ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

DSCN0105

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން ދެއްވަމުން އަންނަ ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އެވޯޑަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ. މިއެވޯޑަކީ ހއ. އަތޮޅަށް ތަފާތު އެކި ރޮނގުރޮނގުން ޚިދުމަތްކުރައްވާފައިވާ ފަރާތްތަކަށް ދެވޭ އެވޯޑެކެވެ. އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި ޝަރަފްވެރި ޚިދުމަތްތަކެއް އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކަށާއި، ފާހަގަކުރެވޭ އެކި ރޮނގުރޮނގުން އަގުހުރި ޚިދުމަތްތަކެއް އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކަށާއި، ހއ.އަތޮޅުގެ ސްކޫލްތަކުން ފަޚުރުވެރި ވަނަތައް ހޯދާފައިވާ ދަރިވަރުންނަށާއި، އަތޮޅަށް އެންމެ ޚިދުމަތްތެރި ރިޒޯޓަކާއި، އަތޮޅުގެ އެންމެ ހިންގުންތެރި ކައުންސިލަކަށާއި، އެންމެ ރަނގަޅު ނަތީޖާ ހޯދާފައިވާ ސްކޫލަކަށާއި، އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ހިމެނެއެވެ.

މިފަދަ އެވޯޑް ދިނުމުގެ މަޤްޞަދަކީ ޚިދުމަތްތެރިންގެ ޚިދުމަތުގެ އަގުވަޒަންކުރުން ކަމުގައި އަތޮޅު ކައުންސިލުން މަޢުލާމާތު ދެއްވިއެވެ. އެހެންކަމުން މި އެވޯޑަށް ކުރިމަތި ލެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 30 އޮކްޓޯބަރ 2016 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުމަށް ކައުންސިލުން އެދިލައްވައެވެ. އަތޮޅު ކައުންސިލުން ވިދާޅުވާ ގޮތުގައި މުއްދަތު އިތުރުކުރަންޖެހުނީ އެވޯޑަށް އެދި ހުށަހަޅާ ފަރާތްތަކުގެ އެދިލެއްވުމުގެ މަތިންނެވެ.