މަޤާމުގައި ތިއްބެވި ކައުންސިލަރުން

ކައުންސިލަރުންނާއި ކައުންސިލަރުންގެ މައްސޫލިއްޔަތު

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 112 ވަނަ މާއްދާގައިވާ ގޮތުގެމަތިން 25 ނޮވެމްބަރ 2014 ވަނަ ދުވަހު ބޭއްވުނު ކައުންސިލްގެ 39 ވަނަ ޢާއްމު ބައްދަލުވުމުން ކަނޑައަޅާފައިވާ، ކައުންސިލަރުންގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް


rasheed

މުޙައްމަދު ރަޝީދު ( ކައުންސިލްގެ ރައީސް ) އިހަވަންދޫ ދާއިރާ

ލާމަރުކަޒީ ޤާނޫނާއި، ކައުންސިލްގެ ހިންގާ ޤަވާޢިދުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން އުފުލަންޖެހޭ މަސްއޫލިއްޔަތުތައް އުފުލައި، އިދާރާ ހިންގުން
ލާމަރުަކަޒީ ޤާނޫނުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އުފުލުން
ސްޓާރފް ޑިވެލޮޕްމަންޓް އެންޑް ރެކްރިއޭޝަންގެ ޕްރޮގްރާމްތައް ތައްޔާރުކޮށް ވިރެސްކުރުން

Picture 050

އިބްރާހީމް ރަޝީދު ( ކައުންސިލްގެ ނައިބު ރައީސް ) ހޯރަފުށީ ދާއިރާ

ލާމަރުކަޒީ ޤާނޫނާއި، ކައުންސިލްގެ ހިންގާ ޤަވާޢިދުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން ކައުންސިލްގެ ނާއިބު ރައީސްގެ ހައިސިއްޔަތުން އުފުލަންޖެހޭ މަސްއޫލިއްޔަތުތައް އުފުލުން
ލާމަރުކަޒީ ޤާނޫނުގެ 19 ވަނަ މާއްދާއިން މަތިކޮށްފައިވާ ޒިންމާތައް އުފުލުން
ސަރުކާރުގެ ދާއިރާތަކުން އަތޮޅުގައި ހިންގޭ ތަރައްޤީގެ މަޝްރޫޢުތައް ވިލަރެސްކުރުން
އަތޮޅު ފާމަސީއާގުޅޭ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުން

C360_2015-08-24-10-59-52-854

ޙުސައިން ނަޞީރު ( ކައުންސިލަރ ) ބާރަށު ދާއިރާ

ލާމަރުކަޒީ ޤާނޫނާއި، ކައުންސިލްގެ ހިންގާ ޤަވާޢިދުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން އަތޮޅު ކައުންސިލްގެ މެމްބަރެއްގެ ހައިސިއްޔަތުން، ލާމަރުކަޒީ ޤާނޫނުގެ 20 ވަނަ މާއްދާއިން މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އުފުލުން
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ހަދައިދިނުމުގެ ޚިދުމަތް ވިލަރެސްކުރުން
ޓްރާންސްޕޯރޓް އޮތޯރިޓީން ކައުންސިލާއި ޙަވާލުކޮށްފައިވާ ޚިދުމަތްތައް ވިލަރެސްކުރުން
ޓްރާންސްޕޯރޓް ޚިދުމަތާގުޅޭ ކަންކަމަށް ގެންނަންޖެހޭ ބަދަލުތަކާއި ރައްޔިތުންނާއި މުވައްޒަފުންނަށް ހޯދައިދޭންޖެހޭ ލުއިފަސޭހަކަން ހޯދައިދިނުން

Picture 109123

ޢަބްދުﷲ ޙުސައިން ( ކައުންސިލަރ ) އިހަވަންދޫ ދާއިރާ

ލާމަރުކަޒީ ޤާނޫނާއި، ކައުންސިލްގެ ހިންގާ ޤަވާޢިދުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން އަތޮޅު ކައުންސިލްގެ މެމްބަރެއްގެ ހައިސިއްޔަތުން، ލާމަރުކަޒީ ޤާނޫނުގެ 20 ވަނަ މާއްދާއިން މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އުފުލުން
ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިހުރި އެއްގަމާއި ކަނޑުގައި ދުއްވުމަށް ބޭނުންކުރާ ވެހިކަލްތައް ބަލަހައްޓަމުންދާގޮތް ވިލަރެސްކޮށް އެ ތަކެތި ބޭނުންކުރުމުގެ އުޞޫލުތައް ހެދުން
ވެހިކަލްތަކަށް ބޭނުންވާ މަރާމާތު ހޯދައި ދެނެގަނެ އެފަދަ ކަންކަން ހައްލުކުރުން
ރަށުކައުންސިލްތައް ހިނގާ ނުހިނގާގޮތް މޮނިޓަރކޮށް ބެލެހެއްޓުން އަދި ލާމަރުކަޒީ ޤާނޫނުގެ 11 ވަނަ ބާބާއި 14 ވާނަ ބާބުގައިބުނާ މަސްއޫލިއްޔަތުތައް ކައުންސިލްތަކުން ފުރިހަމަ ކުރޭތޯ ޔަޤީންކުރުން

Picture 109121

މުޙައްމަދު ފަޔާޒް ( ކައުންސިލަރ ) ކެލާ ދާއިރާ

ލާމަރުކަޒީ ޤާނޫނާއި، ކައުންސިލްގެ ހިންގާ ޤަޥާޢިދުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން އަތޮޅު ކައުންސިލްގެ މެމްބަރެއްގެ ހައިސިއްޔަތުން، ލާމަރުކަޒީ ޤާނޫނުގެ 20 ވަނަ މާއްދާއިން މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އުފުލުން
ކައުންސިލްގެ ހަރަކާތްތަކަށް ސްޕޮންސަރ ދެއްވާ ފަރާތްތަކުގެ އެހީތެރިކަން ހޯދުން
ވެލްފެއަރއާއި ގުޅުންހުރި ކަންކަން ވިލަރެސްކުރުން
އިޖްތިމާޢީ، ޢާއިލީ އަދި ޖެންޑަރއާއިގުޅޭ މައްސަލަތައް ވިލަރެސްކުރުން
ރައްޔިތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް ހިންގުން
ބަޖެޓްގެ ކަންކަން ހިނގަމުންދާގޮތް ވިލަރެސްކުރުން
މަސްވެރިކަމާއި، ދަނޑުވެރިކަމާއި ސިނާޢީ މަސައްކަތްތަކާ ގުޅުންހުރި ކަންކަން ވިލަރެސްކުރުން
ކާރިސާތަކާއި ގުޅިގެން ކުރަންޖެހޭ ކަންކަން ވިލަރެސްކުރުން
ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގަމުންދާގޮތް ވިލަރެސްކުރުން

unnamed

އަޙުމަދު ޢަބްދުލްޤައްޔޫމް ( ކައުންސިލަރ ) ދިއްދޫ ދާއިރާ

ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގަމުންދާގޮތް ބެލުން
ލާމަރުކަޒީ ޤާނޫނާއި، ކައުންސިލްގެ ހިންގާ ޤަވާޢދުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން އަތޮޅު ކައުންސިލްގެ މެމްބަރެއްގެ ހައިސިއްޔަތުން، ލާމަރުކަޒީ ޤާނޫނުގެ 20 ވަނަ މާއްދާއިން މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އުފުލުން
ދަތުރުފަތުރުގެ ނިޒާމާއި ގުޅުންހުރި ކަންކަން ވިލަރެސްކުރުން
މަގު ހެދުމާއި، ފެނާއި، ނަރުދަމާ އާއި ހަކަތައިގެ ކަންކަން ވިލަރެސްކުރުން
ކުނި ނައްތާލުމާއި، ރަށްވެހި ޚިދުމަތްތަކާގުޅޭ ކަންކަން ވިލަރެސްކުރުން
މުއާސަލާތީ ޚިދުމަތްތަކާގުޅޭ ކަންކަން ވިލަރެސްކުރުން

11936544_10154166006634535_229888181_o

ޢަލީ ޝަމީމް ( ކައުންސިލަރ ) ބާރަށު ދާއިރާ

ލާމަރުކަޒީ ޤާނޫނާއި، ކައުންސިލްގެ ހިންގާ ޤަވާޢިދުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން އަތޮޅު ކައުންސިލްގެ މެމްބަރެއްގެ ހައިސިއްޔަތުން، ޤާނޫނުގެ 20 ވަނަ މާއްދާއިން މަތިކޮށްފައިވާ މަސްޫލިއްޔަތުތަކާއި ޒިންމާތައް އުފުލުން
އަތޮޅުގެއާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ރާވާ ހިންގުން
ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ އެންމެހައި ޢިމާރާތްތަކުގެ ކަންތައްތައް ވިލަރެސްކުރުން
ތިމާވެށީގެ ގޮތުން ހިމާޔަތްކުރަންޖެހޭ ތަންތަނާއި، ތަކެއްޗާބެހޭ ކަންކަން ވިލަރެސްކުރުން
އަތޮޅުގައި ހުރި ފަޅުރަށްތަކާބެހޭ ކަންތައްތައް ބެލެހެއްޓުން

Picture 109122

އަޙުމަދު އަސްލަމް ( ކައުންސިލަރ ) ހޯރަފުށީ ދާއިރާ

ލާމަރުކަޒީ ޤާނޫނާއި، ކައުންސިލްގެ ހިންގާ ޤަވާޢިދުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން އަތޮޅު ކައުންސިލްގެ މެމްބަރެއްގެ ހައިސިއްޔަތުން، ލާމަރުކަޒީ ޤާނޫނުގެ 20 ވަނަ މާއްދާއިން މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އުފުލުން
ތަޢުލީމީ ދާއިރާގެ އެންމެހައި ކަންކަން ވިލަރެސްކުރުން
ޞިއްޙީ ދާއިރާގެ އެންމެހައި ކަންކަން ވިލަރެސްކުރުން
އެކިއެކި މުނާސަބަތުތައް ފާހަގަކުރުމާއި، ޤައުމީ ކެމްޕެއިންތައް ވިލަރެސް ކުރުމާގުޅޭ ކަންކަން ކުރުން
އަތޮޅުގެ ފަތުރުވެރިކަމާގުޅޭ ކަންކަން ހިންގުން
ދީނީ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުން

moosa

މޫސާ ލަޠީފް ( ކައުންސިލަރ ) ދިއްދޫ ދާއިރާ

ލާމަރުކަޒީ ޤާނޫނާއި، ކައުންސިލްގެ ހިންގާ ޤަވާޢިދުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން އަތޮޅު ކައުންސިލްގެ މެމްބަރެއްގެ ހައިސިއްޔަތުން، ލާމަރުކަޒީ ޤާނޫނުގެ 20 ވަނަ މާއްދާއިން މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އުފުލުން
ތާރީޚީ އަދި ޘަޤާފީ ކަންކަން ހިންގާ ބެލެހެއްޓުން
ޒުވާނުންނަށް ތަފާތު ކުޅިވަރުތައް ކުޅޭވޭނެ މުބާރާތްތައް ރާވާ ހިންގުން
ކްލަބު ޖަމްޢިއްޔާތަކާއި ގުޅިގެން ޕްރޮގްރާމް ރާވާ ހިންގުން
އަތޮޅުތެރޭގައި ހުންނަ ޒުވާނުންގެ މަރުކަޒުގެ ކަންތައްތައް ބެލެހެއްޓުން

visham

މުޙައްމަދު ވިޝާމް ( ކައުންސިލަރ ) ކެލާ ދާއިރާ

ލާމަރުކަޒީ ޤާނޫނާއި، ކައުންސިލްގެ ހިންގާ ޤަވާޢިދުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން އަތޮޅު ކައުންސިލްގެ މެމްބަރެއްގެ ހައިސިއްޔަތުން، ލާމަރުކަޒީ ޤާނޫނުގެ 20 ވަނަ މާއްދާއިން މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އުފުލުން
ފީ ނުވަތަ ކުލި ނެގުޟާއި، އާމްދަނީ ހޯދުމަށް ލޯނު ހޯދުމާގުޅޭ ކަންކަން ކުރުން
ވިޔަފާރިއާއި ގުޅުންހުރި ފުރުސަތުތައް ހޯދައި ދެނެގަތުން
ކައުންސިލްގެ ވެބްސައިޓާއި، ފޭސްބުކް އަދި ޓުވިޓަރ އެކަުންޓް އަޕްޑޭޓް ކުރުމާއި ބެލެހެއްޓުން