ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލާއި ދިއްދޫ ކައުންސިލަރުން ހުވައި ކުރައްވައިފި

Co

ތިލަދުންމަތީ އުތުރުބުރީ އަތޮޅުކައުންސިލާއި ދިއްދޫ ކައުންސިލަރުން ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން


ތިލަދުންމަތީ އުތުރުބުރީ އަތޮޅުކައުންސިލާއި، ދިއްދޫ ކައުންސިލަށް އަލަށް އިންތިޚާބުވެ ވަޑައިގެންނެވި ކައުންސިލަރުން ހުވައި ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. 03 ޖޫން 2017 ވަނަ ދުވަހުގެ ރޭ 21:00 ގައި ދިއްދޫ ވައިލެޓް މާލަމުގައި ބޭއްވުނު މި ރަސްމިއްޔާތުގައި ހުވައި ލައިދެއްވީ ހއ. އަތޮޅު އިސް މެޖިސްޓްރޭޓް އަލްފާޟިލް މުޙައްމަދު ޢަލިދީދީ އެވެ.

ކީރީތި ޤުރުއާނުގެ ބަރަކާތުން ރަސްމިއްޔާތު ފެށުމަށްފަހު ދެންއޮތީ ހުވައި ލައިދެއްވުމެވެ. އެއަށްފަހު ހުވައިގެ އިޤްރާރުގައި ސޮއިކުރެއްވުން އޮތެވެ. ރަސްމިއްޔާތު ނިމުނީ ޤައުމީ ސަލާމުންނެވެ. މި ރަސްމިއްޔާތުގައި ދިއްދޫގެ ރައްޔިތުންނާއި ދިއްދޫގައި ހުންނަ ސަރުކާރު އިދާރާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.