ފަހި ދުވެލި

Loanch


ފަހި ދުވެލި ޕްރޮގްރާމަކީ ތިލަދުންމަތީ އުތުރުބުރީ އަތޮޅުކައުންސިލްގެ ބެލުމުގެ ދަށުގައިވާ ކަނޑުގައި ދުއްވާ  އުޅަނދުފަހަރު ބޭނުންކޮށްގެން ހއ. އަތޮޅު ރައްޔިތުންނަށް ޚަރަދު ކުޑަކޮށް އަތޮޅުތެރޭގެ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރެވޭނެގޮތް ހަމަޖައްސައި ދިނުމާއި އަދި ވިޔަފާރީގެ އުޞޫލުން ކައުންސިލަށް އާމްދަނީ ލިބޭނެމަގު ފަހިކުރުމުގެ މަޤްސަދުގައި ފެށުނު ޕްރޮގްރާމެކެވެ

މި ޕްރޮގްރާމްގެ ދަށުން އާސަންދައިގެ ދަތުރުތައްވެސް ހަމަޖެހިފައިވާ އުސޫލުން ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މީގެއިތުރުން ކަނޑައެޅޭ ވަކި ތާވަލެއްގެ ދަށުން ކުޅުދުއްފުއްޓަށް ދަތުރުކުރުމަށްވެސް ޤަސްދުކުރެވިފައި ވެއެވެ. މި ޕްރޮގްރާމްގެ ދަށުން ދަތުރުކުރެވޭނެ އުސޫލްތަކާއި އަގުތައް މި އިދާރާއާ ގުޅުއްވުމުން ލިބިވަޑައި ގަންނަވާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުންވެސް ފެންނަން ހުންނާނެއެވެ