މާރަންދޫ

003847

ހއ. މާރަންދޫ އިރުމަތިފަރާތު ފަޅުތެރޭގައި އޮޑިއެއް އަޅާފައި


ތިލަދުންމަތީ އުތުރުބުރީ މާރަންދުއަކީ އަތޮޅުގައި މިހާރު މީހުންދިރިއުޅޭ ރަށްރަށުގެ ތަރުތީބުން 10 ވަނަ ރަށެވެ. މިރަށުގެ އާބާދީއަކީ 1009 އެކެވެ. މިރަށުގައި ލަފާފުރުމަށް ބަނދަރު ހެދިފައިވެއެވެ. މާރަންދުއަކީ އެކުވެރި ރައްޔިތުންތަކެއް ދިރިއުޅޭ  24 ގަޑިއިރު ކަރަންޓްގެ ޚިދުމަތް ލިބެން ހުރި ރަށެކެވެ. މިރަށުގައި ސިއްޙީ ޚިދުމަތް ދިނުމަށްޓަކައި ސިއްޙީ މަރުކަޒެއް ހުރެއެވެ. އަދި ޑޮކްޓަރަކާއި 2 ނަރުހުން މަސައްކަތް ކުރެއެވެ

މާރަންދޫގައި ޕްރީސްކޫލާކާއި ޕްރައިމަރީ ސްކޫލެއް ހުރެއެވެ. ޕްރައިމަރީ ސްކޫލްގައި ގްރޭޑް 10 އާހަމައަށް ކިޔަވައި ދެއްމުން ގެންދެއެވެ. ރަށުގައި ތިބި ކިޔަވާ ކުދިންގެ އަދަދަކީ 176 އެވެ. މިރަށުގައި ވިޔަފާރިކުރާ 11 ތަން ހުރެއެވެ. މިރަށު ރައްޔިތުން ދިރިއުޅުމަށްކުރާ މައިގަނޑު މަސައްކަތަކީ ފަރުމަސްވެރިކަމާއި ވަޑާންކުރުމާއި ރިސޯޓްތަކުގައި މަސައްކަތް ކުރުމެވެ