އަތޮޅު ކައުންސިލްގެ ވަފުދު ޓްރާންސްޕޯރޓް މިނިސްޓްރީއަށް ޒިޔާރަތް ކުރައްވައިފި

IMG_1124

ޓްރާންސްޕޯރޓް މިނިސްޓަރ ( މެދުގައި ) އަރިހުގައި އަތޮޅު ކައުންސިލްގެ ވަފުދުގެ ބޭފުޅުން


ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ ފަރާތުން މާލެ ވަޑައިގެން އުޅުއްވާ ވަފުދުން ޓްރާންސްޕޯރޓް މިނިސްޓްރީއަށް ޒިޔާރަތް ކުރައްވާ އެތަނުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

މިގޮތުން މިމަހުގެ 11 ވަނަ ދުވަހު ޓްރާންސް ޕޯރޓް މިނިސްޓްރީއަށް ޒިޔާރަތްކުރައްވައި އެމިނިސްޓްރީން މިއަތޮޅުގައި ދެއްވަމުން ގެންދަވާ ޚިދުމަތާބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ރަށްރަށުގެ ނެރުބައްތި ހޯދުމާބެހޭ ގޮތުންނާއި ފަޅުތަކުގައި ޖަހާފައިވާ ދުރަށް އަލިފޮނުވައިދޭ ބައްތިތައް މަރާމާތުކޮށް ދަތުރުވެރިންނަށް ފަސޭހަވާނެގޮތަކަށް މެދުނުކެނޑި އެޚިދުމަތް ލިބުމުގެ މައްޗަށް މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި ޓްރާންސްޕޯރޓް މިނިސްޓްރީގެ ފަރާތުން މިނިސްޓަރާއި އެ ވުޒާރާގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަތޮޅު ކައުންސިލްގެ ފަރާތުން މި ބައްދަލުވުމުގައި ކައުންސިލްގެ ބައެއް މެމްބަރުންނާއި ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް ބައިވެރިވެ ވަޑައިގެންނެވި އެވެ.