އަތޮޅު ކައުންސިލްގެ ވަފުދުގެ ބޭފުޅުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ޒިޔާރަތް ކުރެއްވުން

IMG_1127

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ވެރިންނާއެކު އަތޮޅު ކައުންސިލްގެ ވަފުދު


ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ ފަރާތުން މާލެ ވަޑައިގެން އުޅުއްވާ ފަފުދުން ލޯކަލް ގަވަރަމަންޓް އޮތޯރިޓީއަށް ޒިޔާރަތް ކުރައްވާ އެތަނުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

މިމަހުގެ 12 ވަނަ ދުވަހު އެލް.ޖީ.އޭއަށް ޒިޔާރަތްކުރައްވައި ކައުންސިލްތަކަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކާއި ލާމަރުކަޒީ ޤާނޫނުގައި ހުރި ފުށުއެރުންތަކާއި އަދި ކައުންސިލްތަކަށް ލިބެންޖެހޭ ޤާނޫނީ ބާރުތައް ދޫކުރުމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.

މީގެއިތުރުން ކައުންސިލްތައް ސަސްޕެންޑް ކުރަމުންދާއިރު، ޤާނޫނީގޮތުން ރަށުކައުންސިލްތައް ބެލެހެއްޓުން ޙަވާލުކޮށްފައިވާ އަތޮޅު ކައުންސިލަށް އެއްވެސް ވަރަކަށް މަޢުލޫމާތު ހިއްސާ ނުކުރައްވާ މައްސަލަ އެލް. ޖީ.އޭގެ ސަމާލުކަމަށް ގެންނެވިއެވެ.

މި ބައްދަލުވުމުގައި ލޯކަލް ގަވަރމަންޓް އޮތޯރީގެ ބައެއް ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަތޮޅު ކައުންސިލްގެ ފަރާތުން މި ބައްދަލުވުމުގައި ކައުންސިލްގެ ނައިބު ރައީސާއި ކައުންސިލްގެ ބައެއް މެމްބަރުންނާއި ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް ބައިވެރިވެ ވަޑައިގެންނެވި އެވެ.