ތުރާކުނު

003994

ހއ.ތުރާކުނު އޮފީސް


ތުރާކުނަކީ ރާއްޖޭގެ އެންމެ އުތުރުގައިވާ މީހުން ދިރިއުޅޭ ރަށެކެވެ. މިރަށަކީ ރަށްއުފެދިފައިވާ ގޮތުން ވަރަށް ރީތި ދޮންފަސްގަނޑެއް ލިބިފައިވާ ދައުރުވަމުންދާ އުސްފަސްގަނޑެއް ރަށުގެ ގޮނޑުދޮށުގައި އޮންނަ ރަށެކެވެ. މިރަށަށުގައި އެކަށިގެންވާ ފަޅެއް ނޯވެއެވެ. ނަމަވެސް އަމިއްލަ ފަރާތެއްގެ އެހީގައި ހަދަމުންދާ ކުޑަވަރެއްގެ ބަނދަރެއް އޮވެއެވެ. ތުރާކުނަކީ 24 ގަޑިއިރު ކަރަންޓް ލިބެމުންދާ ރަށެކެވެ. ރަށުގެ އާބާދީގައި 682 މީހުން ހިމެނެއެވެ

ތުރާކުނުގައި ޕްރީސްކޫލަކާއި، ޕްރައިމަރީ ސްކޫލެއް ހުރެއެވެ. މި ރަށުގައި ގްރޭޑް 10 އާ ހަމައަށް ކިޔަވައި ދެއެވެ. ތުރާކުނު ރައްޔިތުންގެ ތެރެއިން ގިނަބަޔަކު މަސައްކަތް ކުރަނީ ޓޫރިޒަމް ދާއިރާގައާއި މަސައްކަތްތެރިކަމުގެ ދާއިރާގައެވެ. މަދުބަޔަކު މަސްވެރިކަމުގައިވެސް މަސައްކަތް ކުރެއެވެ. ތުރާކުނު ރައްޔިތުންގެ ގިނަބަޔަކު ބޯން ބޭނުންކުރަނީ ވާރޭފެނެވެ. ތުރާކުނުގެ ބޮޑުމިނަކީ 22 ހެކްޓަރެވެ. ރަށުގައި ވިޔަފާރިކުރާ 4 ތަން ހުރެއެވެ. އަދި ސިއްޙީ ޚިދުމަތް ދިނުމަށްޓަކައި ސިއްޚީ މަރުކަޒަކާއި 3 ނަރުހުންނާއި 1 ޑޮކްޓަރ ހުރެއެވެ