ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހައްދައި ދިނުމުގެ ޚިދުމަތް ތަކަންދޫގައި ފެށިއްޖެ

18221661_1330907180309434_3720658065908409119_n

ހއ. ތަކަންދޫ ކައުންސިލް އިދާރާގައި އައިޑީކާޑު ޔުނިޓް ގާއިމުކުރުން


ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ދިނުމަށް ހިންގޭ ޕްރޮގްރާމްގެ ދަށުން ތިލަދުންމަތީ އުތުރުބުރީ ތަކަންދޫގައި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހައްދައިދުނުމުގެ ޚިދުމަތް ފެށިއްޖެއެވެ. މިކަމަށްޓަކައި 30 އޭޕްރީލް 2017 ވަނަ ދުވަހު ތަކަންދޫ އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި ޚިދުމަތް ފައްޓަވައި ދެއްވީ ތަކަންދޫ ދާއިރާގެ އަތޮޅު ކައުންސިލް މެމްބަރ އަލްފާޟިލް ޙުސައިން ނަޞީރެވެ. މި ރަސްމިއްޔާތުގައި އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ރަޝީދުގެ އިތުރުން ތަކަންދޫގެ ކައުންސިލަރުންނާއި އިދާރީ މުވައްޒަފުންނާއި ތަކަންދޫގައި ހުރި ސަރުކާރު އިދާރާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ތަކަންދޫގައި މިޚިދުމަތް ޤާއިމުވެގެން ދިއުމާއެކު މިއަތޮޅުގެ 13 ރަށެއްގައި މިހާރު އައިޑީކާޑް ހައްދައިދުނުމުގެ ޚިދުމަތް ލިބެމުންދާނެއެވެ. ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުގެ އެހީތެރިކަމާއެކު ތަކަންދޫ ކައުންސިލްގައި ގާއިމުކުރެވުނު މިޚިދުމަތުގެ އަގު ގާތްގަޑަކަށް ފަސްދޮޅަސް ހާސްރުފިޔާއަށް އަރާނެއެވެ. މީގެކުރިން މިޚިދުމަތް ލިބިގަންނަން ކަނޑުމަގުން ދިއްދުއަށް ދަތުރުކުރަން ޖެހެއެވެ. އެހެންނަމަވެސް މިހާރު މިޚިދުމަތް އަމިއްލަ ރަށުގައި ތިއްބަވައިގެން ލިބިގެންދިއުމަކީ ރައްޔިތުންނަށް ލިބުނު ހިތްހަމަޖެހުމެކެވެ.