އުލިގަމް

000032

ހއ. އުލިގަމު ކައުންސިލްގެ އިދާރާ


އުލިގަމަކީ ހއ. އަތޮޅުގައި މީހުން ދިރިއުޅޭ 2 ވަނަ ރަށެވެ. އުލިގަމަކީ ބިމުގެ ގޮތުން ބޮޑުރަށެކެވެ. މިރަށުގައި 112 ހެކްޓަރު ހުރެއެވެ. މިރަށަކީ ގިނަޢަދަދަކަށް ބޭރުގެ އުޅަނދުފަހަރު ޒިޔާރަތްކުރާ ރަށަކަށްވާތީ މިރަށުގައި އެމް.އެން.ޑީ.އެފްގެ ޕޯޓް ސެކިއުރިޓީއާއި ކަސްޓަމްސްއާއި އިމިގެރޭޝަންގެ ޔުނިޓެއް ހުރެއެވެ. މިރަށުގައި ސަރުކާރުން ހަދާފައިވާ ބަނދަރެއް އޮވެއެވެ. އުލިގަމަކީ ފަތުރުވެރިން ޒިޔާރަތް ކުރުމުގައި ޚާއްސަ ސިފަތަކެއް އެކުލެވޭ ރަށެކެވެ

މިރަށުގެ އާބާދީއަކީ 528 އެވެ. މިރަށުގައި 24 ގަޑިއިރު ކަރަންޓް ހުރެއެވެ. އަދި ޕްރީސްކޫލަކާއި ސެކަންޑްރީ ސްކޫލެއް ހުރެއެވެ. މިރަށުގައި ގްރޭޑް 10 އާހަމައަށް ކިޔަވައި ދެއެވެ. އަދި ސިއްޙީ ޚިދުމަތް ދިނުމަށްޓަކައި ސިއްޙީ މަރުކަޒަކާއި 3 ނަރުހުންނާއި ޑޮކްޓަރަކާއި އިދާރީ މުވައްޒަފުން ތިބެއެވެ. މިތަނުން 8 ގަޑިއިރުގެ ޚިދުމަތް ލިބުމުގެ އިތުރުން މިރަށުގައި އެސް.ޓީ.އޯ ބޭސްފިހާރައެއްވެސް ހުރެއެވެ.

މިރަށުގައި ފާހަގަކޮށްލެވޭ ވަރަށް ރީތި މިސްކިތެއް އަމިއްލަ ފަރާތަކުން ޢިމާރާތްކޮށްފައިވެއެވެ. މިމިސްކިތަކީ މާލޭގައިހުންނަ ހުކުރުމިސްކިތް ނަމޫނާއަކަށް ބަލައިގެން ޢިމާރާތް ކޮށްފައިވާ މިސްކިތެކެވެ. މިސްކިތުގެ މުންނާރުވެސް ފަރުމާ ކުރެވިފައިވަނީ މާލޭހުކުރު މިސްކިތުގެ މުންނާރާ އެއްގޮަތަށެވެ

އުލިގަމު މީހުން އާމްދަނީ ހޯދުމަށް ކުރާމައިގަނޑު މަސައްކަތަކީ ފަތުރުވެރިކަމުގެ ދާއިރާއާއި ސަރުކާރާއި އަމިއްލަ ފަރާތްތަކުގައި ވަޒީފާ އަދާކުރުމާއި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމެވެ. މީގެއިތުރުން ފަންގި ވިނުމާއި ދަނޑުވެރިކަމުގެ މަސައްކަތް ފުޅާދާއިރާއެއްގައި މިރަށުގެ ރައްޔިތުންކޮށް އުޅެއެވެ. މިރަށަކީ ރަށުގެ އެއްކޮޅުގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ސިޓީ ހޮޓަލެއް އެޅުމުގެ މަސައްކަތް ފަށާ ވަކިވަރަކަށް މަސައްކަތް ކުރުމަށްފަހު ހުއްޓާލަފައިވާ ރަށެކެވެ.

އުލިގަމް ކައުންސިލް އިދާރާ ފޯން: 6500036

ކައުންސިލްގެ ރައީސް: އަޙުމަދު މުޢާޛު މުޙައްމަދު

ރައިސްގެ ފޯން: 7759261

އީމެއިލް: uligan@halifatoll.gov.mv