އަތޮޅު ބޭސްފިހާރަ

Picture 109532

ހއ. އަތޮޅު ހޮސްޕިޓަލް ޢިމާރާތުގެ ތެރޭގައިވާ ހއ. އަތޮޅު ފާރމަސީ


ހއ. އަތޮޅު ފާރމަސީއަކީ އަތޮޅު ރައްޔިތުންނަށް ހެޔޮ އަގެއްގައި ފަސޭހައިން ބޭސް ލިބޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުންނާއި، އަތޮޅު ކައުންސިލަށް އާމްދަނީ އިތުރު ކުރުމުގެ ގޮތުން އަތޮޅު ކައުންސިލްގެ އެކައުންޓުން ޚަރަދުކޮށްގެން ހުޅުވާފައިވާ ފާރމަސީއެކެވެ. މި ފާރމަސީ ހުޅުވުނީ 20 މެއި 2013 ގައެވެ. މިއީ ހއ. އަތޮޅު ކައުންސިލް އުފެދުނުފަހުން އަތޮޅު ކައުންސިލުން ވިޔަފާރީގެ ތެރެއަށް ވަނުމަށްޓަކައި ހުޅެވި ފުތަރަތަމަ ދޮރެވެ. މީގެ އިތުރު ދޮރުތައް ކައުންސިލުން މިހާރުވެސް ގެންދަނީ ހުޅުވަމުންނެވެ. .