެނެއެވެ. އަދި މީގެ އިތުރުން އަތޮޅާބެހޭ ތަފާސް ހިސާބު އަޕްޑޭޓްކުރުމާއި، ކައުންސިލްގެ ޢާންމުކޮމިޓީގައި މަސައްކަތްކުރުން ހިމެނެއެވެ.

އަލްފާޟިލް އަޙުމަދު ނަޞީރު ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 31 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އަޙުމަދު ނަޞީރު އަދާކުރެއްވި މަޤާމުތަކުގެތެރޭގައި އަތޮޅު އޮފީހުގެ ވޯކީޓޯކީ އޮޕަރޭޓަރކަމާއި، ކާތިބުކަމާއި، ސީނިޔަރކްލާކްކަމާއި، އެސިސްޓެންޓް ސެކްރެޓަރީކަމާއި، ސެކްރެޓަރީކަމާއި، ސީނިޔަރ ސެކްރެޓަރީކަމާއި، އެޑްމިނިސްޓަރޭޓިވް އޮފިސަރުކަމާއި، ސީނިޔަރ އެޑްމިނިސްޓްރޭޓިވް އޮފިސަރކަން ހިމެނެއެވެ.

ފޯން: 6500115

އީމެއިލް: ahmed@halifatoll.gov.mv

Mohamed Latheef

މުޙައްމަދު ލަޠީފު އަޙުމަދު – ފައިނޭންސް އޮފިސަރ

އަލްފާޟިލް މުޙައްމަދު ލަޠީފު އަޙުމަދު ތިލަދުންމަތީ އުތުރުބުރީ އަތޮޅު އޮފީހާ ގުޅިވަޑައިގެންނެވީ 20 މެއި 1997 ގައި އަތޮޅުއޮފީހުގެ ސެކްރެޓަރީއެއްގެ ގޮތުގައެވެ. އޭގެފަހުން އަތޮޅު އޮފީހުގެ އެކި މަޤާމުތައް ފުރުއްވުމަށްފަހު 04 އޯގަސްޓް 2011 ގައި މި އިދާރާގެ ފައިނޭންސް އޮފިސަރެއްގެ މަޤާމަށް ބަދަލު ކުރެއްވިއެވެ. އަލްފާޟިލް މުހައްމަދު ލަޠީފު ސަރުކާރަށް ޚިދުމަތް ކުރައްވަން ފައްޓަވާފައިވަނީ 16 އޭޕްރީލް 1981 ގައެވެ.

ފައިނޭންސް އޮފިސަރެއްގެ ހައިސިއްޔަތުން އަލްފާޟިލް މުޙައްމަދު ލަޠީފު ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރޭގައި މި އިދާރާގެ ހުރިހާ އެކައުންޓްތަކެއްގެ ހިސާބުތައް ބެލެހެއްޓުމާއި، ކުރިއަށްއޮތް އަހަރަށް ލަފާކުރާ އިދާރާގެ ބަޖެޓްތައްޔާރުކޮށް މުއްދަތަށް ބަޖެޓް ތައްޔާރުކޮށް ފޮނުވުމާއި، އިދާރާއަށް ލިބޭ ފައިސާ ބަލައިގަތުމާއި، ލިބޭފައިސާ ޖަމާކުރާ ފޮތުގައި ލިޔެ ބޭންކަށް ފައިސާ ޖަމާކުރުމާއި، ލިބޭފައިސާގެ ދުވަހު ފޮތް ފުރިހަމަކުރުމާއި، އައިޓަމްބާކީ ކުރުމާއި، އާމްދަނީގެ ގޮތުގައި ލިބޭފައިސާ ސަރުކާރުގެ އޮފީސްތަކަށް ފޮނުވުމާއި، ފައިސާ ޓްރާންސްފަރކުރުމާއި ޓްރާންސްފަރ ރަޖިސްޓްރީ ލިޔެ ބެލެހެއްޓުމާއި، ވައުޗަރ ރަޖިސްޓްރީ ކުރުމާއި، ޗެކް ރަޖިސްޓްރީ ކުރުމާއި، އާމްދަނީ ފައިސާގެ ރިޕޯރޓް ތައްޔާރުކޮށް ސަރުކާރުގެ އޮފީސްތަކަށް ފޮނުވުމާއި، ބޭންކް އެކައުންޓް ބާކީ ކުރުމާއި، ކައުންސިލްގެ ފައިނޭންސް ރިޕޯރޓް ތައްޔާރުކޮށް ކޮންމެ 6 މަހަކުން އެއްފަހަރު ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވުމާއި، ރަށު ކައުންސިލް އިދާރާތަކުގެ ޚަރަދު ރިޕޯރޓްތައް ޗެކްކުރުން ހިމެނެއެވެ.

އަލްފާޟިލް މުޙައްމަދު ލަޠީފު އަޙުމަދު ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 35 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އަލްފާޟިލް މުޙައްމަދު ލަޠީފު އަޙުމަދު އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ފިޝަރީޒްގެ އިނިސްޕެކްޓަރ ކަމާއި، މޯލްޑިވްސް ކަސްޓަމް ސަރވިސްގެ ކަސްޓަމް އޮފިސަރުކަމާއި، ކަސްޓަމް އޮފިސަރ ގްރޭޑް 2 ކަމާއި، ހއ. އަތޮޅު އޮފީހުގެ ސެކްރެޓަރީކަމާއި، ސީނިޔަރ ސެކްރެޓަރީކަމާއި، މި އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަން ހިމެނެއެވެ.

ފޯން: 6500113

އީމެއިލް: latheef@halifatoll.gov.mv

Asima

ޢާސިމާ ޢަލީ – އެޑްމިނިސްޓްރޭޓިވް އޮފިސަރ

އަލްފާޟިލާ ޢާސިމާ ޢަލީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު އޮފީހާ ގުޅިވަޑައިގަތީ 19 އޭޕްރީލް 1986 ގައި އަތޮޅުއޮފީހުގެ ކާތިބެއްގެ ގޮތުގައެވެ. އޭގެފަހުން އަތޮޅު އޮފީހުގެ އެކި މަޤާމުތައް ފުރުއްވުމަށްފަހު 04 އޯގަސްޓް 2011 ގައި މި އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމަށް ބަދަލު ކުރެއްވިއެވެ.

އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ހައިސިއްޔަތުން އަލްފާޟިލާ ޢާސިމާ ޢަލީ މަސައްކަތް ކުރައްވަމުން ގެންދަވަނީ ޕޮލިސީ ޕްލޭނިންގ ރިސަރޗް އެންޑް މޮނިޓަރިންގ ޔުނިޓްގައެވެ. ޢާސިމާ ޢަލީ ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، އަތޮޅު ރަށްރަށުގައި އުފަންވާ / މަރުވާ ކުދިންނާއި މީހުންގެ ރިޕޯރޓް އަތޮޅުތެރެއިން ގެނެސް ތައްޔާރުކޮށް ފޮނުވުމާއި، މަސްވެރިކަމާބެހޭ ރިޕޯރޓް އަތޮޅުތެރެއިން ގެނެސް ތައްޔާރުކޮށް ފޮނުވުމާއި، އިދާރީގޮތުން ލިޔަންޖެހޭ ސޓީ މެސެޖް ލިއުމާއި އަދި މީގެ އިތުރުންވެސް ތަފާސްހިސާބާ ގުޅުންހުރި ބައެއް ރިޕޯރޓްތައް ލިޔެ ބެލެހެއްޓުން ހިމެނެއެވެ.

އަލްފާޟިލާ ޢާސިމާ ޢަލީ ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 30 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އަލްފާޟިލާ ޢާސިމާ ޢަލީ އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ހއ. އަތޮޅު އޮފީހުގެ ކާތިބުކަމާއި، ހއ. އަތޮޅު އޮފީހުގެ ސީނިޔަރކްލާކްކަމާއި، އެސިސްޓެންޓް ސެކްރެޓަރީކަމާއި، ސެކްރެޓަރީކަން ހިމެނެއެވެ.

ފޯން: 6500115

އީމެއިލް: asima@halifatoll.gov.mv

Asma Ibrahim

އަސްމާ އިބްރާހީމް – އެޑްމިނިސްޓްރޭޓިވް އޮފިސަރ

އަލްފާޟިލާ އަސްމާ އިބްރާހީމް ތިލަދުންމަތީ އުތުރުބުރީ އަތޮޅު އޮފީހާ ގުޅިވަޑައިގަތީ 24 ޖަނަވަރީ 1994 ގައި އަތޮޅުއޮފީހުގެ ރޭޑިޔޯޓެލްފޯން އޮޕަރޭޓަރެއްގެ ގޮތުގައެވެ. އޭގެފަހުން އަތޮޅު އޮފީހުގެ އެކި މަޤާމުތައް ފުރުއްވުމަށްފަހު 04 އޯގަސްޓް 2011 ގައި މި އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމަށް ބަދަލު ކުރެއްވިއެވެ. އަސްމާ އިބްރާހީމް ސަރުކާރަށް ވެންނެވީ 09 އޮކްޓޯބަރ 1982 ގައެވެ.

މި އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ހައިސިއްޔަތުން އަލްފާޟިލާ އަސްމާ އިބްރާހީމް މަސައްކަތް ކުރައްވަމުން ގެންދަވަނީ މުވައްޒަފުންނާބެހޭ ޔުނިޓުގައެވެ. އަސްމާ އިބްރާހީމް ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، އަތޮޅު ކައުންސިލް އިދާރާގެ ސީނިޔަރ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި ވަކިކުރުމާއި ބަދަލުކުރުމާގުޅޭ ލިއުންތައް ލިއެ ބެލެހެއްޓުމާއި، މުވައްޒަފުންގެ ޙާޒިރީއާއި ޗުއްޓީ ރެކޯޑް ބެލެހެއްޓުމާއި، މުވައްޒަފުންނާބެހޭ ރެކޯޑްފައިލްތައް ބެލެހެއްޓުމާއި، ސްޓާރފް މީޓިންގތައް އިންތިޒާމްކުރުމާއި، ރަށުކައުންސިލް އިދާރާގެ މުވައްޒަފުންގެ ޙާޒިރީ ރިޕޯރޓް ތައްޔާރު ކުރުމާއި، އޮފީހު މުވައްޒަފުންގެ އެޕްރައިޒަލްގެ މަސައްކަތް ބެލެހެއްޓުމާއި، މުވައްޒަފުންގެ ބައްދަލުވުންތަކުގެ ޔަވްމިއްޔާ ލިއެ ބެލެހެއްޓުމާއި، ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ކޮމިޓީއާބެހޭ މަސައްކަތްކުރުން ހިމެނެއެވެ.

އަލްފާޟިލާ އަސްމާ އިބްރާހީމް ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 34 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އަލްފާޟިލާ އަސްމާ އިބްރާހީމް އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ހއ. އަތޮޅު ތަޢުލީމީމަރުކަޒުގެ ކާތިބުކަމާއި، ހއ. އަތޮޅު އޮފީހުގެ ރޭޑިޔޯޓެލްފޯން އޮޕަރޭޓަރކަމާއި، ސީނިޔަރ ރޭޑިޔޯޓެލްފޯން އޮޕަރޭޓަރކަމާއި، އެސިސްޓެންޓް ސެކްރެޓަރީކަމާއި، ސެކްރެޓަރީކަން ހިމެނެއެވެ.

ފޯން: 6500116

އީމެއިލް: asmaibrahim@halifatoll.gov.mv

shareefa

ޝަރީފާ މުޙައްމަދު – އެޑްމިނިސްޓްރޭޓިވް އޮފިސަރ

އަލްފާޟިލާ ޝަރީފާ މުހައްމަދު ތިލަދުންމަތީ އުތުރުބުރީ އަތޮޅު އޮފީހާ ގުޅިވަޑައިގަތީ 19 ޖޫން 1986 ގައި އަތޮޅުއޮފީހުގެ ރޭޑިޔޯޓެލްފޯން އޮޕަރޭޓަރެއްގެ ގޮތުގައެވެ. އޭގެފަހުން އަތޮޅު އޮފީހުގެ އެކި މަޤާމުތައް ފުރުއްވުމަށްފަހު 04 އޯގަސްޓް 2011 ގައި މި އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމަށް ބަދަލު ކުރެއްވިއެވެ.

އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ހައިސިއްޔަތުން އަލްފާޟިލާ ޝަރީފާ މުހައްމަދު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެޑްމިން، އެޗްއާރު އެންޑް އިންފޮމޭޝަން ޔުނިޓްގައެވެ. ޝަރީފާ މުހައްމަދު ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، ސަރުކާރުގެ އިދާރާތަކަށް ރައްދުކުރަންޖެހޭ ތަކެތި އެ އިދާރާތަކަށް ރައްދުކުރުމާއި، އޮފީހަށް އަންނަ ސިޓީ މެސެޖްފަދަ ތަކެތި އެންޓްރީ ކުރުމަށްފަހު ޔުނިޓްތަކާ ހަވާލުކުރުމާއި، ފްރަންޓް އޮފީހުގެ މަސައްކަތްތަކުގެ ތެރެއިން ޓްރާންސްޕޯރޓްގެ ޚިދުމަތަށް އަންނަ ފަރާތްތަކަށް ޚިދުމަތް ދިނުމާއި، ޕޯސްޓްކުރަންޖެހޭ ތަކެތި ޕޯސްޓަށް ފޮނުވުމާއި، ރިސެޕްޝަނަށް އަންނަ މެހެމާނުންނަށް ޖަވާބުދާރީވުމާއި، ރިސެޕްޝަނަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދާރީވުން ހިމެނެއެވެ.

އަލްފާޟިލާ ޝަރީފާ މުޙައްމަދު ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 30 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އަލްފާޟިލާ ޝަރީފާ މުޙައްމަދު އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ހއ. އަތޮޅު އޮފީހުގެ ރޭޑިޔޯޓެލްފޯން އޮޕަރޭޓަރކަމާއި، ކާތިބުކަމާއި، ސީނިޔަރކްލާކްކަމާއި، އެސިސްޓެންޓް ސެކްރެޓަރީކަމާއި، ސެކްރެޓަރީކަން ހިމެނެއެވެ.

ފޯން: 6500124

އީމެއިލް: shareefa@halifatoll.gov.mv

Picture 051

ފާތުމަތު ރަޝީދާ – އެޑްމިނިސްޓްރޭޓިވް އޮފިސަރ

އަލްފާޟިލާ ފާތުމަތު ރަޝިދާ ތިލަދުންމަތީ އުތުރުބުރީ އަތޮޅު އޮފީހާ ގުޅިވަޑައިގަތީ 18 ޖުލައި 1988 ގައި އަތޮޅުއޮފީހުގެ ކާތިބެއްގެ ގޮތުގައެވެ. އޭގެފަހުން އަތޮޅު އޮފީހުގެ އެކި މަޤާމުތައް ފުރުއްވުމަށްފަހު 04 އޯގަސްޓް 2011 ގައި މި އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމަށް ބަދަލު ކުރެއްވިއެވެ.

އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ހައިސިއްޔަތުން އަލްފާޟިލާ ފާތުމަތު ރަޝީދާ މަސައްކަތް ކުރައްވަމުން ގެންދަވަނީ އިންފްރާސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް ޔުނިޓްގައެވެ. ފާތުމަތު ރަޝީދާ ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، އިޤްތިސާދީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި އިންވެސްޓްކުރުމާގުޅޭ ލިއުންތައް ލިއެ ބެލެހެއްޓުމާއި، ކައުންސިލްގެ ބެލުމުގެ ދަށުގައިހުންނަ ތަންތަނާއި ތަކެތި ކުއްޔަށް ދޫކުރުމާގުޅޭ މަސައްކަތް ކުރުމާއި، ޤުދުރަތީގޮތުން ދިމާވާ ކާރިސާތަކުގެ މަޢުލޫމާތު ހޯދުމާއި އެ މަޢުލޫމާތުތައް ލިއެ ބެލެހެއްޓުމާއި، ރަށްރަށުގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމާ ގުޅޭގޮތުން އިދާރީގޮތުން ލިއަންޖެހޭ ލިއުންތައް ލިއެ ބެލެހެއްޓުން ހިމެނެއެވެ.

އަލްފާޟިލާ ފާތުމަތު ރަޝީދާ ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 28 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އަލްފާޟިލާ ފާތުމަތު ރަޝީދާ އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ހއ. އަތޮޅު އޮފީހުގެ ކާތިބުކަމާއި، ހއ. އަތޮޅު އޮފީހުގެ ސީނިޔަރކްލާކްކަމާއި، އެސިސްޓެންޓް ސެކްރެޓަރީކަމާއި،  ސެކްރެޓަރީކަން ހިމެނެއެވެ.

ފޯން: 6500120

އީމެއިލް: fathimath@halifatoll.gov.mv

Aminath Latheefa

އާމިނަތު ލަޠީފާ – އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

އަލްފާޟިލާ އާމިނަތު ލަޠީފާ ތިލަދުންމަތީ އުތުރުބުރީ އަތޮޅު އޮފީހާ ގުޅިވަޑައިގަތީ 18 ޖޫން 1989 ގައި އަތޮޅުއޮފީހުގެ ވޯކީޓޯކީ އޮޕަރޭޓަރެއްގެ ގޮތުގައެވެ. އޭގެފަހުން އަތޮޅު އޮފީހުގެ އެކި މަޤާމުތައް ފުރުއްވުމަށްފަހު 04 އޯގަސްޓް 2011 ގައި މި އިދާރާގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމަށް ބަދަލު ކުރެއްވިއެވެ.

އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ހައިސިއްޔަތުން އަލްފާޟިލާ އާމިނަތު ލަޠީފާ މަސައްކަތް ކުރައްވަމުން ގެންދަވަނީ އެޑްމިން، އެޗްއާރު އެންޑް އިންފޮމޭޝަން ޔުނިޓްގައެވެ. އާމިނަތު ލަޠީފާ ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، ރަށްވެހިކަން ބަދަލުކުރަންއެދޭ ފަރާތްތަކާބެހޭ ލިއުންތައް ލިއެ ބެލެހެއްޓުމާއި، ބިމާބެހޭ ޤައުމީ އިދާރާއަށް ބޭނުންވާ ބިމާބެހޭ މަޢުލޫމާތު ފޯރުކޮށް ދިނުމާއި، އަތޮޅުތަކުންނާއި، މިއަތޮޅުގެ ރަށްރަށުން ގޯއްޗަށް އެދި ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކުން ހޯދައި ފޮނުވުމާއި، މީހުންނާއި ކުދިންގެ ނަން ބަދަލުކުރުމަށް ހުށަހެޅޭ މައްސަލަތައް ލިއެ ބެލެހެއްޓުމާއި، ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ގެއްލިގެން ހުށަހެޅޭ މައްސަލަތައް ލިއެ ބެލެހެއްޓުމާއި، ކުލީބިމާއި ސަރުކާރަށް ދޫކުރާ ބިންބިމުގެ މައްސަލަތައް ލިއެ ބެލެހެއްޓުމާއި، ރަށްރަށުގެ މިސްކިތްތަކުގައި ތަރާވީޙު ނަމާދުކުރަން ގެނެވޭ ބޭރުގެ ހާފިޒުންނާގުޅޭ މައްސަލަތައް ލިއެ ބެލެހެއްޓުމާއި، ޢާންމު ޚިދުމަތުގެ އެވޯޑާ ގުޅިގެން ކުރެވޭ އިދާރީ މަސައްކަތް ކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ގުޅިގެން ހިންގޭ އިދާރީ ކަންކަމުގައި އެހީތެރިވެ ދިނުމާއި، އަތޮޅު ޤުރުއާން މުބާރާތާ ގުޅިގެން ކުރެވޭ އިދާރީ ލިއެކިއުންތައް ލިއެ ބެލެހެއްޓުން ހިމެނެއެވެ.

އަލްފާޟިލާ އާމިނަތު ލަޠީފާ ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 27 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އަލްފާޟިލާ އާމިނަތު ލަޠީފާ އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ހއ. އަތޮޅު އޮފީހުގެ ވޯކީޓޯކީ އޮޕަރޭޓަރކަމާއި، ރޭޑިޔޯޓެލްފޯން އޮޕަރޭޓަރކަމާއި، ސީނިޔަރ ރޭޑިޔޯޓެލްފޯން އޮޕަރޭޓަރކަމާއި، ކާތިބުކަމާއި، ސީނިޔަރކްލާކްކަމާއި، އެސިސްޓެންޓް ސެކްރެޓަރީކަން ހިމެނެއެވެ.

ފޯން: 6500124

އީމެއިލް: aminathlatheefa@halifatoll.gov.mv

Asma

އަސްމާ އަބޫބަކުރު – އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

އަލްފާޟިލާ އަސްމާ އަބޫބަކުރު މިއިދާރާއާ ގުޅިވަޑައިގަތީ 07 އޭޕްރީލް 2016 ގައެވެ. އަސްމާ އަބޫބަކުރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އިންފްރާސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް ޔުނިޓްގައެވެ.

އަލްފާޟިލާ އަސްމާ އަބޫބަކުރު ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، އަތޮޅު ކައުންސިލް އިދާރާއާއި ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ޢިމާރާތްތައް މަރަމާތުކުރުމާ ބެހޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުމާއި، ރަށްރަށުގައި ކުޅިވަރު ކުޅޭނެ ތަންތަން ހެދުމާބެހޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުމާއި، ރަށްރަށަށް ދިމާވާ ތިމާވެށިގެ މައްސަލަތައް ދިރާސާކޮށް ރިޕޯރޓްތައް ކަމާބެހޭ އޮފީސްތަކަށް ފޮނުވުމާއި، ރަށްރަށުގެ ކުޑަކުދިންގެ ޕާކްތަކާއި މައިޒާންފަދަ ތަންތަނާ ބެހޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުމާއި، ރަށްރަށަށް ދިމާވާ ކާރިސާތަކާބެހޭގޮތުން އިދާރީގޮތުން ލިއަންޖެހޭ ލިއުންތައް ލިޔެ ފޮނުވުމާއި، ބޯފެނަށްޖެހޭ ރަށްރަށަށް ބޯފެން ފޯރުކޮށް ދިނުމާބެހޭގޮތުން އިދާރީގޮތުން ލިއަންޖެހޭ ލިއުންތައް ލިޔެ ފޮނުވުމާއި، މި އިދާރާގެ ވެހިކަލްތައް ( އެއްގަމާއި ކަނޑުގެ ) ބެލެހެއްޓުމާ ބެހޭގޮތުން ކުރަންޖެހޭ މަސައްކަތް ކުރުމާއި، މަޢުލޫމާތު ހޯދުމާއި، ލިބިގަތުމުގެ ޙައްޤުގެ ޤާނޫނޫގެ ދަށުން މި ކައުންސިލުން ދޫކުރަންޖެހޭ މަޢުލޫމާތު ދޫކުރުން ހިމެނެއެވެ.

އަލްފާޟިލާ އަސްމާ އަބޫބަކުރު ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 07 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އަލްފާޟިލާ އަސްމާ އަބޫބަކުރު އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ހއ. އަތޮޅު ތަޢުލީމީމަރުކަޒުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމާއި ހއ. ދިއްދޫ ޣާޒީ މުޙައްމަދު ޕްރީސްކޫލްގެ ޓީޗަރުކަން ހިމެނެއެވެ. އަލްފާޟިލާ އަސްމާ އަބޫބަކުރު ޕްރީސްކޫލް ޓީޗަރުކަން 17 އަހަރަށް ވުރެ ގިނަދުވަހު ކުރައްވާފައި ވެއެވެ.

ފޯން: 6500120

އީމެއިލް: asma@haliatoll.gov.mv

ALi

ޢަލީ ރަޝީދު – އެޑްމިނިސްޓްރޭޓިވް އޮފިސަރ

އަލްފާޟިލް ޢަލީ ރަޝީދު މި އިދާރާއާ ގުޅިވަޑައިގަތީ 20 ޑިސެމްބަރ 2012 ގައި މި އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ގޮތުގައެވެ. އަލްފާޟިލް ޢަލީ ރަޝީދު ސަރުކާރު ވަޒީފާ އަދާކުރައްވަން ފައްޓަވާފައިވަނީ 03 އޭޕްރީލް 2006 ގައެވެ.

އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ހައިސިއްޔަތުން އަލްފާޟިލް ޢަލީ ރަޝީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ ކައުންސިލް ބިއުރޯގައެވެ. ޢަލީ ރަޝީދު ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، ރަށު ކައުންސިލްތަކުގެ ހަމަހުގެ ރިޕޯރޓާއި، އަހަރީ ރިޕޯރޓް ކައުންސިލްތަކުން ހޯދުމާއި އެ ރިޕޯރޓްތައް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވުމާއި، އަތޮޅު ކައުންސިލްގެ ހަމަހުގެ ރިޕޯރޓާއި އަހަރީ ރިޕޯރޓް ތައްޔާރުކޮށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވުމާއި، އަތޮޅު ކައުންސިލް ޖަލްސާތަކުގެ ޔަވްމިއްޔާ ލިޔެ ބެލެހެއްޓުމާއި، ކައުންސިލުން ނިންމާ ނިންމުންތައް ކައުންސިލްގެ ސެކްޝަންތަކާއި ޔުނިޓްތަކާ ހަވާލުކުރުމާއި، ކައުންސިލްގެ ބްރީފިންގ ބޭއްވުމާއި ބެހޭ އިންތިޒާމްތައް ހަމަޖެއްސުމާއި ޔަވްމިޔާ ލިޔުން ހިމެނެއެވެ.

އަލްފާޟިލް ޢަލީ ރަޝީދު ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 10 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އަލްފާޟިލް ޢަލީ ރަޝީދު އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ހއ. ދިއްދޫ ކުޑަކަތީބުކަމުގެ މަޤާމާއި، ކަތީބުގެ އެހީތެރިޔާގެ މަޤާމާއި، ދިއްދޫ ކައުންސިލް އިދާރާގެ މުނިސިޕަލްސަރވިސް އޮފިސަރުކަމުގެ މަޤާމް ހިމެނެއެވެ.

ފޯން: 6500124

އީމެއިލް: ali@halifatoll.gov.mv

Zubaida

ޒުބައިދާ ލަޠީފު – އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

އަލްފާޟިލާ ޒުބައިދާ ލަޠީފު ތިލަދުންމަތީ އުތުރުބުރީ އަތޮޅު އޮފީހާ ގުޅިވަޑައިގަތީ 24 އޮކްޓޯބަރ 1992 ގައި އަތޮޅުއޮފީހުގެ ކާތިބެއްގެ ގޮތުގައެވެ. އޭގެފަހުން އަތޮޅު އޮފީހުގެ އެކި މަޤާމުތައް ފުރުއްވުމަށްފަހު 04 އޯގަސްޓް 2011 ގައި މި އިދާރާގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމަށް ބަދަލު ކުރެއްވިއެވެ.

އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ހައިސިއްޔަތުން އަލްފާޟިލާ ޒުބައިދާ ލަޠީފު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެޑްމިން، އެޗްއާރު އެންޑް އިންފޮމޭޝަން ޔުނިޓްގައެވެ. ޒުބައިދާ ލަޠީފު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި، ސަރުކާރުގެ އިދާރާތަކަށް ރައްދުކުރުމަށް ލިބޭތަކެތި އެ އިދާރާތަކަށް ރައްދުކުރުމާއި، އޮފީހަށް އަންނަ ސިޓީ މެސެޖް އެންޓްރީކޮށް ޔުނިޓްތަކާ ހަވާލުކުރުމާއި، ޓްރާންސްޕޯރޓް އޮތޯރިޓީން ދެއްވަމުން ގެންދަވާ ޚިދުމަތުގެ ތެރެއިން ފްރަންޓްއޮފީހުން ދެއްވަންޖެހޭ ޚިދުމަތް ދެއްވުމާއި، އޮފީހަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދެއްވުމާއި، ޚިދުމަތަށް އެދި އަންނަ ފަރާތްތަކަށް ޖަވާބުދާރީވުމާއި، ޕޯސްޓްކުރަންޖެހޭ ތަކެތި ޕޯސްޓަށްފޮނުވުން ހިމެނެއެވެ.

އަލްފާޟިލާ ޒުބައިދާ ލަޠީފު ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 24 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އަލްފާޟިލާ ޒުބައިދާ ލަޠީފު އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ހއ. އަތޮޅު އޮފީހުގެ ކާތިބުކަމާއި، ސީނިޔަރކްލާކްކަމާއި، އެސިސްޓެންޓް ސެކްރެޓަރީކަން ހިމެނެއެވެ.

ފޯން: 6500068

އީމެއިލް: zubaidha@halifatoll.gov.mv

AMeema

އަމީމާ ޢަބްދުލްޣަނީ – އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

އަލްފާޟިލާ އަމީމާ ޢަބްދުލްޣަނީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު އޮފީހާ ގުޅިވަޑައިގަތީ 24 އޮކްޓޯބަރ 1992 ގައި އަތޮޅުއޮފީހުގެ ކާތިބެއްގެ ގޮތުގައެވެ. އޭގެފަހުން އަތޮޅު އޮފީހުގެ އެކި މަޤާމުތައް ފުރުއްވުމަށްފަހު 04 އޯގަސްޓް 2011 ގައި މި އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމަށް ބަދަލު ކުރެއްވިއެވެ.

އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ހައިސިއްޔަތުން އަލްފާޟިލާ އަމީމާ ޢަބްދުލްޣަނީ މަސައްކަތް ކުރައްވަމުން ގެންދަވަނީ އެޑްމިން، އެޗްއާރު އެންޑް އިންފޮމޭޝަން ޔުނިޓްގައެވެ. އަމީމާ ޢަބްދުލްޣަނީ ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، އަތޮޅު ކައުންސިލްގެ އިދާރާގެ މުވައްޒަފުންގެ ތެރެއިން އޮފިސަރުން ފެށިގެން ދަށުގެ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި ވަކިކުރުމާއި ބަދަލުކުރުމާބެހޭ ލިއުންތައް ލިއެ ބެލެހެއްޓުމާއި، މުވައްޒަފުންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، އެކިއެކި ކޯސްތަކާއި ބައްދަލުވުންތަކަށް ފޮނުވަންޖެހޭ މުވައްޒަފުންގެ މަޢުލޫމާތުތައް ލިއެ ބެލެހެއްޓުމާއި، ސިވިލްސަރވިސް މުވައްޒަފުންނަށް ބާއްވާ އެކިއެކި ބައްދަލުވުންތައް އިންތިޒާމުކޮށް ބެލެހެއްޓެވުމާއި އެކަމުގައި އެހީތެރިވެ ދިނުމާއި، ރަށުކައުންސިލް އިދާރާތަކުގެ ޒިންމާދާރުވެރިންގެ ޗުއްޓީގެ ރެކޯޑް ބެލެހެއްޓުމާއި، އަތޮޅު ކައުންސިލަރުންގެ ޙާޒިރީގެ ރެކޯޑް ބެލެހެއްޓުމާއި ޙާޒިރީ ރިޕޯރޓް ތައްޔާރުކޮށް ކަމާބެހޭ އިދާރާއަށް ފޮނުވުމާއި، ރަށު ކައުންސިލަރުންގެ ޙާޒިރީގެ ރެކޯޑް ބެލެހެއްޓުމާއި، ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ކޮމިޓީގެ ލިއުންތައް ލިއެ ބެލެހެއްޓުން ހިމެނެއެވެ.

އަލްފާޟިލާ އަމީމާ ޢަބްދުލްޣަނީ ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 24 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އަލްފާޟިލާ އަމީމާ ޢަބްދުލްޣަނީ އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ހއ. އަތޮޅު އޮފީހުގެ ކާތިބުކަމާއި، ސީނިޔަރކްލާކްކަމާއި، އެސިސްޓެންޓް ސެކްރެޓަރީކަން ހިމެނެއެވެ.

ފޯން: 6500116

އީމެއިލް: ameema@halifatoll.gov.mv

nizam

މުޙައްމަދު ނިޒާމް – އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

އަލްފާޟިލް މުޙައްމަދު ނިޒާމް ތިލަދުންމަތީ އުތުރުބުރީ އަތޮޅު އޮފީހާ ގުޅިވަޑައިގަތީ 11 އޯގަސްޓް 1997 ގައި އަތޮޅުއޮފީހުގެ ވޯކީޓޯކީ އޮޕަރޭޓަރެއްގެ ގޮތުގައެވެ. އޭގެފަހުން އަތޮޅު އޮފީހުގެ އެކި މަޤާމުތައް ފުރުއްވުމަށްފަހު 04 އޯގަސްޓް 2011 ގައި މި އިދާރާގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމަށް ބަދަލު ކުރެއްވިއެވެ.

އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ހައިސިއްޔަތުން އަލްފާޟިލް މުޙައްމަދު ނިޒާމް މަސައްކަތް ކުރައްވަމުން ގެންދަވަނީ އެޑްމިން، އެޗްއާރު އެންޑް އިންފޮމޭޝަން ޔުނިޓްގައެވެ. މުޙައްމަދު ނިޒާމް ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، ކައުންސިލް އިދާރާގެ ސާރވާ އަޕްޑޭޓްކޮށް ބެލެހެއްޓުމުގައި އެހީތެރިވެ ދިނުމާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ހެދުމުގެ މަސައްކަތުގައި އެހީތެރިވެ ދިނުމާއި، ވެބްސައިޓް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، ރަހުނު ރަޖިސްޓްރީކޮށް ކެންސަލް ކުރުމުގެ މަސައްކަތްކުރުމާއި، ކައުންސިލް އިދާރާއިން ނަގަންޖެހޭ ފޮޓޯ ނެގުން ހިމެނެއެވެ.

އަލްފާޟިލް މުޙައްމަދު ނިޒާމް ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 19 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އަލްފާޟިލް މުޙައްމަދު ނިޒާމް އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ހއ. އަތޮޅު އޮފީހުގެ ވޯކީޓޯކީ އޮޕަރޭޓަރކަމާއި، އެސިސްޓެންޓް ސެކްރެޓަރީކަން ހިމެނެއެވެ.

ފޯން: 6500119

އީމެއިލް: nizam@halifatoll.gov.mv

saleem

މުޙައްމަދު ސަލީމް – އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން

އަލްފާޟިލް މުޙައްމަދު ސަލީމް ތިލަދުންމަތީ އުތުރުބުރީ އަތޮޅު އޮފީހާ ގުޅިވަޑައިގަތީ 26 ސެޕްޓެމްބަރ 2001 ގައި އަތޮޅުއޮފީހުގެ ވޯކީޓޯކީ އޮޕަރޭޓަރެއްގެ ގޮތުގައެވެ. އޭގެފަހުން އަތޮޅު އޮފީހުގެ އެކި މަޤާމުތައް ފުރުއްވުމަށްފަހު 04 އޯގަސްޓް 2011 ގައި މި އިދާރާގެ އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަނެއްގެ މަޤާމަށް ބަދަލު ކުރެއްވިއެވެ. އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަނެއްގެ ހައިސިއްޔަތުން އަލްފާޟިލް މުޙައްމަދު ސަލީމް މަސައްކަތް ކުރައްވަމުން ގެންދަވަނީ އެޑްމިން، އެޗްއާރު އެންޑް އިންފޮމޭޝަން ޔުނިޓްގައެވެ.

 މުޙައްމަދު ސަލީމް ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، މި އިދާރާގެ ކޮމްޕިޓަރތަކާއި ޕްރިންޓަރުތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި، ކޮމްޕިއުޓަރުތަކަށް ބޭނުންވާ ސްޕެއަރ އާއި ސޮފްޓްވެއަރ، ހަމަޖެހިފައިވާ ޕްރޮސީޖާއެއްދަށުން ހޯދުމާއި، އެޗް.އާރު ސޮފްޓްވެއަރ އަށް ބޭނުންވާ ޑޭޓާތައް އެންޓަރ ކުރުމާއި އަޕްޑޭޓް ކުރުމާއި، ޖެމްސް ސިސްޓަމް ބޭނުންކޮށްގެން މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެގޮތް ހަމަޖެއްސުމާއި، ޖެމްސް ސިސްޓަމަށް ދިމާވާ މައްސަލަތައް އެން.ސީ.އައި.ޓީއާ ގުޅިގެން ހައްލުކުރުމަށް މަސައްކަތް ކުރުމާއި، ނެޓްވޯރކް އަޅަންޖެހޭ ސިސްޓަމްތަކަށް ނެޓްވޯރކް އެޅުމަށް ކުރަންޖެހޭ މަސައްކަތް ކުރުމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހައްދައި ދިނުމާބެހޭގޮތުން އިދާރީގޮތުން ކުރަންޖެހޭ މަސައްކަތް ކުރުމާއި، ޑީ.އެން.އާރުން އަތޮޅު ކައުންސިލަށް ފޮނުވާ އައި.ޑީ ކާޑުތައް ރަށްރަށަށް ފޮނުވުން ހިމެނެއެވެ.

އަލްފާޟިލް މުޙައްމަދު ސަލީމް ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 15 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އަލްފާޟިލް މުޙައްމަދު ސަލީމް އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ހއ. އަތޮޅު އޮފީހުގެ ވޯކީޓޯކީ އޮޕަރޭޓަރކަމާއި، ކޮމްޕިއުޓަރ ޕްރޮގްރާމް ޓްރޭނީކަން ހިމެނެއެވެ.

ފޯން: 6500119

އީމެއިލް: saleem@halifatoll.gov.mv

Mohamed Naseer

މުޙައްމަދު ނަޞީރު – އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ

އަލްފާޟިލް މުޙައްމަދު ނަޞީރު މި އިދާރާއާ ގުޅިވަޑައިގަތީ 10 އޯގަސްޓް 2008 ގައި މި އިދާރާގެ ޕްރޮޖެކްޓް އޮފިސަރ ޓްރޭނިންގ ގޮތުގައެވެ. އޭގެފަހުން މި އިދާރާގެ އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރެއްގެ މަޤާމަށް ބަދަލު ކުރެއްވީ 04 އޯގަސްޓް 2012 ގައެވެ.

އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރެއްގެ ހައިސިއްޔަތުން އަލްފާޟިލް މުޙައްމަދު ނަޞީރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އިންފްރާސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް ޔުނިޓްގައެވެ.

މުޙައްމަދު ނަޞީރު ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، އަތޮޅު ކައުންސިލް އިދާރާގެ އިންވެންޓްރީ ލިއެ ބެލެހެއްޓުމާއި، އަނބުރާ ދައްކާގޮތަށް އަތޮޅު ރަށްރަށަށް ސައުންޑް ސިސްޓަމް ދޫކުރެއްވުމާއި، އަތޮޅު ކައުންސިލްގެ އިދާރާއާއި ރަށު ކައުންސިލްތަކުގެ ތަރައްޤީގެ ޕްލޭންގެ ތެރެއިން ވަކި ފަރާތަކާ ޙަވާލު ނުކޮށްހުންނަ މަޝްރޫޢުތައް އެކިފަރާތްތަކަށް ފޮނުވުމާއި، ރަށްރަށުގެ މަގާއި ބަނދަރު ހެދުމާއި މަރާމާތުކުރުމާއި ބެހޭގޮތުން އިދާރީގޮތުން ލިއަންޖެހޭ ލިއުންތައް ލިއެ ބެލެހެއްޓުމާއި، ސަރުކާރުން ހިންގާ އެކިއެކި ޕްރޮޖެކްޓްތަކާ ބެހޭގޮތުން ލިއަންޖެހޭ ލިއުންތައް ލިޔެ ބެލެހެއްޓުމާއި، އެއްގަމާއި ކަނޑުގެ ލައިސަންސް ދޫކުރުމާ ބެހޭގޮތުން ކުރަންޖެހޭ މަސައްކަތް ކުރުމާއި، އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުގެ ރަޖިސްޓްރީ ކުރުމާއި ރަޖިސްޓްރީ ބަދަލުކުރުމާއި ބާޠިލް ކުރުމާ ބެހޭގޮތުން ކުރަންޖެހޭ މަސައްކަތް ކުރުމާއި، ރޯޑްވާދިނަސް އަދި އޮޑީނަމްބަރ ދޫކުރުމާ ބެހޭގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން ހިމެނެއެވެ.

އަލްފާޟިލް މުޙައްމަދު ނަޞީރު ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 08 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އަލްފާޟިލް މުޙައްމަދު ނަޞީރު އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި މި އިދާރާގެ ޕްރޮޖެކްޓް އޮފިސަރ ޓްރޭނީކަމުގެ މަޤާމް ހިމެނެއެވެ.

ފޯން: 6500120

އީމެއިލް: mohamednaseer@halifatoll.gov.mv

Aiminath

އާމިނަތު ރަޝީދާ – އެސިސްޓެންޓް އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

އަލްފާޟިލާ އާމިނަތު ރަޝީދާ ތިލަދުންމަތީ އުތުރުބުރީ އަތޮޅު އޮފީހާ ގުޅިވަޑައިގަތީ 23 އޮކްޓޯބަރ 2001 ގައި އަތޮޅުއޮފީހުގެ ކާތިބެއްގެ ގޮތުގައެވެ. އޭގެފަހުން އަތޮޅު އޮފީހުގެ އެކި މަޤާމުތައް ފުރުއްވުމަށްފަހު 04 އޯގަސްޓް 2011 ގައި މި އިދާރާގެ އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރެއްގެ މަޤާމަށް ބަދަލު ކުރެއްވިއެވެ.

އެސިސްޓެންޓް އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރެއްގެ ހައިސިއްޔަތުން އަލްފާޟިލާ އާމިނަތު ރަޝީދާ މަސައްކަތް ކުރައްވަމުން ގެންދަވަނީ އިންފްރާސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް ޔުނިޓްގައެވެ. އާމިނަތު ރަޝީދާ ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، ރަށްރަށުގެ ކުނި ނައްތާލުމާގުޅޭ ގޮތުން އިދާރީގޮތުން ކުރައްވަންޖެހޭ މަސައްކަތް ކުރުމާއި، ފެރީ ދަތުރުތަކާ ގުޅޭގޮތުން ކުރައްވަންޖެހޭ އިދާރީ މަސައްކަތް ކުރުމާއި، ސަރުކާރަށް ފޮނުވަންޖެހޭ ބައެއް ރިޕޯރޓްތައް ފޮނުވުން ހިމެނެއެވެ.

އަލްފާޟިލާ އާމިނަތު ރަޝީދާ ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 15 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އަލްފާޟިލާ އާމިނަތު ރަޝީދާ އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ހއ. އަތޮޅު އޮފީހުގެ ކާތިބުކަމާއި، ސީނިޔަރކްލާކްކަމާއި، އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރުކަން ހިމެނެއެވެ.

ފޯން: 6500120

އީމެއިލް: aiminathrasheeda@halifatoll.gov.mv

Picture 061

ޢާއިޝަތު ނުޒުހާ – އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ

އަލްފާޟިލާ ޢާއިޝަތު ނުޒުހާ މި އިދާރާއާ ގުޅިވަޑައިގަތީ 28 ޖުލައި 2008 ގައި ސަރވެޔަރ ޓްރޭނިންގް ގޮތުގައެވެ. އޭގެފަހުން މި އިދާރާގެ އެކި މަޤާމުތައް ފުރުއްވުމަށްފަހު 04 އޯގަސްޓް 2012 ގައި މި އިދާރާގެ އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރެއްގެ މަޤާމަށް ބަދަލު ކުރެއްވިއެވެ.

އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރެއްގެ ހައިސިއްޔަތުން އަލްފާޟިލާ ޢާއިޝަތު ނުޒުހާ މަސައްކަތް ކުރައްވަމުން ގެންދަވަނީ އިންފްރާސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް ޔުނިޓްގައެވެ. ޢާއިޝަތު ނުޒުހާ ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، ރަށްރަށުގެ ކަރަންޓާ ގުޅިގެން ލިއަންޖެހޭ ލިއުންތައް ލިޔެ ބެލެހެއްޓުމާއި، ރަށްރަށުގެ ގިރާ ސަރަޙައްދާ ބެހޭގޮތުން ލިޔަންޖެހޭ ލިއުންތައް ލިޔެ ބެލެހެއްޓުމާއި، ރަށްރަށުގެ ބޯފެނާއި ނަރުދަމާއާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުމާއި، ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ބެހޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްކުރުމާއި، އެއްގަމާއި ކަނޑުގެ ލައިސަންސް ދޫކުރުމާ ބެހޭގޮތުން ކުރަންޖެހޭ މަސައްކަތް ކުރުމާއި، އެއްގަމާއި ކަނޑުގެ އުޅަނދު ފަހަރު ރަޖިސްޓްރީ ކޮށްދިނުމާއި، ރަޖިސްޓްރީ ބާތިލްކުރުމާއި، ރަޖިސްޓްރީ ބަދަލުކުރުމާއި، ރޯޑްވާދިނަސް ހެއްދުމާއި، އޮޑީނަމްބަރ ދޫކުރުން ހިމެނެއެވެ.

އަލްފާޟިލާ ޢާއިޝަތު ނުޒުހާ ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 08 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އަލްފާޟިލާ ޢާއިޝަތު ނުޒުހާ އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި މި އިދާރާގެ ސަރވެޔަރ ޓްރޭނިންގކަމުގެ މަޤާމާއި، އެސިސްޓެންޓް ސާރވެޔަރކަމުގެ މަޤާމް ހިމެނެއެވެ.

ފޯން: 6500120

އީމެއިލް: nuzuha@halifatoll.gov.mv

Ashfaq

އިސްމާޢީލް އަޝްފާޤު–އެކައުންޓްސް އޮފިސަރ

އަލްފާޟިލް އިސްމާޢީލް އަޝްފާޤު ތިލަދުންމަތީ އުތުރުބުރީ އަތޮޅުއޮފީހާ ގުޅިވަޑައިގަތީ 28 ޖުލައި 2008 ގައި އަތޮޅުއޮފީހުގެ ސަރވެޔަރ (ޓްރޭނީ) ގެ ގޮތުގައެވެ. އޭގެފަހުން އަތޮޅު އޮފީހުގެ އެކި މަޤާމުތައް ފުރުއްވުމަށްފަހު 10 އޮކްޓޫބަރު 2013 ގައި މި އިދާރާގެ އެކައުންޓްސް އޮފިސަރެއްގެ މަޤާމަށް ބަދަލު ކުރެއްވިއެވެ.

އެކައުންޓްސް އޮފިސަރެއްގެ ހައިސިއްޔަތުން އަލްފާޟިލް އިސްމާޢީލް އަޝްފާޤު މަސައްކަތް ކުރައްވަމުން ގެންދަވަނީ މި އިދާރާގެ ބަޖެޓް އެންޑް ފައިނޭންސް ޔުނިޓްގައެވެ. އިސްމާޢީލް އަޝްފާޤު ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، އެކިއެކި ފަރާތްތަކާ ޙަވާލުކުރުމަށް ސަރުކާރުގެ އިދާރާތަކުން ފޮނުއްވާ ފައިސާގެ ހިސާބުތައް ލިއެ ބެލެހެއްޓުމާއި، އެފަދަ ފައިސާ ޙަވާލުކުރުމާއި، ވައުޗަރ ރަޖިސްޓްރީއާއި ޗެކް ރަޖިސްޓްރީ ލިއެ ބެލެހެއްޓުމާއި، ޚަރަދުކުރުމަށް ލިބޭފައިސާގެ އައިޓަމް ބާކީކޮށް ބެލެހެއްޓުމާއި، ސަރުކާރު އޮފީސްތަކަށް ލިބޭ އާމްދަނީ ފައިސާ އެ އޮފިސްތަކަށް ފޮނުވުމާއި، އެއާގުޅޭ ލިއުންތައް ލިއެ ބެލެހެއްޓުމާއި، ފައިސާ ޚަރަދުކުރާ ގޮތުގެ ރިޕޯރޓް ތައްޔާރުކޮށް ފޮނުވުމާއި، ރީކޮންސްލިއޭޝަން ސްޓޭޓްމަންޓް ހެދުމާއި، ބޭންކް އެކައުންޓް ބެލެންސްކުރުމާއި، މުވައްޒަފުންގެ މުސާރަ ޝީޓް ތައްޔާރުކޮށް މުވަޒަފުންގެ އެކައުންޓްތަކަށް ޖަމާކުރުމާގުޅޭ ލިއުންތައް ތައްޔާރުކުރުމާއި، ބަޖެޓް އެކައުންޓާބެހޭ ހިސާބުތައް ލިއެ ބެލެހެއްޓުމާއި، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް ޕެންޝަނާބެހޭ ފައިސާ ފޮނުވުމަށް ލިއަންޖެހޭ ލިއުންތައް ލިއެ ބެލެހެއްޓުމާއި، މުދާ ލިބިގަތުމަށް އެދޭ ފޯމާއި އޯޑަރ ފޯމާއި އަގުބަލާ ފޯމް ތައްޔާރުކުރުން ހިމެނެއެވެ.

އަލްފާޟިލް އިސްމާޢީލް އަޝްފާޤު ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 08 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އަލްފާޟިލް އިސްމާޢީލް އަޝްފާޤު އަދާކުރެއްވި މަޤާމުތަކުގެތެރޭގައި ހއ. އަތޮޅު އޮފީހުގެ ސަރވެޔަރ ޓްރޭނިންގ ކަމުގެ މަޤާމާއި، އެސިސްޓެންޓް ސަރވެޔަރ ކަމުގެ މަޤާމާއި، އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރކަމުގެ މަޤާމާއި، އެސިސްޓެންޓް އެކައުންޓްސް އޮފިސަރުކަން ހިމެނެއެވެ.

ފޯން: 6500114

އީމެއިލް: ashfaag@halifatoll.gov.mv

Aminath

އާމިނަތު ޙަމީދު – އެސިސްޓެންޓް އެކައުންޓްސް އޮފިސަރ

އަލްފާޟިލާ އާމިނަތު ޙަމީދު ތިލަދުންމަތީ އުތުރުބުރީ އަތޮޅު އޮފީހާ ގުޅިވަޑައިގަތީ 09 ޖުލައި 2007 ގައި އަތޮޅުއޮފީހުގެ ސެކްރެޓަރީއެއްގެ ގޮތުގައެވެ. އޭގެފަހުން އަތޮޅު އޮފީހުގެ އެކި މަޤާމުތައް ފުރުއްވުމަށްފަހު 26 މާރޗް 2012 ގައި މި އިދާރާގެ އެސިސްޓެންޓް އެކައުންޓްސް އޮފިސަރެއްގެ މަޤާމަށް ބަދަލު ކުރެއްވިއެވެ.

އެސިސްޓެންޓް އެކައުންޓް އޮފިސަރެއްގެ ހައިސިއްޔަތުން އަލްފާޟިލާ އާމިނަތު ޙަމީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ ބަޖެޓް އެންޑް ފައިނޭންސް ޔުނިޓްގައެވެ. އާމިނަތު ޙަމީދު ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، އެކި ފަރާތްތަކަށް ޙަވާލުކުރަންޖެހޭ ފައިސާގެ ވައުޗަރ ލިޔެ ބެލެހެއްޓުމާއި، ވައުޗަރ ރަޖިސްޓްރީ ކުރުމާއި، ޗެކް ލިއުމާއި، ޗެކް ރަޖިސްޓްރީ ކުރުމާއި، އެކައުންޓްތަކުގެ ބާކީ ބެލެހެއްޓުމާއި، ސަރުކާރު އޮފީސްތަކަށް އާމްދަނީގެ ގޮތުގައި ލިބޭފައިސާ ފޮނުވުމާއި އެފައިސާ ލިބުނުތޯ ބެލުމަށް ސިޓީ ފޮނުވުމާއި، ބޭންކް އެކައުންޓް ބާކީ ކުރުމާއި، ތަކެތި ގަތުމަށްއެދޭ އަގުބަލާ ފޯމާއި، އޯޑަރ ފޯމާއި، މުދާ ލިބިގަތުމަށް އެދޭ ފޯމް ތައްޔާރުކުރުން ހިމެނެއެވެ.

އަލްފާޟިލާއާމިނަތު ޙަމީދުސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 09 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އަލްފާޟިލާ އާމިނަތު ޙަމީދުއަދާކުރެއްވި މަޤާމުތަކުގެތެރޭގައި ހއ. އަތޮޅު އޮފީހުގެސެކްރެޓަރީކަމާއި ،އެޑްމިނިސްޓްރޭޓިވް އޮފިސަރުކަން ހިމެނެއެވެ.

ފޯން: 6500114

އީމެއިލް: aiminath@halifatoll.gov.mv

Ifadha

ޢާއިޝަތު އިފާދާ ޢަބްދުﷲ – އެކައުންޓް އޮފިސަރ  

އަލްފާޟިލާ ޢާއިޝަތު އިފާދާ މި އިދާރާއާ ގުޅިވަޑައިގަތީ 07 އޭޕްރީލް 2016 ގައެވެ. އެކައުންޓް އޮފިސަރެއްގެ ހައިސިއްޔަތުން އަލްފާޟިލާ ޢާއިޝަތު އިފާދާ މަސައްކަތް ކުރައްވަމުން ގެންދަވަނީ މި އިދާރާގެ ބަޖެޓް އެންޑް ފައިނޭންސް ޔުނިޓްގައެވެ.

ޢާއިޝަތު އިފާދާ ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، ފައިސާ ބަލައިގަތުމާއި، ލިބޭފައިސާގެ ދުވަހުފޮތް ފުރިހަމަ ކުރުމާއި، ލިބޭފައިސާ ޖަމާކުރާ ފޮތުގައި ލިޔުމަށްފަހު ބޭންކަށް ޖަމާކުރުމަށް ފޮނުވުމާއި، ލިބޭފައިސާ އެކައުންޓްތަކަށް ޖަމާކުރުމާއި، އާމްދަނީ ގޮތުގައި ލިބޭފައިސާ ސަރުކާރުގެ އޮފިސްތަކަށް ޖަމާކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ލިޔުންތައް ފުރިހަމަކުރުމާއި، ފައިސާގެ ވައުޗަރ ތައްޔާރުކުރުމާއި، އާމްދަނީ ފައިސާ ފޮނުވުމަށްފަހު ލިބުނުތޯ ބެލުމަށް ލިއަންޖެހޭ ސިޓީ މެސެޖް ލިއުމާއި، ޗެކްރަޖިސްޓްރީ ކުރުމާއި، އެކައުންޓް ބާކީ ކުރުމާއި، ރީކޮންސިލިއޭޝަން ސްޓޭޓްމަންޓް ތައްޔާރުކުރުމާއި، ލިބޭފައިސާގެ އާމްދަނީ ރިޕޯރޓް ތައްޔާރުކޮށް ފޮނުވުމާއި، ތަކެތިގަތުމަށް އެދޭފޯމް ތައްޔާރުކުރުމާއި، އޯޑަރ ފޯމާއި މުދާ ލިބިގަތުމަށް އެދޭ ފޯމް ތައްޔާރުކުރުން ހިމެނެއެވެ.

ފޯން: 6500114

އީމެއިލް: ifadha@halifatoll.gov.mv

Hawwa

ޙައްވާ ޒާހިރާ – އެޑްމިނިސްޓްރޭޓިވް އޮފިސަރ

އަލްފާޟިލާ ޙާއްވާ ޒާހިރާ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއާ ގުޅިވަޑައިގަތީ 25 އޯގަސްޓް 2016 ގައެވެ. އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ހައިސިއްޔަތުން އަލްފާޟިލާ ޙައްވާ ޒާހިރާ މަސައްކަތް ކުރައްވަމުން ގެންދަވަނީ މި އިދާރާގެ އެޑްމިން އެޗް.އާރު ޔުނިޓްގައެވެ.

ޙައްވާ ޒާހިރާ ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރޭގައި މި އިދާރާގެ ރިސެޕްޝަން ބެލެހެއްޓުމާއި، ސަރުކާރުގެ އިދާރާތަކަށް ރައްދުކުރަންޖެހޭ ތަކެތި  މަސައްކަތު މީހާއާ ޙަވާލުކުރުމާއި، އޮފީހަށް ލިބޭ ސިޓީ މެސެޖް ރިޕޯރޓްފަދަ ތަކެތި އެންޓްރީކޮށް ކަމާބެހޭ ސެކްޝަންތަކާ ޙަވާލުކުރުމާއި، ކައުންސިލްގެ އިސްވެރިންނާ ބައްދަލުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެޕޮއިންޓް މަންޓް ހަމަޖެއްސުމާއި، ރިސެޕްޝަނަށް އަންނަ ފޯންކޯލްތަކަށް ޖަވާބު ދިނުމާއި، ފްރަންޓް އޮފީހުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ އެއްގަމާއި، ކަނޑުގެ ލައިސަންސާއި، ރޯޑްވާދިނަސް ހައްދަން އަންނަ ފަރާތްތަކުގެ ފޯމްތައް ބަލައިގަނެ އެކަން ހަމަޖެއްސުމާއި، ސަރުކާރުގެ އިދާރާތަކަށް ޕޯސްޓުން ފޮނުވަންޖެހޭ ތަކެތި ޕޯސްޓާ ޙަވާލުކުރުމަށް ލިއުންތައް ފުރިހަމަ ކުރުން ހިމެނެއެވެ.

އަލްފާޟިލާ ޙައްވާ ޒާހިރާ އަދާކުރެއްވި މަޤާމްތަކުގެ ތެރޭގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އެޑްމިނިސްޓްރޭޓިވް އިފިސަރުކަމާއި، ހއ. އަތޮޅު ހޮސްޕިޓަލްގެ ތަރުޖަމާންކަން ހިމެނެއެވެ. ޙައްވާ ޒާހިރާ ސަރުކާރު ވަޒީފަ މެދުނުކެނޑި އަދާކުރައްވާތާ 10 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ.

 

saeed

މަސައްކަތު – ޢަބްދުﷲ ސަޢީދު

އަލްފާޟިލް ޢަބްދުﷲ ސަޢީދު ތިލަދުންމަތީ އުތުރުބުރީ އަތޮޅު އޮފީހާ ގުޅިވަޑައިގަތީ 30 ޖަނަވަރީ 2001 ގައި އަތޮޅުއޮފީހުގެ ޕިޔޯނެއްގެ ގޮތުގައެވެ. އޭގެފަހުން މި އިދާރާގެ މަސައްކަތު މީހެއްގެ މަޤާމަށް ބަދަލުކުރައްވާފައިވަނީ 04 އޯގަސްޓް 2011 ގައެވެ.

މަސައްކަތު މީހެއްގެ ހައިސިއްޔަތުން އަލްފާޟިލް ޢަބްދުﷲ ސަޢީދު ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، މި އިދާރާއިން ޕޯސްޓަށް ފޮނުވަންޖެހޭ ސިޓީއާއި ތަކެތި ޕޯސްޓާ ޙަވާލުކުރުމާއި، ބޭންކަށް ޖަމާކުރަންޖެހޭ ފައިސާ ބޭންކަށް ޖަމާކުރުމާއި، އެކިފަރާތްތަކަށް ރައްދުކުރަންޖެހޭ ސިޓީފަދަ ތަކެތި ރައްދުކުރުމާއި، މި އިދާރާގެ ދޮރުތަކާއި ދޮރުފަތްތަކާއި ބިއްލޫރިތައް ފޮހެ ސާފުކުރުމާއި، މި އިދާރާގެ އެތެރެއާއި ބޭރު ކުނިކައި ސާފުކުރުމާއި، ގޯތިތެރޭގައި އިންދާފައިވާ ގަސްތައް ކޮށާ ވިނަނޮޅާ ސާފުކުރުމާއި، އިދާރާގެ ފާޚާނާތައް ދޮވެ ސާފުކުރުން ހިމެނެއެވެ.

އަލްފާޟިލް ޢަބްދުﷲ ސަޢީދު ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 15 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އަލްފާޟިލް ޢަބްދުﷲ ސަޢީދު އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ހއ. އަތޮޅު އޮފީހުގެ ޕިޔޯނުކަން ހިމެނެއެވެ.

Abdulraheem

މަސައްކަތު – ޢަބްދުއްރަޙީމް ޤާސިމް

އަލްފާޟިލް ޢަބްދުއްރަޙީމް ޤާސިމް ތިލަދުންމަތީ އުތުރުބުރީ އަތޮޅު އޮފީހާ ގުޅިވަޑައިގަތީ 28 އޭޕްރީލް 2002 ގައި އަތޮޅުއޮފީހުގެ މަސައްކަތު މީހެއްގެ ގޮތުގައެވެ. އޭގެފަހުން މި އިދާރާގެ މަސައްކަތު މީހެއްގެ މަޤާމަށް ބަދަލުކުރައްވާފައިވަނީ 01 ފެބުރުއަރީ 2009 ގައެވެ.

މަސައްކަތު މީހެއްގެ ހައިސިއްޔަތުން އަލްފާޟިލް ޢަބްދުއްރަޙީމް ޤާސިމް ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، އަތޮޅުގޭ ފޮޅާ ސާފުކޮށް ބެލެހެއްޓުމާއި، އަތޮޅުގޭގެ ދޮރާއި ދޮރުފަތްތަކާއި، ބިއްލޫރިތަކާއި، ފަންކާތައް ފޮހެ ސާފުކުރުމާއި، އަތޮޅުގޭ ފާޚާނާތައް ދޮވެ ސާފުކުރުމާއި، އަތޮޅުގޭ ގޯތިތެރޭގައި އިންދާފައިވާ ގަސްތައް ކޮށާ ވިނަ ނޮޅާ ސާފުކުރުމާއި، މި އިދާރާއިން އެކި ފަރާތްތަކަށް ރައްދުކުރަންޖެހޭ ސިޓީފަދަ ތަކެތި ރައްދުކުރުމާއި، ބޭންކަށް ޙަވާލުކުރަންޖެހޭ ތަކެތި ގެން ދިއުން ހިމެނެއެވެ.

އަލްފާޟިލް ޢަބްދުއްރަޙީމް ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 14 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ.

Firaaq

މަސައްކަތު – އަޙުމަދު ފިރާޤް

އަލްފާޟިލް އަޙުމަދު ފިރާޤް މި އިދާރާއާ ގުޅިވަޑައިގަތީ 22 ޑިސެމްބަރ 2011 ގައެވެ. މަސައްކަތު މީހެއްގެ ހައިސިއްޔަތުން އަލްފާޟިލް އަޙުމަދު ފިރާޤް ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، މި އިދާރާއާއި އިދާރާގެ ގޯތިތެރެ ކުނިކަހައި ސާފުކުރުމާއި، މި އިދާރާގެ ގޯތިތެރޭގައި އިންދާފައިވާ ގަސްތައް ކޮށާ ވިނަނޮޅާ ސާފުކުރުމާއި، ގޯތިތެރޭގައި ހައްދާފައިވާ ގަސްތަކަށް ފެންދިނުމާއި، ކައުންސިލް އިދާރާ ހިމެނޭ ސަރަހައްދު ވަށައިގެންވާ މަގުތައް ކުނިކައި ސާފުކުރުމާއި، އެކި ފަރާތްތަކަށް ރައްދުކުރަންޖެހޭ ސިޓީފަދަ ތަކެތި ރައްދުކުރުމާއި، ޕޯސްޓަށް ގެންދަންޖެހޭ ސިޓީއާއި ތަކެތި ޕޯސްޓަށް ގެންދިއުން ހިމެނެއެވެ.

އަލްފާޟިލް އަޙުމަދު ފިރާޤް ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 05 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ.

Latheefa

މަސައްކަތު – ލަޠީފާ ޢަބްދުﷲ

އަލްފާޟިލާ ލަޠީފާ ޢަބްދުﷲ ތިލަދުންމަތީ އުތުރުބުރީ އަތޮޅު އޮފީހާ ގުޅިވަޑައިގަތީ 07 ޑިސެމްބަރ 2000 ގައި އަތޮޅުގޭ ކައްކާ މީހެއްގެ ގޮތުގައެވެ. އޭގެފަހުން މި އިދާރާގެ މަސައްކަތު މީހެއްގެ މަޤާމަށް ބަދަލުކުރައްވާފައިވަނީ 12 ޖުލައި 2004 ގައެވެ.

މަސައްކަތު މީހެއްގެ ހައިސިއްޔަތުން އަލްފާޟިލާ ލަޠީފާ ޢަބްދުﷲ ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، އަތޮޅުގޭ ގޯތިތެރެއާއި އަތޮޅުގޭ ހިމެނޭ ސަރަހައްދުގެ މަގުމަތި ކުނިކަހާ ސާފުކުރުމާއި، އަތޮޅުގޭ ފާޚާނާތައް ދޮވެ ސާފުކުރުމާއި، އަތޮޅުގެ ފޮޅާ ސާފުކޮށް މޮޕްލުމާއި، އަތޮޅުގޭ ބެޑްޝީޓާއި ބާލިހު އުރަތަކާއި ގޮނޑިސެޓްގެ ކަވަރުތައް ދޮވެ އިސްތިރިކުރުމާއި، އަތޮޅުގެއަށް ވަޑައިގަންނަވާ ދައުލަތުގެ އިސްވެރިންގެ ހެދުންކޮޅު ދޮވެ އިސްތިރިކުރުމާއި، ކޮޓަރިތަކުގެ ތަންމަތި އެޅުން ހިމެނެއެވެ.

އަލްފާޟިލާ ލަޠީފާ ޢަބްދުﷲ ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 16 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އަލްފާޟިލާ ލަޠީފާ ޢަބްދުﷲ އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ހއ. އަތޮޅުގޭގެ ކައްކާ މީހެއްގެ މަޤާމް ހިމެނެއެވެ.

Ahmed H

ވޭން ޑްރައިވަރ – އަޙުމަދު ޙުސައިން

އަލްފާޟިލް އަޙުމަދު ޙުސައިން މި އިދާރާއާ ގުޅިވަޑައިގަތީ 27 އޮކްޓޯބަރ 2008 ގައެވެ. ޑްރައިވަރެއްގެ ހައިސިއްޔަތުން އަލްފާޟިލް އަޙުމަދު ޙުސައިން ކުރައްވަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި، ހަފްތާއަކު ދެފަހަރު މި އިދާރާގެ ވޭން ދޮވެ ސާފުކުރުމާއި، ވޭންގެ އަޑީތެޔޮ ބަދަލުކުރަންޖެހޭ މުއްދަތުގައި ތެޔޮ ބަދަލުކުރުމާއި، ވޭނަށް ބޭނުންވާތަކެތި ކަމާބެހޭ ސެކްޝަނުގައި ދަންނަވައިގެން ހޯދުމާއި، އެތަކެތި ބެލެހެއްޓުމާއި، ވޭންގައި ކުރަންޖެހޭ ދަތުރުތައް ކުރުމާއި، ވޭނަށް ބޭނުންވާ ތެޔޮ އެޅުމާއި، އޮފީހުގެ އެއަރކޯން ޔުނިޓުތައް ފޮހެ ސާފުކުރުން ހިމެނެއެވެ.

އަލްފާޟިލް އަޙުމަދު ޙުސައިން ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 08 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ.

 

ABd Naeem

ލޯންޗް ފަޅުވެރި – ޢަބްދުﷲ ނަޢީމް

އަލްފާޟިލް ޢަބްދުﷲ ނަޢީމް މި އިދާރާ ގުޅިވަޑައިގަތީ 29 ޖުލައި 2007 ގައެވެ. ފަޅުވެރިއެއްގެ ހައިސިއްޔަތުން އަބްދުﷲ ނަޢީމް ކުރައްވަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި، ލޯންޗް ޑްރައިވަރ އަންގާ ގޮތެއްގެމަތިން ލޯންޗް ފެހިކަހާ ދޮވެ ސާފުކުރުމާއި، ލޯންޗަށް އަޅަންޖެހޭ ތެޔޮ އެޅުމާއި އަދި މިނޫނަސް އަތޮޅު ކައުން ސިލުން ލޯންޗަށް ގެންދަންޖެހޭ ތަކެތި ލޯންޗަށް ގެންދިއުމާއި، ލޯންޗް އިންޖީނު ތެޔޮބަދަލުކުރަންޖެހޭ ގަޑި ހަމަވުމުން ތެޔޮބަދަލުކުރުމާއި، ލޯންޗަށް ހޯދާ ތަކެތި ބެލެހެއްޓުމާއި، ލޯންޗްގައި ކުރަންޖެހޭ ދަތުރުތައް ކުރުން ހިމެނެއެވެ.

އަލްފާޟިލް ޢަބްދުﷲ ނަޢީމް ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 09 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ.

Mohamed RIyaz

ލޯންޗް ފަޅުވެރި – މުޙައްމަދު ރިޔާޒް

އަލްފާޟިލް މުޙައްމަދު ރިޔާޒް މި އިދާރާ ގުޅިވަޑައިގަތީ 19 ޖަނަވަރީ 2015 ގައެވެ. ފަޅުވެރިއެއްގެ ހައިސިއްޔަތުން މުޙައްމަދު ރިޔާޒް ކުރައްވަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި، ލޯންޗް ޑްރައިވަރ އަންގާ ގޮތެއްގެމަތިން ލޯންޗް ފެހިކަހާ ދޮވެ ސާފުކުރުމާއި، ލޯންޗަށް އަޅަންޖެހޭ ތެޔޮ އެޅުމާއި އަދި މިނޫނަސް ލޯންޗަށް ގެންދަންޖެހޭ ތަކެތި ގެނައުމާއި، ލޯންޗް އިންޖީނު ތެޔޮބަދަލުކުރަންޖެހޭ ގަޑި ހަމަވުމުން ތެޔޮބަދަލުކުރުމާއި، ލޯންޗަށް ހޯދާ ތަކެތި ބެލެހެއްޓުމާއި، ލޯންޗްގައި ކުރަންޖެހޭ ދަތުރުތައް ކުރުން ހިމެނެއެވެ.