ހއ. އަތޮޅުގެ ގިނަ ރަށުކައުންސިލްތަކުން އައި.ޑީކާޑުގެ ޚިދުމަތް ލިބެން ފަށައިފި

 

DSCN3585

އައި.ޑީ ކާޑު ހެދުމަށް ބޭނުންވާ ބައެއް ވަސީލަތްތައް


ތިލަދުންމަތީ އުތުރުބުރީ ގިނަ ރަށު ކައުންސިލްތަކެއްގައި އައި.ކާޑު ހަދައިދިނުމުގެ ޚިދުމަތް ފެށިއްޖެއެވެ. މިގޮތުން މިއަހަރު ފެބުރުއަރީމަހުގެ ތެރޭގައި 5 ރަށެއްގައި ޚިދުމަތް ފެށިފައި ވެއެވެ. އެ ފަސްރަށަކީ ހއ. ތުރާކުނު، އުތީމު، ބާރަށް ،ފިއްލަދޫ އަދި މުރައިދޫއެވެ. މީގެއިތުރުން މިދިޔައަހަރުގެ ތެރޭގައި ޚިދުމަތް ފެށިފައިވަނީ ހއ. މޮޅަދޫ، މާރަންދޫ އަދި ކެލާގައެވެ. އެހެންކަމުން މިހާރު މިހާތަނަށް 12 ރަށެއްގައި އައި.ޑީކާޑުގެ ޚިދުމަތް ލިބޭނެމަގު ފަހިވެގެން ދިޔައީއެވެ.  ތިލަދުންމަތީ އުތުރުބުރީގައި މީހުން ދިރިއުޅޭ 14 ރަށް އޮވެއެވެ.

ރައްޔިތުންނަށް ވީހާވެސް ގާތުން ޚިދުމަތް ދިނުމަށް ފެށިފައިވާ މި ޕްރޮގްރާމްގެ ދަށުން ޚިދުމަތް ފެށިފައިނުވަނީ ވަށަފަރު އަދި ތަކަންދޫގައެވެ. މި ރަށްރަށުގައިވެސް މިއަހަރު ޚިދުމަތް ފެށޭވަރުވާނެކަމަށް އުއްމީދު ކުރެވެއެވެ.