ލޯކަލް ކައުންސިލްތަކަށް ކުރިމަތި ލެއްވި ބޭފުޅުންގެ ނަން ތަރުތީބުކުރުން ބާއްވައިފި

DSCN3756

އަތޮޅު ކައުންސިލަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަން ތަރުތީބު ކުރުމަށް ގުރުއަތު ނެގުން.


އަންނަ އޭޕްރީލް 15 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ހއ. އަތޮޅު ކައުންސިލަށް ކުރިމަތި ލައްވާފައިވާ ބޭފުޅުންގެ ނަން ތަރުތީބުކުރުން ކުރިއަށް ގެންގޮސްފިއެވެ.

09 މާރިޗް 2017 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި އަތޮޅު ކައުންސިލް އިދާރާގައި ބޭއްވުނު މި ގުރުއަތުލުމުގައި އިދާރީ ދާއިރާތަކުން ކުރިމަތިލައްވާފައިވާ ބައެއް ކެނޑިޑޭޓުން ބައިވެރިވެ ލެއްވިއެވެ. ގުރުއަތުލުމުގައި ބައިވެރިވެ ނުލައްވާ އަދި ބަދަލުގައިވެސް ބޭފުޅަކު އައްޔަން ކުރައްވާފައިނުވާ ކެނޑިޑޭޓުންގެ ބަދަލުގައި ގުރުއަތު ނެންގެވީ ހަމަޖެހިފައިވާ ގޮތުގެމަތިން އަތޮޅު ފޯކަލް ޕޮއިންޓް އަލްފާޟިލް ޢަބްދުﷲ ނަޢީމެވެ.

ގުރުއަތުލުމުގައި ބައިވެރިވެ ވަޑައި ނުގަންނަވަނީ އިހަވަންދޫ ދާއިރާގެ ކެނޑިޑޭޓް އަލްފާޟިލް މުޙައްމަދު އަރީބު، ކެލާ ދާއިރާގެ ކެނޑިޑޭޓް އަލްފާޟިލް ޢަބްދުﷲ އިންފާޒު، ބާރަށު ދާއިރާގެ ކެނޑިޑޭޓް އަލްފާޟިލް ޙުސައިން ނަސީރު، ދިއްދޫ ދާއިރާގެ ކެނޑިޑޭޓް އަލްފާޟިލް ޢަބްދުﷲ ސިރާޖުއެވެ. އަލްފާޟިލް މުޙަންމަދު އަރީބުގެ ބަދަލުގައި ގުރުއަތު ނެގެވީ މުޙައްމަދު ނަހުދީއެވެ.

މިދަންނަވަނީ ނަން ތަރުތީބު ކުރެވުނުގޮތް

ހޯރަފުށީ ދާއިރާ

1 – އަލްފާޟިލް އަހުމަދު މަޢުރޫފް ސޯސަންވިލާ ހއ. ހޯރަފުށި

2 – އަލްފާޟިލް އިބްރާހީމް ރަޝީދު ފީރޯޒްގެ ހއ. ހޯރަފުށި

އިހަވަންދޫ ދާއިރާ

1 – އަލްފާޟިލް ޢަބްދުﷲ ޙުސައިން ހަޒާރުމާގެ ހއ. އިހަވަންދޫ

2 – އަލްފާޟިލް މުޙައްމަދު އަރީބު ޖަވާހިރުވާދީ ހއ. އިހަވަންދޫ

ކެލާ ދާއިރާ

1 – އަލްފާޟިލް އަޙުމަދު ރިޝްވާން އާލަމް ހއ. ދިއްދޫ

2 – އަލްފާޟިލް ޢަބްދުﷲ އިންފާޒު ކުދިރުވާލިގެ ހއ. ކެލާ

ބާރަށު ދާއިރާ

1 – އަލްފާޟިލް ޙުސައިން ނަސީރު ޔާގޫތުގެ ހއ. އުތީމު

2 – އަލްފާޟިލް ޢަލީ ޝަމީމް ގޯލްޑަންހައުސް ހއ. ބާރަށް

ދިއްދޫ ދާއިރާ

1 – އަލްފާޟިލް ޢަބްދުﷲ ސިރާޖު ހަޒާރުމާގެ ހއ. ދިއްދޫ

2 – އަލްފާޟިލް އަޙުމަދު ޢަބްދުލްޤައްޔޫމް ގްރީންވިލާ ހއ. ދިއްދޫ