ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲޔާމީން ޢަބްދުލްޤައްޔޫމް ހއ.އަތޮޅަށް ވަޑައިގެންފި

DSCN4651

ރައީސުލްޖުމްހޫރިއްޔާ ދިއްދޫ ރައްޔިތުންނާ ބައްދަލުކުރައްވަނީ


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިހިނގާ ޖުލައިމަހުގެ 17 ން 18 އަށް ހއ. އަތޮޅަށް ދަތުރުފުޅެއް ކުރައްވައިފިއެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި މިއަތޮޅުގެ ހަތަރު ރަކަށް ވަޑައިގެންނެވިއެވެ. އެއީ ހޯރަފުށި، އިހަވަންދޫ، ދިއްދޫ، ކެލާ، ބާރަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ހޯރަފުށީގައި ސަރުކާރުން ހިންގެވި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވިއެވެ. އަދި އިހަވަންދޫއަށް ވަޑައިގެން އެރަށުގައި ސަރުކާރުން ޤާއިމުކޮށްދެއްވި ނަރުދަމާގެ ނިޒާމްގެ މަސައްކަތް ނިމުން ފާހަގަކޮށްދެއްވިއެވެ. އަދި މީގެއިތުރުން އިހަވަންދޫ ސިއްޙީމަރުކަޒުގެ ނަން އާމިނާތަކުރުފާނު ސިއްޙީމަރުކަޒުގެ ނަމަށް ބަދަލުކޮށް ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހއ.އަތޮޅަށް ކުރައްވަމުން ގެންދެވި މި ދަތުރުފުޅުގައި މިމަހުގެ 18 ވަނަ ދުވަހު ދިއްދުއަށް ވަޑައިގެން ދިއްދޫގައި ސަރުކާރުން ހިންގެވި ހަތަރު މަޝްރޫޢެއްގެ ނިމުން ފާހަގަކޮށް ބައެއް ޚިދުމަތް ފައްޓަވައި ދެއްވިއެވެ. މިގޮތުން ދިއްދޫގެ ބޮޑެތި މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫއާއި ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއާއި ދިއްދޫގައި ގާއިމުކޮށްފައިވާ ހައުސިންގ ޔުނިޓްތައް އިފްތިތާހުކޮށް ދެއްވުމާއި ދިއްދޫގައި ގާއިމުކޮށްދެއްވި ސާފުބޯފެނުގެ ޚިދުމަތް ފައްޓަވައި ދެއްވުން ހިމެނެއެވެ.

އަދި މި ދަތުރުފުޅުގައި މިއަތޮޅު ކެލައަށާއި ބާރަށަށް ވަޑައިގެން ކެލާގައި ހިންގެވި ނަރުދަމާގެ ނިޒާމާއި ބާރަށުގައި މީގެ 2 އަހަރު ކުރިން ނިމިފައިވާ އެރަށު ޖެޓީބައްލަވާ ލައްވާ އެ މަޝްރޫއުގެވެސް ނިމުން ފާހަގަ ކުރެއްވިއެވެ.