ފަހި އަރަނި

71l2gbTE4YL._SL1500_

ފަހި އަރަނީގެ ތެރެއިން ދޫކުރެވޭނެ ބައެއް އިލެކްޓްރޯނިކް ސާމާނު


ފަހި އަރަނީގެ ސްކީމެއް ތަޢާރަފް ކުރެއްވުމުގެ މަސައްކަތް އަތޮޅު ކައުންސިލުން މިހާރު ގެންދަވަނީ ކުރައްވަމުންނެވެ. މިފަދަ ސްކީމެއް ހިންގެވުމުގެ އެންމެބޮޑު މަޤްޞަދަކީ ހއ. އަތޮޅު ރައްޔިތުންގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމާއި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި ދެމެހެއްޓެނިވި ގޮތެއްގައި އެހީތެރިވުމާއެކު، ތިލަދުންމަތީ އުތުރުބުރީ އަތޮޅުކައުންސިލްގެ މާލިއްޔަތު މުއްސަނދި ކުރުމެވެ.

މިގޮތުން މި ސްކީމް ހިންގުމަށް ބޭނުންވާ އަސާސީ ޤަވާޢިދު މިހާރުވަނީ އެކުލަވާލެވިފައެވެ. އިރާދަ ކުރެއްވިއްޔާ ދުރުނޫން މުސްތަޤްބަލެއްގައި މިކަން ޙަޤީޤަތަކަށްވެ މި ޕްރޮގްރާމް ފެށިގެންދާނެއެވެ. މި ސްކީމްގެ ދަށުން ހަމައެކަނި ދޫކުރާނީ އިލެކްޓްރޯނިކް ސާމާނެއް ނޫނެވެ. މީގެ އިތުރުން ބަދިގެ ސާމާނާއި ގެދޮރު ޒީނަތްތެރި ކުރުމުގެ ގޮތުން ދޫކުރެވޭނެ ބައެއް ސާމާނުވެސް ހިމެނޭނެއެވެ.

މި ސްކލީމުގެ ދަށުން ތަކެތި ބޭނުންވާ ހއ. އަތޮޅުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ތަކެއްޗަށް އެދުމުގެ ފުރުސަތު މިހާރުވަނީ ހުޅުވައިލާފައެވެ. މިގޮތުން މި ޖުލައިމަހުގެ 25 ގެ ނިޔަލަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ. މިސްކީމުގައި ބައިވެރިވުމަށް އެދޭ ފޯމް އަދި ސްކީމާބެހޭ އުޞޫލް މި ސައޓުން ޑައުންލޯޑް ކުރެވޭނެއެވެ މިކަމާބެހޭ އިތުރު މަޢުލޫމާތު މި އިދާރާއާ ގުޅުއްވުމުން ސާފުވާނެއެވެ..

ފަހިއަރަނި އިޝްތިހާރު