އަތޮޅު ކައުންސިލް މުވައްޒަފުންނަށް ޓްރޭނިންގ ޕްރޮގްރާމެއް ހިންގައިފި

ސިވިލްސަރވިސް ޓްރޭނިންގ އިންސިޓިއުޓާއި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް ގުޅިގެން އިންޓަރނަލް އޮޑިޓް ކުރާނެގޮތް ދަސްކޮށްދިނުމާބެހޭ ޓްރޭނިންގ ޕްރޮގްރާމެއް ހިންގައިފިއެވެ.

ހއ. އަތޮޅު ކައުންސިލްގެ މުވައްޒަފުންނަށް އަމާޒުކުރައްވައިގެން މިމަހުގެ 20 ން 22 އަށް ހިންގުނު މި ޕްރޮގްރާމްގައި އިންޓަރނަލް އޮޑިޓް ކުރުމުގެ ބޭނުމާއި، އޮޑިޓްކުރާނެ ގޮތާއި، އޮޑިޓް ކުރުމާ ގުޅިގެން އިދާރާއަށް ލިބިގެންދާނެ ކުރިއެރުމާއި އަދި އޮޑިޓަރުންގެ ކިބާގައި ހުންނަންޖެހޭ މައިގަނޑު ސިފަތަކަކީ ކޮބައިކަން އޮޅުން ފިލުވައި ދެއްވިއެވެ.

އަތޮޅު ކައުންސިލްގެ މެނޭޖްމަންޓްގައި ހިމެނޭ ހުރިހާ މުވައްޒަފުން ބައިވެރިކުރައްވައިގެން ހިންގުނު މި ޓްރޭނިންގ ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވީ ސިވިލްސަރވިސް އިންސިޓިއުޓްގެ ފެސިލިޓޭޓަރ އަލްފާޟިލް މުޙައްމަދު ޝަރީފެވެ.

މި ޓްރޭނިންގ ޕްރޮގްރާމްގެ ބޭނުމަކީ ލޯކަލް ކައުންސިލްތައް ހިންގުމުގެ ނިޒާމަށް ސަރުކާރުން ގެންނަން ހަމަޖެހިފައިވާ ބަދަލާ ގުޅިގެން އެކަމަށް މުވައްޒަފުން އަހުލުވެރިކުރުމެވެ.