އިމާމުންނާއި ޚަޠީބުން ތާޒާކުރުމާބެހޭ މަސައްކަތު ބައްދަލުވުން ފެށިއްޖެ

imaam

އިމާމުންނާއި ޚަތީބުން ތާޒާ ކުރުމާބެހޭ މަސައްކަތު ބައްދަލުވުން 6 ފެށިގެން ކުރިއަށް އެބަދެއެވެ. 2018 މާރިޗް 24 ން 26 އަށް ދިއްދޫގައި ހިންގަވާ މި މަސައްކަތު ބައްދަލުވުމަކީ ހއ. އަތޮޅު ރަށްރަށުގައި ތިއްބެވި މުދިމުންނާއި އިމާމްވެ ހުކުރުކުރައްވާ ޚަތީބުންނަށް އަމާޒް ކުރައްވައިގެން ހިންގަވާ މަސައްކަތު ބައްދަލުވުމެކެވެ.

މި މަސައްކަތު ބައްދަލުވުމުގައި މައިގަނޑު 5 ކަމަކާބެހޭ ގޮތުން ބައިވެރިންނަށް މަޢުލޫމާތު ދެއްވުމަށް ހަމަޖެހިފައިވެއެވެ. އޭގެތެރޭގައި

ފިޤުހު / ޤުރުއާންގެ ޢަމަލީބައި / މިސްކިތް ބަލަހައްޓާނެގޮތް / ދިވެހިބަހުން ކިޔުމާއި ހުށަހެޅުމުގެ ހުނަރު / އިދާރީކަންކަން ހިނގާގޮތް އޮޅުން ފިލުވައި ދިނުން ހިމެނެއެވެ.

މި ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަނީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އައްޝައިޚް އިބްރާހީމް އަޙުމަދާއި އެމިނިސްޓްރީގެ އިސްބައެއް ބޭފުޅުންނެވެ.