ގެލެކްސީ އިމާރާތް

Picture 109527

ހއ. އަތޮޅު ގެލެކެސީ ޢިމާރާތް


ހއ. އަތޮޅުގެ ރައްޔިތުންގެ އެކައުންޓުން ޚަރަދުކޮށްގެން، ގާތްގަޑަކަށް މީގެ 15 ވަރަކަށް އަހަރު ކުރިން ދިއްދޫގައި ޢިމާރާތް ކުރެވިފައިވާ ''ގެލެކްސީ'' ޢިމާރާތަކީ އަތޮޅު ރައްޔިތުންގެ އެކައުންޓަށް އާމްދަނީ ލިބޭނެގޮތް ތަނަވަސް ކުރުމުގެ މަޤްޞަދުގައި ޢިމާރާތްކުރެވިފައިވާ ތަނެކެވެ.
އެންމެ ފުރަތަމަ ވެސް މިތަން ކުއްޔަށް ދޫކުރެވުނީ ހއ. އަތޮޅުގައި ސިފައިންގެ ޚިދުމަތް ދިނުމުގެ ގޮތުން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަލް ސެކިއުރިޓީއަށެވެ. އޭގެފަހުން ދެވަނަ ފަހަރަށް މިތަން ކުއްޔަށް ދޫކުރެވިފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށެވެ. ނަމަވެސް މިހާރު މި ޢިމާރާތުގައި ކުރަންޖެހިފައިވާ ބޮޑެތި މަރާމާތު ހުރުމާއެކު އެމަސައްކަތް ނުކުރެވިގެން ކުއްޔަށް ހިފި ފަރާތުން ވަނީ މިތަން ދޫކޮށްލާފައެވެ.