ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި ހއ. ފިއްލަދޫގައި ކާބޯތަކެތީގެ މައުރަޒެއްބާއްވައިފި

44447387_1903317616401718_5342926409847275520_n

ފިއްލަދޫގައި ބޭއްވުނު ކާބޯތަކެތީގެ މަޢުރަޒްގެ މަންޒަރެއް: ފޮޓޯ ހއ.އަތޮޅު ކައުންސިލް


ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅުވައިގެން ހއ. ފިއްލަދޫގައި ކާބޯތަކެތީގެ މައުރަޒެއްގައި ބާއްވައިފިއެވެ. ފިއްލަދޫ ކައުންސިލުން އިންތިޒާމުކުރައްވައިގެން ބޭއްވުނު މި މައުރަޒުއޮތީ މިމަހުގެ 19 ވަނަ ދުވަހު ހއ. ފިއްލަދޫ މަދްރަސުއް ސަބާހުގައެވެ.

ހަތަރު ޓީމަކުން ވާދަކުރި މި މައުރަޒުގައި ތަފާތު ވައްތަރުކެ ކާބޯތަކެތި ތައްޔާރުކޮށްފައިވެއެވެ. ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުނު މި މައުރަޒު ހުޅުއްވައި ދެއްވީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަލްފާޟިލް ޢަލީ ޝަމީމެވެ. މި ރަސްމިއްޔާތުގައި ހއ. ކެލާ ކައުންސިލާއި ކެލާ ސިއްޙީ މަރުކަޒާއި އަތޮޅު ކައުންސިލްގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

މި މައުރަޒަށް ޒިޔާރަތް ކުރެއްވި އެކިފަރާތްތަކުން ބައްލަވައިގެންނެވި ތަކެތީގެ އަގަށް -/24,361 ރުފިޔާ ލިބިފައިވާކަމަށް އެރަށު ކައުންސިލުން މަޢުލޫމާތު ދެއްވިއެވެ.