ވަށަފަރު

IMG_2903

ހއ. ވަށަފަރު ކައުންސިލްގެ އިދާރާ


ތިލަދުންމަތީ އުތުރުބުރީ ވަށަފަރަކީ އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތަރުތީބަށް ބަލާއިރު މިހާރު 7 ވަނަ ރަށެވެ. މިރަށުގެ އާބާދީއަކީ 893 މީހުންނެވެ. ވަށަފަރުގައި މީގެކުރިން ލަފާފުރުމަށް ބޭނުންކުރަމުންއައީ އެރަށުގެ އުތުރުފަރާތުގައި އަޅާފައިވާ ފާލަމެވެ. މިރަށަކީ ގުދުރަތީ ވަރަށްބޮޑު ފަޅެއް އޮންނަ ރަށެކެވެ. ނަމަވެސް އެފަޅަކީ ވަރަށް ގިނަފަހަރަށް ރާޅުބޮޑުވެ ގަދަވާ ފަޅެކެވެ. އެހެންކަމުން ލަފާރުމަށް އޭރުގައި ފަސޭހަ ނޫނަސް މިހާރު އެރަށުގައި ބޮޑުހިލަ ޖަހައިގެން ރަނގަޅު ފެންވަރެއްގެ ބަނދަރެއްވަނީ ހަދާފައެވެ

މިރަށުގައި 24 ގަޑިއިރު ކަރަންޓް ލިބެންހުރެއެވެ. ވަށަފަރަކީ ތެދުއުއި ވަޑާމުގެ މަސައްކަތަށް ފާހަގަކޮށްލެވޭ ރަށެކެވެ. އަދި ދިވެހި މިއުޒިކަށް ލޯބިކުރާ ބަޔަކު ދިރިއުޅޭ ސުލްހަވެރި ރަށެއްވެސްމެއެވެ. މިރަށުގައި ޕްރީސްކޫލަކާއި ޕްރައިމަރީ ސްކޫލެއް ހުރެއެވެ. ޕްރައިމަރީސްކޫލްގައި ގްރޭޑް 10 އާ ހަމައަށް ކިޔަވައި ދެއެވެ. ސިއްޙީ ޚިދުމަތް ދިނުމަށްޓަކައި ސިއްޙީ މަރުކަޒެއް ހުރެއެވެ. އަދި ޑޮކްޓަރަކާއި 2 ނަރުހުން މަސައްކަތް ކުރެއެވެ

ވަށަފަރު ރައްޔިތުންގެ މައިގަނޑު މަސައްކަތަކީ ވަޑާންކުރުމާއި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރުމާއި މާލޭގައި ވަޒީފާ އަދާކުރުމެވެ. ހއ. އަތޮޅަށް ނިސްބަތްކުރާއިރު އެންމެ ފުރަތަމަ ގެސްޓްހައުސްގެ ވިޔަފާރިކުރަންފެށި ރަށަކީވެސް ވަށަފަރެވެ.

ވަށަފަރު ކައުންސިލްގެ އިދާރާ: 6500039

ކައުންސިލްގެ ރައީސް: މުޙައްމަދު ވަޙީދު

ރައީސްގެ ފޯން: 7781857

އީމެއިލް: vashafaru@halifatoll.gov.mv