މޮޅަދޫ

PicsArt_09-29-11.27.51

ހއ. މޮޅަދޫއޮފީސް


ތިލަދުންމަތީ އުތުރުބުރީ މޮޅަދުއަކީ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަގެ ތަރުތީބުން މިހާރު 3 ވަނަ ރަށެވެ. މިރަށުގެ އާބާދީއަކީ 371 އެވެ. ރަށަކީ ބޮޑުރަށެކެވެ. ލަފާފުރަން އެހާ ފަސޭހަރަށެއް ނޫނެވެ. ރަށުގައި ފަޅެއް އޮވެއެވެ. އެހެންނަމަވެސް ފަޅަކީ ތިލަފަޅެކެވެ. ރަށުގެމީހުން ލަފާފުރުމަށް ބޭނުން ކުރަނީ ފާލަމެވެ. އެރަށުފަޅަކީ ހުޅަގު މޫސުމަށް ވަރަށް ގަދަވާ ފަޅެކެވެ

މޮޅަދޫގައި 24 ގަޑިއިރު ކަރަންޓް ލިބެންހުރެއެވެ. ރަށުގައި ގްރޭޑް 10 އާހަމައަށް ކިޔަވައި ދެއެވެ. މިރަށުގައި ސިއްޙީ ޚިދުމަތް ދިނުމަށްޓަކައި ސިއްޙީ މަރުކަޒަކާއި ޑޮކްޓަރަކާއި 2 ނަރުހުން ތިބެއެވެ. މޮޅަދޫއަކީ  މުޅިއަތޮޅަށް ބަލާއިރު އެންމެ ތަނަވަސް ރަށުއޮފީސްހުރި ރަށެއްވެސް މެއެވެ. މޮޅަދޫއަކީ ދަނޑުވެރިކަން ކުރާފަރާތްތަކަށާއި ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ބޭނުންވާ ބިމުގެ ފުރުސަތުއޮތް ރަށެކެވެ

މޮޅަދޫގައި ވިޔަފާރިކުރާ ހުންނަނީ އެންމެ ފިހާރައެކެވެ. މިރަށުގައި 2 މިސްކިތް ހުރެއެވެ. އާސާރީގޮތުން ފާހަގަކުރެވޭ ކުރީޒަމާނުގެ ތަނެއްވެސް ހުރެއެވެ. އަތޮޅުގެ އާބާދީއަށް ބަލާއިރު އެންމެ ބައިމަދު ރަށަކީވެސް މޮޅަދުއެވެ