ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވާ ބައިވެރިން މާލެފުރައިފި

IMG_0650

1439 ވަނަ އަހަރު ޤުރުއާން މުބާރާތުގެ ތެރެއިން


ކީރިތި ޤުރުއާން ކިޔެވުމުގެ 33 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވާ ހއ. އަތޮޅުގެ ދަރިވަރުން މިމަހުގެ 12 ވަނަ ދުވަހު މާލެ ފުރައިފިއެވެ. ހއ. އަތޮޅުން މި މުބާރާތުގައި ބައިވެރިވަނީ، އަތޮޅު ޤުރުއާން މުބާރާތް 1439 ގައި ބައިވެރިވެ އެ މުބާރާތުން ވަނަތައް ހާސިލްކޮށްގެން މާލެ ދިއުމަށް ހޮވިފައިވާ 5 ބައިވެރިންގެ ތެރެއިން 4 ބައިވެރިއެކެވެ.

ޤުރުއާން ކިޔެވުމުގެ 33 ވަނަ ޤައުމީ މުބާރާތުގައި ހއ. އަތޮޅުން ވާދަ ކުރަނީ ބަލައިގެން ކިޔެވުމުގެ ބައިން ހއ. އިހަވަންދޫ ހުޅަނގުމަތީގޭ ޢާއިޝަތު ނާހިޔާއާއި، ހއ. ދިއްދޫ ފުނަކުރި ބައްސާމާ ސުލައިމާނާއި، އިހަވަންދޫ ޒަމާނީވިލާ ޢާއިޝަތު ޤާދިރާއެވެ. ނުބަލާ ކިޔެވުމުގެ ބައިން ހއ. ދިއްދޫ އޭޝިޔާ މަރިޔަމް އަރޫޝާއެވެ.

އަތޮޅު ކައުންސިލްގެ އުއްމީދަކީ މި މުބާރާތުގައި ރަނގަޅު ކާމިޔާބެއް ހާސިލްކޮށް އަތޮޅަށް ރީތިވަނައެއް ލިބުމެވެ.