އިހަވަންދޫ

000032

ހއ. އިހަވަންދޫ ކައުންސިލްގެ އިދާރާ


ތިލަދުންމަތީ އުތުރުބުރީ އިހަވަންދުއަކީ އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތަރުތީބުން މިހާރު 5 ވަނަ ރަށެވެ. އަދި އަތޮޅުގެ އާބާދީގެ ގޮތުން 3 ވަނަ ރަށްވެސް މެއެވެ. ރަށުގެ އާބާދީއަކީ 2274 އެވެ. އިހަވަންދޫގައި ލަފާފުރުމަށްޓަކައި ބަނދަރު ހެދިފައިވެއެވެ. އިހަވަންދުއަކީ މުޅިއަތޮޅަށް ބަލާއިރު ޢުމުރާނީ ގޮތުންނާއި އިޤްތިސާދީގޮތުން ކުރިއަރަމުންއަންނަ ރަށެކެވެ. އިހަވަންދުއަކީ މަސްވެރިކަމުގައި އަތޮޅުން ފާހަގަކުރެވޭ ރަށެކެވެ. އަދި ފައިބަރުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރަނީވެސް އިހަވަންދޫގައެވެ

އިހަވަންދޫގައި 24 ގަޑިއިރު ކަރަންޓް ލިބެންހުރެއެވެ.  ސިއްޙީ ޚިދުމަތް ދިނުމަށްޓަކައި ސިއްޙީ މަރުކަޒަކާއި ޑޮކްޓަރުންނާއި ނަރުހުން ތިބެއެވެ. އަދި ލެބޯޓްރީގެ ޚިދުމަތްވެސް ލިބެން ހުރެއެވެ. އިހަވަންދުއަކީ ތައުލީމީގޮތުން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައިވާ ގްރޭޑް 10،11،12 އަށް ކިޔަވައިދޭ ރަށެކެވެ. މިރަށުގައި ފުލުހުންގެ ޚިދުމަތްވެސް ލިބެމުންދެއެވެ. މިރަށުގައި ޕްރީސްކޫލެއްވެސް ހުރެއެވެ

އިހަވަންދުއަކީ ވިޔަފާރިއާއި ދަތުރުފަތުރުގައިވެސް ގިނަބަޔަކު ޝާމިލުވާ ރަށެކެވެ. ރަށުގެ ރައްޔިތުން ދިރިއުޅުމަށްކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާއި ވަޒީފާ އަދާކުރުމާއި ކޮންޓްރެކްޓް މަސައްކަތް ކުރުމާއި، ވިޔަފާރި ކުރުމެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައިވެސް މަސައްކަތްކުރާ ބަޔަކު އުޅެއެވެ.

އިހަވަންދޫ ކައުންސިލް އިދާރާ ފޯން: 6500013

ކައުންސިލްގެ ރައީސް: މުޙައްމަދު ރަޝީދު

ރައީސްގެ ފޯން: 9172818

އީމެއިލް: ihavandhoo@halifatoll.gov.mv