ކެލާ

003832

ހއ. ކެލާ ކައުންސިލްގެ އިދާރާ


ތިލަދުންމަތީ އުތުރުބުރީ ކެލާއަކީ އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތަރުތީބަށް ބަލާއިރު 6 ވަނަ ރަށެވެ. މިރަށުގެ އާބާދީގައި 2274 މީހުން ހިމެނެއެވެ. ކެލައަކީ ރާއްޖޭގެ ބިންބޮޑެތި ރަށްރަށުގެ ތެރެއިން ބިންބޮޑު ރަށެކެވެ. ކެލާގައި ގުދުރަތީ ބޮޑުފަޅެއް އޮވެއެވެ. އެހެންނަމަވެސް އެރަށުގައި ލަފާފުރުމަށް ބޭނުންކުރަނީ ސަރުކާރުން ހަދާފައިވާ ބަނދަރެވެ

ކެލާއަކީ 24 ގަޑިއިރު ކަރަންޓް ލިބެންހުންނަ ދަނޑުވެރިކަމަށް މަޝްހޫރު ރަށެކެވެ. މިރަށުގައި ޕްރީސްކޫލަކާއި ޕްރައިމަރީސްކޫލެއް ހުރެއެވެ. ޕްރައިމަރީ ސްކޫލްގައި ގްރޭޑް 10 އާ ހަމައަށް ކިޔަވައިދެއެވެ. ސިއްޙީ ޚިދުމަތް ދިނުމަށްޓަކައި ސިއްޙީ މަރުކަޒެއް ހުރެއެވެ. އެތަނުގައި ޑޮކްޓަރާކާއި 4 ނަރުހުން މަސައްކަތް ކުރެއެވެ. މިރަށުގައި ފުލުހުންގެ ޚިދުމަތް ދެމުން ގެންދެއެވެ

ކެލާތުނޑީގައި 2 ވަނަ ބޮޑުހަނގުރާމާގައި އިގިރޭސި ސިފައިންތިބި ތަންތަނުގެ ނިޝާންތައް މިހާރުވެސް ފެންނަން އެބަހުއްޓެވެ. ކެލައަކީ ދަނޑުވެރިކަމަށް މަޝްހޫރު ރަށަކަށްވާތީ ދަނޑުވެރިކަމުގެ މަސައްކަތް ކުރިއެރުވުމަށްޓަކައި ބޭރުގެ ތަޖްރިބާ ކާރެއްކަމަށްވާ ބުޓާނީ ކިޔާމީހަކު ކެލާގައި މަސައްކަތް ކުރިކަމަށްވެއެވެ.

ކެލާ ކައުންސިލްގެ އިދާރާ ފޯން: 6500027

ކައުންސިލްގެ ރައިސް: އާދަމް ޣުފްރާން

ރައީސްގެ ފޯން: 9716946

އީމެއިލް: info@kelaa.gov.mv