އުތުރުހިޔާ

003668

އުތުރުހިޔާ ޢިމާރާތް


އުތުރުހިޔާ ޢިމާރާތް ކުރެވުނީ 1990 ގެ އަހަރުތަކުގެ ތެރޭގައި އޭރުގެ އަތޮޅު ކޮމިޓީން ޚަރަދުކޮށްގެން އަތޮޅަށް އާމްދަނީ އިތުރުކުރުމުގެ މަޤްސަދުގައެވެ. އެންމެ ފުރަތަމަ މި ޢިމާރާތުގައި ހިންގީ ފޮތް ފިހާރައެކެވެ. ދުވަސްކޮޅަކު މިދެންނެވި ވިޔަފާރި ހިންގުމަށް ފަހު އޭގެފަހުން މި ތަނުގައި ސައި ވިއްކުމުގެ ވިޔަފާރި ކުރެވުނެވެ

އޭގެ ދުވަސްކޮޅެއްފަހުން މި ޢިމާރާތަށް ބޮޑެތި ބަދަލު ގެނެވުނީ ސިފައިންގެ ޚިދުމަތް އަތޮޅަށް ދިނުމަށްޓަކައެވެ. އެގޮތުން ޑިފެންސް މިނިސްޓްރީއަށް ކުއްޔަށް ދިނުމަށްފަހު އަތޮޅު ގެލެކްސީ ޢިމާރާތް ( މިހާރު ފުލުހުން އުޅެމުންދާ ޢިމާރާތް ) ނިމުމުން އެތަނަށް ސިފައިން ބަދަލުވުމާ ގުޅިގެން އުތުރުހިޔާ ދުވަސްކޮޅަކު ބަންދުކުރަން ޖެހުނެވެ

އަނެއްކާވެސް ދުވަސްކޮޅަކަށްފަހު  ހއ. އަތޮޅު ހޮސްޕިޓަލްގެ އިދާރީއޮފީސް ހިންގުމަށް މި ޢިމާރާތް ދޫކުރެވުނެވެ. އޭގެފަހުން އަނެއްކާވެސް ދުވަސްކޮޅަކު އެތަން ބަންދުކުރުމަށްފަހު ކައުންސިލްތައް އުފެދުމާގުޅިގެން މި ޢިމާރާތް އަތޮޅު ކައުންސިލަރުން ތިއްބެވުމަށް ކުއްޔަށް ދޫކުރެވުނެވެ. މިއަދާހަމައަށްވެސް އެތަން ކުއްޔަށް ދޫކުރެވިފައިވަނީ އަތޮޅު ކައުންސިލަރުން ތިއްބެވުމަށެވެ