ކަނޑުގެ އުޅަނދު ރަޖިސްޓްރީކުރުން

ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ލޯކަލް ރަޖިސްޓްރީ އަލަށް ހެދުމަށް ބޭނުންވާ ފްލޯޗާރޓް

• ކަނޑުގައި ދުއްވާ އުޅަނދު ރަޖިސްޓްރީކުރުމަށް އެދޭ ފޯމް MR-1ގެ ފޯމް
• މުއްދަތު ހަމަނުވާ އައި.ޑީކާޑުގެ ފޮޓޯކޮޕީ ( ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ )

ކަނޑު އުޅަނދު ރަޖިސްޓްރީކުރުމަށް ސާރވޭކޮށް ދޫކުރާ ލިއުން MR-2
• މާވަޑިމީހާ ދޭ ސެޓްފިކެޓްގެ އަޞްލު ( މި ސެޓްފިކެޓް ދޫކުރާނީ އުޅަނދު ބަންނަ މާވަޑިމީހާއެވެ. މިސެޓްފިކެޓްގައިވާ މިންތައް ޗެކްކުރާނީ އެރަށެއްގެ ކައުންސިލް އިދާރާއިންނެވެ. )
• ކުރިން އެހެން ގައުމެއްގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދެއްނަމަ ރަޖިސްޓްރީ ކެންސަލް ކުރިކަމުގެ އަސްލު
• ރާއްޖެއިން ބޭރުން ގެންނަ އައު އުޅަނދެއްނަމަ ބިލްޑަ ސެޓްފިކެޓް
• ވިއްކިކަމުގެ އަސްލު ނުވަތަ ( ބިލް އޮފް ސޭލްސް އަސްލު )
• ރަޖިސްޓްރޭޝަން ފީ -/30 ރުފިޔާ
• އިންޖީނުލީ އުޅަނދެއްނަމަ އަހަރީ ފީ ( ތާވަލާއެއްގޮތަށް )
• ރެވެނިޔު ސްޓޭމްޕް
• އޮޑީ ނަމްބަރ ނަގާފައިވާ ފަރާތްނޫން އެހެން ފަރާތެއްގެ ނަމުގައި ރަޖިސްޓްރީ ކުރާނަމަ އޮޑީނަމްބަރު ނެގިފަރާތުގެ ސިޓީއާއި އައިޑީ ކާޑުގެ ކޮޕީ

ކަނޑުގެ އުޅަނދުފަހަރުގެ ވެރިފަރާތް ބަދަލުކުރުމަށް ބޭނުންވާ ފްލޯޗާރޓް
• ކަނޑުގެ ރަޖިސްޓްރޭޝަނަށް އެދޭ ފޯމް MR-1 ފުރިހަމަކުރުން
• ދެފަރާތުގެ އައި.ޑީކާޑްގެ އަސްލާއި ފޮޓޯކޮޕީ ( ކުންފުންޏެއްނަމަ ބޯޑް އޮފް ރިޒިއުޝަނާއި ކުންފުނީގެ ރަޖިސްޓްރީ ކޮޕީ )

ކަނޑު އުޅަނދު ރަޖިސްޓްރީކުރުމަށް ސަރވޭކޮށް ދޫކުރާ ލިއުން MR-2
• އުޅަނދުގެ ރަޖިސްޓްރީ
• އަހަރީ ފީ ދެއްކިކަމުގެ ރަސީދު
• ސަލާމަތީ ސެޓްފިކެޓްގެ ކޮޕީ
• ރެވެނިޔު ސްޓޭމްޕް
• ރަޖިސްޓްރީ ކުރުމުގެ ފީ -/40 ރުފިޔާ
• ވިއްކާލުމުގެ ހުއްދަ -/20 ރުފިޔާ
• މަސްވެރިކަމަށް ރަޖިސްޓްރީ ކޮށްފައިވާނަމަ ފިޝަރީޒް މިނިސްޓްރީން ރަޖިސްޓްރީ ކެންސަލް ކުރުމަށްފަހު އަހަރީ ފީ ދައްކަންވާނެއެވެ. ރަޖިސްޓްރީ ކެންސަލް ނުކުރެވޭ އުޅަނދެއްނަމަ، ފިޝަރީޒް މިނިސްޓްރީން އިޢުތިރާޒެއް ނެތްކަމުގެ ލިއުން ހުށަހަޅަންވާނެއެވެ

ކަނޑުގެ އުޅަނދުފަހަރުގެ ރަޖިސްޓްރީއަށް އުނިއިތުރެއް ގެންނައުމަށް ބޭނުންވާ ފްލޯޗާޓް
• ކަނޑުގެ ރަޖިސްޓްރީއަށް އެދޭ ފޯމް MR-1 ގެ ފޯމް ފުރިހަމަކުރުން
• އައި.ޑީކާޑު ކޮޕީ ( ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީ ކޮޕީ )
• އުޅަނދުގެ ރަޖިސްޓްރީ
• ސަލާމަތީ ސެޓްފިކެޓް ކޮޕީ
• އުޅަނދުގެ މިންތައް ބޮޑުވާނަމަ މާވަޑި މީހާގެ ސެޓްފިކެޓް ( 16 މީޓަރަށްވުރެ ދިގުމިން ބޮޑުނަމަ ކުރެހުމެއް )
• އަހަރީ ފީ ދެއްކިކަމުގެ ރަސީދު
• ރެވެނިޔު ސްޓޭމްޕް