ތިލަދުންމަތީ އުތުރުބުރީގައި މީރާގެ ގޮތްޕެއް ހުޅުވައި ޚިދުމަތްދޭން ފަށައިފި

DSCN3699

 

 

 

 

 

 

 

 

 

 

ހއ. ދިއްދޫގައި  ޤާއިމުކުރެވިފައިވާ މީރާގެ ބްރާންޗް

ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި މޯލްޑިވް އިންލަންޑް ރެވެނިޔު އޮތޯރިޓީ ( މީރާގެ ) ގޮތްޕެއް ހުޅުވައިފިއެވެ. 2017 ފެބުރުއަރީ 19 ގައި ހުޅެވުނު މިގޮފި ޤާއިމުކުރެވިފައިވަނީ ހއ. އަތޮޅު ކައުންސިލް އިދާރާގެ ގޯތިތެރޭގައެވެ. މީރާގެ ޚިދުމަތް ހއ. އަތޮޅުން ލިބެން ފެށުމާއެކު ދައުލަތަށް ދައްކަންޖެހޭ އެކިއެކި ޓެކްސްތަކާއި ފީތައް މީގެފަހުން ބަލައިގަންނަމުން ގެންދާނީ މި ބްރާންޗުންނެވެ.

ހއ. އަތޮޅުގައި މީރާގެ ގޮފި ހުޅުވުމާއެކު ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ. މީގެކުރިން ހއ. އަތޮޅު ކައުންސިލުން ބަލައިގަންނަމުން ގެންދިޔަ އެކިއެކި ފީތައް ދެން ބަލައިގަންނަމުން ގެންދާނީ މި ބްރާންޗުންނެވެ.