ލޯކަލް ކައުންސިލްތައް މިންކުރުމަށް ބޭނުންވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ބާއްވައިފި

mid_3497

ލޯކަލް ކައުންސިލް ޕާރފޯމަންސް އިންޑެކްސްގެ މަސައްކަތަށް ތައްޔާރުވުމުގެ ގޮތުން، އަތޮޅުތަކުގައި އިސްވެ ހަރަކާތްތެރިވާ ފޯކަލް ޕޮއިންޓުންނަށް ޚާއްސަކޮށްގެން ލޯކަލް ގަވަރމަންޓްގެ އޮތޯރިޓީން ތަމްރީން ޕްރޮގްރާމެއް ބާއްވައިފިއެވެ. މި ތަމްރީން ހިންގާފައިވަނީ އޭޕްރީލް 18 އަދި 19 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގައެވެ. މި ތަމްރީން ޕްރޮގްރާމްގެ މަޤްޞަދަކީ ލޯކަލްކައުންސިލްސް ޕަރފޯމަންސް އިންޑެކްސް ހިސާބުކުރުމަށް ބޭނުންވާ ތަފާތު މަޢުލޫމާތާއި އަމަލީ ތަމްރީން އަތޮޅު ތަކުގެ ފޯކަލް ޕޮއިންޓުންނަށް ފޯރުކޮށްދިނުމެވެ. މިތަމްރީން ޕްރޮގްރާމްގައި މިއަތޮޅުން ބައިވެރިވެ ވަޑައިގެންނެވީ މި އިދާރާގެ ޑިރެކްޓަރ އަލްފާޟިލް ޢަބްދުﷲ ނަޢީމެވެ.

މި ތަމްރީން ޕްރޮގްރާމްގައި  އިންޑެކްސްގެ އަސާސީ މުހިއްމު މަޢުލޫމާތުތަކާއި، އިންޑެކްސްއެއް އެކުލަވާލާނެގޮތާއި، އަދި ލޯކަލް ކައުންސިލްސް ޕާރފޯމަންސް އިންޑެކްސް އެކުލަވާލެވިފައިވާ ގޮތުގެ ތަފްސީލީ މައުލޫމާތުތައް ހުށަހަޅާދީފައިވާކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ވިދާޅުވެއެވެ.  މީގެ އިތުރުން މަޢުލޫމާތު އެއްކުރުމަށް ބޭނުންކުރާ ސުވާލުކަރުދާހުގެ ސިފަތަކާއި އެއްކުރާ މައުލޫމާތަށް ބޭނުންވަނީ ކޮންކަހަލަ ހެކިތަކެއްކަމާއި އަދި ފުރިހަމަ ކުރަންޖެހޭ މަސައްކަތު ކަރުދާސްތަކާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދީފައިވާކަމަށްވެސް އެއޮތޯރިޓީން ވިދާޅުވެއެވެ. މިގޮތުން އިންޑެކްސްއިން ލިބިދޭ ނަތީޖާ، ދަރަޖަކުރެވޭ ގޮތާއި، ކާމިޔާބީ  ހައްޤުވާ ކައުންސިލްތަކަށްދޭ ކަންގަތި އެވޯރޑާއި ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދީފައިވެއެވެ.  މި ތަމްރީން ޕްރޮގުރާމް ނިންމުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނަކީ މިނިސްޓަރ އޮފް ހޯމްއެފެއާރޒް އަލްފާޞިލް އަޒްލީން އަހުމަދެވެ.

2015 ވަނައަހަރުވެސް ކައުންސިލްތައް މިންކުރުމުގެ މިފަދަ ޕްރޮގްރާމެއް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކުރިއަށް ގެންދަވާފައިވެއެވެ.