ފަހިއަރަނި ސްކީމްގެ 2016 ވަނައަހަރުގެ ފަހު ހަމަހުގެ ރިޕޯރޓް އާންމުކުރައްވައިފި

1127201522025PM_635_yamada_denki_every_phone

ހއ. އަތޮޅު ކައުންސިލުން ކުރިއަށް ގެންދަވާ ފަހިއަރަނީގެ ސްކީމްގެ ވޭތުވެދިޔަ އަހަރުގެ ފަހު ހަމަހުގެ ރިޕޯރޓް އާންމު ކޮށްފިއެވެ. އަތޮޅު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމުގެ ގޮތުންނާއި އަތޮޅު ކައުންސިލްގެ މާލިއްޔަތު ދުޅަހެޔޮ ކުރުމުގެ ގޮތުން ހއ. އަތޮޅުގައި ވަޒީފާ އަދާކުރައްވާ މުވައްޒަފުންނަށް ކްރެޑިޓަށް މުދާ ދޫކުރެއްވުމަށް ހިންގަވާ މި ޕްރޮގްރާމްގެ ދަށުން ވޭތުވެދިޔަ ހަމަސް ދުވަހުގެ ތެރޭގައި އެގާރަ ފަރާތަކުން މި ސްކީމް މެދުވެރިކޮށް މުދާ ނަންގަވާފައި ވެއެވެ.

އަތޮޅު ކައުންސިލުން ޢާންމު ކުރެއްވި ރިޕޯރޓްގައިވާގޮތުން މި ސްކީމަށް ކަނޑައަޅާފައިވާ ބަޖެޓަކީ ތިންލައްކަ ފަންސާސް ހާސް ރުފިޔާއެވެ. މީގެ ތެރެއިން މި ސްކީމުން ނަގާފައިވާ މުދަލުގެ އަގަށް މިހާތަނަށް އެއްލައްކަ ތިރީސް ނުވަހާސް ފަސްސަތޭކަ އެގާރަ ރުފިޔާ / ފަންސާސް ހަތަރުލާރި ޚަރަދުވެފައިވާއިރު ފައިދާގެ ގޮތުގައި ފަސްހާސް އެއްސަތޭކަ ހަތްދިހަ ހަތްރުފިޔާ / ނަވާރަ ލާރި ލިބިފައި ވެއެވެ.

މިސްކީމްގެ ދަށުން ތަފާތު އެކި ފެންވަރުގެ މުދާ ބައްލަވައި ގެންނެވުމުގެ ފުރުޞަތު ހުޅުވާލެވިފައި ވެއެވެ. މާލީހިސާބު