ހޯރަފުށި

003443

ހއ. ހޯރަފުށީ ކައުންސިލްގެ އިދާރާ


ހޯރަފުއްޓަކީ ހއ. އަތޮޅުގެ މީހުން ދިރިއުޅޭ 4 ވަނަ ރަށެވެ. އަދި އާބާދީގެ ގޮތުން 2 ވަނަ ރަށްވެސް މެއެވެ. ރަށުގެ އާބާދީއަކީ 3349 އެވެ. މިރަށުގައި 1200 ފޫޓްގެ ބަނދަރެއް އޮވެއެވެ. ހޯރަފުއްޓަކީ ހއ. އަތޮޅަށް ބަލާއިރު ޢުމުރާނީގޮތުން ކުރިއަރަމުންދާ މަސައްކަތްތެރި ފަންނުވެރި ބަޔަކު ދިރިއުޅޭ ރަށެކެވެ. ހއ. އަތޮޅު މަދްރަސާ ހުންނަނީ މިރަށުގައެވެ. އަދި އެ މަދްރަސާގައި ގްރޭޑް 10،11،12 އަށް ކިޔަވައި ދެމުންގެންދެއެވެ. މިރަށުގައި 2 ޕްރީސްކޫލެއް ހިންގައެވެ

ހޯރަފުއްޓަކީ 24 ގަޑިއިރު ކަރަންޓްގެ ޚިދުމަތް ލިބެންހުންނަ ރަށެކެވެ. މިރަށުގައި ސިއްޚީ ޚިދުމަތް ދިނުމަށްޓަކައި ސިއްޙީ މަރުކަޒަކާއި ޑޮކްޓަރަކާއި ނަރުހުން ތިބެއެވެ. އަދި ލެބޯޓްރީގެ ޚިދުމަތްވެސް  ލިބެން ހުރެއެވެ. މިރަށުގައި ފުލުހުންގެ ޚިދުމަތް ލިބެމުން ދިއުމުގެ އިތުރުން ސަރުކާރުގެ ވިޔަފާރި ކުންފުނި އެސް.ޓީ.އޯގެ ފިހާރައެއްވެސް ހުރެއެވެ

ރަށުގެ ރައްޔިތުންގެ މައިގަނޑު މަސައްކަތަކީ ވިޔަފާރި ކުރުމާއި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރުމާއި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމާއި މަސްވެރިކަމުގެ މަސައްކަތް ކުރުމެވެ. މަދުބަޔަކު ދަނޑުވެރިކަންވެސް ކުރެއެވެ. މިރަށުގައި ފައިބަރުގެ މަސައްކަތް ކޮންމެވެސްވަރަކަށް ކުރަމުން ގެންދެއެވެ.

ހޯރަފުށީ ކައުންސިލް އިދާރާ ފޯން: 6500012

ކައުންސިލްގެ ރައިސް: މުޙައްމަދު ވަޙީދު

ރައީސްގެ ފޯން: 7945313

އީމެއިލް: info@hoarafushicouncil.gov.mv