އެއްގަމު ލައިސަންސް

  • އަލަށް އެއްގަމު ލައިސަންސް ނަގާނަމަ ފުރިހަމަކުރަންޖެހޭ ބައިތައް

ޚިދުމަތް ހޯދުމަށް ހުށަހަޅަންޖެހޭ ތަކެތި

އެއްގަމު ލައިސަންސަށް އެދޭފޯމް ފުރިހަމަކޮށް ޕޮލިސްތައްގަޑު ޖަހާފައިވާ ފޯމް

ނެގިފަހުން 3 މަސްހަމަނުވާ ޕާސްޕޯޓް ސައިޒްގެ 1 ގަނޑު ފޮޓޯ

މުއްދަތު ހަމަނުވާ އައިޑީކާޑްގެ ފޮޓޯކޮޕީ

ޓެސްޓުން ފާސްވުމުން -/50 ރުފިޔާގެ ރެވެނިޔު ސްޓޭމްޕް

ތިޔަރީ ޓެސްޓްގައި ބައިވެރިވުމަށް ދައްކަންޖެހޭ -/100 ރުފިޔާގެ ފީ

ދުއްވުމުގެ ޓެސްޓް ހެދުމަށް ދައްކަންޖެހޭ -/100 ރުފިޔާގެ ފީ

 މީގެއިތުރުން އަތޮޅުން ބޭރުމީހެއްނަމަ މިއަތޮޅު ރަށެއްގައި ދިރިއުޅެމުންދާ ސަބަބު ބަޔާންްކޮށްފައިވާ އެރަށެއްގެ ރަށުކައުންސިލްގެ ލިއުން

އަތޮޅުން ބޭރުންއައިސް މިއަތޮޅުގައި ވަޒީފާ އަދާކުރާނަމަ ވަޒީފާއަދާކުރާ ތަނުގެ ލިއުން


  • އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް އާކޮށްދިނުން

ޚިދުމަތް ހޯދުމަށް ހުށަހަޅަންޖެހޭ ތަކެތި

އެއްގަމު ލައިސަންސަށްއެދޭ ފޯމް ފުރިހަމަކޮށް ޕޮލިސް ތައްގަޑު ޖަހާފައިވުން

މުއްދަތު ހަމަނުވާ އައިކާޑުގެ ފޮޓޯކޮޕީ

 ލައިސަންސްގެ ފޮޓޯކޮޕީ

ނެގިފަހުން 3 މަސްދުވަސް ހަމަނުވާ ޕާސްޕޯޓް ސައިޒްެގެ 1 ގަނޑު ފޮޓޯ

ފަންސާސް ރުފިޔާގެ ރެވެނިޔު 1 ސްޓޭމްޕް


  •  އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ކެޓެގެރީ އިތުރުކުރުން

ޚިދުމަތް ހޯދުމަށް ހުށަހަޅަންޖެހޭ ތަކެތި

އެއްގަމު ލައިސަންސަށް އެދޭ ފޯމް ފުރިހަމަކޮށް ޕޮލިސްތައްގަޑު ޖަހާފައިވުން

ލައިސަންސް ކާޑުގެ ކޮޕީ

މުއްދަތު ހަމަނުވާ އައިޑީކާޑުގެ ކޮޕީ

ނެގިފަހުން ތިންމަސްދުވަސް ހަމަނުވާ ޕާސްޕޯޓް ސައިޒްގެ 1 ގަނޑު ފޮޓޯ

ދުއްވުމުގެ ޓެސްޓަށް ދައްކަންޖެހޭ ފީ -/100 ރުފިޔާ

ޓެސްޓުން ފާސްވެއްޖެނަމަ -/50 ރުފިޔާގެ ރެވެނިޔު 1 ސްޓޭމް

އަތޮޅުން ބޭރުމީހެއްނަމަ މިއަތޮޅު ރަށެއްގައި ދިރިއުޅެމުންދާ ސަބަބު ބަޔާންކޮށްފައިވާ ރަށުކައުންސިލުގެ ލިއުން އަތޮޅުން ބޭރުންއައިސް މިއަތޮޅުގައި ވަޒީފާ އަދާކުރާނަމަ ވަޒީފާ އަދާކުރާތަނިގެ ލިއުން