ތިލައުތުރު އުއްތަމަ އަރުތަވެރިންގެ ނަން އިޢުލާން ކުރައްވައި އެފަރާތްތަކަށް އިނާމާއި ހަނދާނީ ފިލާ ދެއްވައިފި

DSCN0105

ތިލައުތުރު އުއްތަމަ އަރުތަވެރިންނަށް ހޯމް މިނިސްޓަރ އިނާމު ދެއްވަނީ


ތިލައުތުރު އުއްތަމަ އަރުތަވެރީން” ގެ އިނާމް 2014
މި އެވޯޑަށް ހޮވިފައިވާ ފަރާތްތަކަށް ހއ. އަތޮޅު ކައުންސިލުން ދެއްވާ ޓްރޮފީއާއި ފައިސާގެ އިނާމުތައް އެ ފަރާތްތަކަށް ބައްސަވައި ދެއްވީ މިކަމަށްޓަކައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ދަންނަވާލަނީ އަރުތަވެރިންގެ ގޮތުގައި އެކި ރޮނގުރޮނގުން ހޮވިފައިވާ ބޭފުުންގެ ނަންތަކެވެ

އެންމެ ވިސްނުންތޫނު ދަރިވަރުން

ހއ. ތުރާކުނު ނޫރަންވިލާ / ފާތުމަތު ޝައުނާ
ތުރާކުނު މަދްރަސާ
މިނާއަކީ، 2014 ވަނައަހަރު ބޭއްވުނު ޘާނަވީ އިމްތިހާނުގައި ބައިވެރިވެ ޤައުމީ ގަދަ ދިހައެއްގެ ހަތަރުވަނާގައި ހިމެނިފައިވާ ދަރިވަރެކެވެ.

ހއ.ހޯރަފުށި ޝިފަން / އަޙްމަދު ޒިޔާން
ހއ.އަތޮޅު މަދަރުސާ
މިނާއަކީ، 2014 ވަނައަހަރު ބޭއްވުނު ޘާނަވީ އިމްތިހާނުގައި ބައިވެރިވެ ޤައުމީ ގަދަ ދިހައެއްގެ ނުވަ ވަނާގައި ހިމެނިފައިވާ ދަރިވަރެކެވެ.

ހއ.އިހަވަންދޫ ނަލަހިޔާގެ / އިބްރާހީމް ވަޙީދު
އިހަވަންދޫ މަދަރުސާ
މިނާއަކީ، 2014 ވަނައަހަރު ބޭއްވުނު ޘާނަވީ އިމްތިހާނުގައި ބައިވެރިވެ ޤައުމީ ގަދަ ދިހައެއްގެ ދެ ވަނާގައި ހިމެނިފައިވާ ދަރިވަރެކެވެ

ހއ.އިހަވަންދޫ މަންޒަރުގެ / އާމިނަތު ޙާތޫން
އިހަވަންދޫ މަދަރުސާ
މިނާއަކީ، 2014 ވަނައަހަރު ބޭއްވުނު ޘާނަވީ އިމްތިހާނުގައި ބައިވެރިވެ ޤައުމީ ގަދަ ދިހައެއްގެ ތިން ވަނާގައި ހިމެނިފައިވަ ދަރިވަރެކެވެ.

ހއ.މޮޅަދޫ ފެހިމަލަ / އަޙްމަދު މިފްޒާލްއިހަވަންދޫ މަދަރުސާ
މީނާއަކީ، 2014 ވަނައަހަރު ބޭއްވުނު ޘާނަވީ އިމްތިހާނުގައި ބައިވެރިވެ ޤައުމީ ގަދަ ދިހައެއްގެ ތިން ވަނާގައި ހިމެނިފައިވާ ދަރިވަރެކެވެ.

ހއ.އިހަވަންދޫ ވާދީ / ފާޠިމަތު ހިލްމާ
އިހަވަންދޫ މަދަރުސާ
މިނާއަކީ، 2014 ވަނައަހަރު ބޭއްވުނު ޘާނަވީ އިމްތިހާނުގައި ބައިވެރިވެ ޤައުމީ ގަދަ ދިހައެއްގެ ހަތަރު ވަނާގައި ހިމެނިފައިވާ ދަރިވަރެކެވެ.

ހއ.އިހަވަންދޫ ދިލްޝާދު / ޢާއިޝަތު ޖަޒްވާ
އިހަވަންދޫ މަދަރުސާ
މިނާއަކީ، 2014 ވަނައަހަރު ބޭއްވުނު ޘާނަވީ އިމްތިހާނުގައި ބައިވެރިވެ ޤައުމީ ގަދަ ދިހައެއްގެ ފަސް ވަނާގައި ހިމެނިފައިވާ ދަރިވަރެކެވެ.

ހއ. އިހަވަންދޫ މަލަފެހި / މަރިޔަމް ސަމާ
އިހަވަންދޫ މަދްރަސާ
މިނާއަކީ، 2014 ވަނައަހަރު ބޭއްވުނު ޘާނަވީ އިމްތިހާނުގައި ބައިވެރިވެ ޤައުމީ ގަދަ ދިހައެއްގެ ފަސް ވަނާގައި ހިމެނިފައވާ ދަރިވަރެކެވެ.

ހއ.އިހަވަންދޫ އަންބަރީގެ / ޙަލީމަތު ޚުރާސަތު
އިހަވަންދޫ މަދަރުސާ
މިނާއަކީ، 2014 ވަނައަހަރު ބޭއްވުނު ޘާނަވީ އިމްތިހާނުގައި ބައިވެރިވެ ޤައުމީ ގަދަ ދިހައެއްގެ އަށް ވަނާގައި ހިމެނިފައވާ ދަރިވަރެކެވެ.
ހއ.އިހަވަންދޫ ގުރަހަ / ޢާއިޝަތު ޝަފާ
އިހަވަންދޫ މަދަރުސާ
މިނާއަކީ، 2014 ވަނައަހަރު ބޭއްވުނު ޘާނަވީ އިމްތިހާނުގައި ބައިވެރިވެ ޤައުމީ ގަދަ ދިހައެއްގެ ނުވަ ވަނާގައި ހިމެނިފައވާ ދަރިވަރެކެވެ.

ހއ.ކެލާ ފަސްކަނި / އާދަމް ސަރުފާން
މަދަރުސަތުއްޝައިޚް އިބްރާހީމް
މިނާއަކީ، 2014 ވަނައަހަރު ބޭއްވުނު ޘާނަވީ އިމްތިހާނުގައި ބައިވެރިވެ ޤައުމީ ގަދަ ދިހައެއްގެ ނުވަ ވަނާގައި ހިމެނިފައވާ ދަރިވަރެކެވެ.

ހއ.ތަކަންދޫ ރަތްވިލާގެ / ޢާއިޝަތު ޢަބްދުލްވާޙިދު
ހއ.އަތޮޅު ތަޢުލީމީ މަރުކަޒު
މިނާއަކީ، 2014 ވަނައަހަރު ބޭއްވުނު ޘާނަވީ އިމްތިހާނުގައި ބައިވެރިވެ ޤައުމީ ގަދަ ދިހައެއްގެ ދެ ވަނާގައި ހިމެނިފައވާ ދަރިވަރެކެވެ.

ހއ.ދިއްދޫ ފަޒާ/ ޙަސަން އިރުފާން
ހއ.އަތޮޅު ތަޢުލީމީ މަރުކަޒު
މިނާއަކީ، 2014 ވަނައަހަރު ބޭއްވުނު ޘާނަވީ އިމްތިހާނުގައި ބައިވެރިވެ ޤައުމީ ގަދަ ދިހައެއްގެ ހަތަރު ވަނާގައި ހިމެނިފައިވާ ދަރިވަރެކެވެ.

ހއ.ދިއްދޫ އާރާމުގެ / ނަޖުދާ މުޙައްމަދު
ހއ.އަތޮޅު ތަޢުލީމީ މަރުކަޒު
މިނާއަކީ، 2014 ވަނައަހަރު ބޭއްވުނު ޘާނަވީ އިމްތިހާނުގައި ބައިވެރިވެ ޤައުމީ ގަދަ ދިހައެއްގެ ފަސް ވަނާގައި ހިމެނިފައިވާ ދަރިވަރެކެވެ.
ހއ.ދިއްދޫ މިލާން / އާނާ އަޙްމަދު
ހއ.އަތޮޅު ތަޢުލީމީ މަރުކަޒު
މިނާއަކީ، 2014 ވަނައަހަރު ބޭއްވުނު ޘާނަވީ އިމްތިހާނުގައި ބައިވެރިވެ ޤައުމީ ގަދަ ދިހައެއްގެ ހަ ވަނާގައި ހިމެނިފައިވާ ދަރިވަރެކެވެ.

ހއ.ދިއްދޫ ސަނދުބަރަކާގެ / ފާޠިމަތު ޝާނާ
ހއ.އަތޮޅު ތަޢުލީމީ މަރުކަޒު
މިނާއަކީ، 2014 ވަނައަހަރު ބޭއްވުނު ޘާނަވީ އިމްތިހާނުގައި ބައިވެރިވެ ޤައުމީ ގަދަ ދިހައެއްގެ ހަ ވަނާގައި ހިމެނިފައިވާ ދަރިވަރެކެވެ.

ހއ.ދިއްދޫ ކުދިފަށުވިގެ / ޙައްވާ ސަމްހާ
ހއ.އަތޮޅު ތަޢުލީމީ މަރުކަޒު
މިނާއަކީ، 2014 ވަނައަހަރު ބޭއްވުނު ޘާނަވީ އިމްތިހާނުގައި ބައިވެރިވެ ޤައުމީ ގަދަ ދިހައެއްގެ ހަ ވަނާގައި ހިމެނިފައިވާ ދަރިވަރެކެވެ.

ހއ.ދިއްދޫ ބީޗްހައުސް / މުޙައްމަދު ސަބްޙާން ޢަލީ
ހއ.އަތޮޅު ތަޢުލީމީ މަރުކަޒު
މިނާއަކީ، 2014 ވަނައަހަރު ބޭއްވުނު ޘާނަވީ އިމްތިހާނުގައި ބައިވެރިވެ ޤައުމީ ގަދަ ދިހައެއްގެ ހަތް ވަނާގައި ހިމެނިފައިވާ ދަރިވަރެކެވެ.

ހއ.މާރަންދޫ ސިލްވަރ ސްޓަރ / ސަރުވާން އަޙްމަދު
މާރަންދޫ މަދަރުސާ
މިނާއަކީ، 2014 ވަނައަހަރު ބޭއްވުނު ޘާނަވީ އިމްތިހާނުގައި ބައިވެރިވެ ޤައުމީ ގަދަ ދިހައެއްގެ އަށް ވަނާގައި ހިމެނިފައިވާ ދަރިވަރެކެވެ.

ހއ.އިހަވަންދޫ ވިދުވަރު / އިސްމާޢީލް ޝިޔާޒް
އިހަވަންދޫ މަދަރުސާ
މިނާއަކީ، 2014 ވަނައަހަރު ބޭއްވުނު ޘާނަވީ އިމްތިހާނުގައި ބައިވެރިވެ ޤައުމީ ގަދަ ދިހައެއްގެ ހަތަރު ވަނާގައި ހިމެނިފައިވާ ދަރިވަރެކެވެ

Inaam

ތިލައުތުރު އުއްތަމަ އަރުތަވެރިންނަށް އިނާމު ދެއްވަނީ


ސްކޫލް ޕްރޮގްރެސް އެވޯޑު
މި އެވޯޑު ލިބެނީ 8 ސްކޫލަކަށް

ތުރާކުނު މަދުރަސާ
ހއ. ތުރާކުނު
މި އެވޯޑު ދެވެނީ، 2014 ވަނަ އަހަރު ބޭއްވުނު ޘާނަވީ އިމްތިހާނުގައި ހއ. ތުރާކުނު މަދުރަސާއިން ބައިވެރިވި ދަރިވަރުންގެ ނަތީޖާއަށް ބަލާއިރު 10 އިން ސައްތައިގެ ކުރިއެރުން ހޯދާފައިވާތީ އެކަމުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުންނެވެ.

ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ހއ. ދިއްދޫ
މި އެވޯޑު ދެވެނީ، 2014 ވަނަ އަހަރު ބޭއްވުނު ޘާނަވީ އިމްތިހާނުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުން ބައިވެރިވި ދަރިވަރުންގެ ނަތީޖާއަށް ބަލާއިރު 21 އިން ސައްތައިގެ ކުރިއެރުން ހޯދާފައިވާތީ އެކަމުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުންނެވެ.

އުލިގަމު މަދުރަސާ
ހއ. އުލިގަން
މި އެވޯޑު ދެވެނީ، 2014 ވަނަ އަހަރު ބޭއްވުނު ޘާނަވީ އިމްތިހާނުގައި ހއ. އުލިގަމު މަދުރަސާއިން ބައިވެރިވި ދަރިވަރުންގެ ނަތީޖާއަށް ބަލާއިރު 40 އިން ސައްތައިގެ ކުރިއެރުން ހޯދާފައިވާތީ އެކަމުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުންނެވެ.

އިހަވަންދޫ މަދުރަސާ
ހއ. އިހަވަންދޫ
މި އެވޯޑު ދެވެނީ، 2014 ވަނަ އަހަރު ބޭއްވުނު ޘާނަވީ އިމްތިހާނުގައި ހއ. އިހަވަންދޫ މަދުރަސާއިން ބައިވެރިވި ދަރިވަރުންގެ ނަތީޖާއަށް ބަލާއިރު 24.02 އިން ސައްތައިގެ ކުރިއެރުން ހޯދާފައިވާތީ އެކަމުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުންނެވެ.

ވަށަފަރު މަދުރަސާ
ހއ. ވަށަފަރު
މި އެވޯޑު ދެވެނީ، 2014 ވަނަ އަހަރު ބޭއްވުނު ޘާނަވީ އިމްތިހާނުގައި ހއ. ވަށަފަރު މަދުރަސާއިން ބައިވެރިވި ދަރިވަރުންގެ ނަތީޖާއަށް ބަލާއިރު 24 އިން ސައްތައިގެ ކުރިއެރުން ހޯދާފައިވާތީ އެކަމުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުންނެވެ.

މަދުރަސަތުއް ސުލްޡާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމު
ހއ. އުތީމު
މި އެވޯޑު ދެވެނީ، 2014 ވަނަ އަހަރު ބޭއްވުނު ޘާނަވީ އިމްތިހާނުގައި ހއ. އުތީމު މަދުރަސާއިން ބައިވެރިވި ދަރިވަރުންގެ ނަތީޖާއަށް ބަލާއިރު 34 އިން ސައްތައިގެ ކުރިއެރުން ހޯދާފައިވާތީ އެކަމުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުންނެވެ.
މުރައިދޫ މަދުރަސާ
ހއ. މުރައިދޫ
މި އެވޯޑު ދެވެނީ، 2014 ވަނަ އަހަރު ބޭއްވުނު ޘާނަވީ އިމްތިހާނުގައި ހއ. މުރައިދޫ މަދުރަސާއިން ބައިވެރިވި ދަރިވަރުންގެ ނަތީޖާއަށް ބަލާއިރު 25 އިން ސައްތައިގެ ކުރިއެރުން ހޯދާފައިވާތީ އެކަމުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުންނެވެ.

ބާރަށު މަދުރަސާ
ހއ. ބާރަށް
މި އެވޯޑު ދެވެނީ، 2014 ވަނަ އަހަރު ބޭއްވުނު ޘާނަވީ އިމްތިހާނުގައި ހއ. ބާރަށު މަދުރަސާއިން ބައިވެރިވި ދަރިވަރުންގެ ނަތީޖާއަށް ބަލާއިރު 10 އިން ސައްތައިގެ ކުރިއެރުން ހޯދާފައިވާތީ އެކަމުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުންނެވެ.


ސްކޫލް އެޗީވުމަންޓު އެވޯޑު ލިބެނީ
2 ސްކޫލަކަށް

ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ހއ. ދިއްދޫ
މި އެވޯޑު ދެވެނީ، 2014 ވަނަ އަހަރު ބޭއްވުނު ޘާނަވީ އިމްތިހާނުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުން ބައިވެރިވި ދަރިވަރުންގެ ތެރެއިން 85 އިން ސައްތަ ދަރިވަރުން 5 މާއްދާއިން ފާސްވެފައިވާތީ އެކަމުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުންނެވެ.

ތުރާކުނު މަދުރަސާ
ހއ. ތުރާކުނު
މި އެވޯޑު ދެވެނީ، 2014 ވަނަ އަހަރު ބޭއްވުނު ޘާނަވީ އިމްތިހާނުގައި ހއ. ތުރާކުނު މަދުރަސާއިން ބައިވެރިވި ދަރިވަރުންގެ ތެރެއިން 100 އިން ސައްތަ ދަރިވަރުން 5 މާއްދާއިން ފާސްވެފައިވާތީ އެކަމުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުންނެވެ.


ޖަމާޢަތަށް އެންމެ އަގުހުރި ޚިދުމަތް ކުރެއްވި ފަރާތްތައް

ހއ. ކެލާ މަސްކާށިގެ އަލްފާޟިލް އަޙުމަދު ނަސީމު

މި އެވޯޑަށް ހޮވިފައިވާ ހއ.ކެލާ މަސްކާށިގެ/ އަޙްމަދު ނަސީމަކީ، ކެލާގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ ވަޑައިގެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް. އަދި އަމިއްލަ އިސްނެންގެވުމާއެކު، ކެލާ ރައްޔިތުންނަށް އެކިއެކި ރޮނގުތަކުން އެހީތެރިވެ ވަޑައިގެންނެވުމާއި، އެކިއެކި ކުޅިވަރު މުބާރާތްތައް ރާވާ ހިންގުމާއި، އާންމު ހޭލުންތެރިކަން އިތުރުކުރެއްވުމުގެ ގޮތުން އެކިއެކި މައުޟޫތަކަށް ޅެން ހެއްދެވުމާއި، ބައެއް ފޮތް ލިޔުއްވުން ހިމެނޭ. އަޙުމަދު ނަސީމަކީ، ކުރިން ކެލާ ކަތީބުކަމުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެއް. މިހާރު އަޙްމަދު ނަޞީމް އަދާކުރައްވަމުން ގެންދަވަނީ ހއ.ކެލާ ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަޤާމު.

އެންމެ ޚިދުމަތްތެރި ކުލަބު ޖަމުޢިއްޔާ

ހއ. އިހަވަންދޫ މަސްވެރިންގެ ގުޅުން

މި އެވޯޑް ލިބޭނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގައި ރަޖިސްޓްރީ ކޮށްފައިވާ، ހއ.އަތޮޅުގެ ރަށްރަށަށް ނިސްބާތްވާ ކްލަބް/ޖަމްޢިއްޔާތަކުގެ ތެރެއިން އެންމެ ޚިދުމަތްތެރި ކްލަބް/ޖަމްޢިއްޔާ އަކަށް. މި އެވޯޑް ދިނުމުގައި އެ ކްލަބް/ޖަމްޢިއްޔާ އިން ޖަމާޢަތަށް ފައިދާހުރި ކަންކަން ކޮށްދެއްވާފައިވާ މިންވަރާއި ފެންވަރަށް ބެލިފައިވޭ. މި އެވޯޑަށް އެދި ހުށަހެޅޭނީ އެ ރަށެއްގެ ރަށުކައުންސިލް މެދުވެރިކޮށް. އަދި އެވޯޑަށް ހުށަހެޅޭ ލިޔުންތަކުގައިވާ މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތުކަން ކަށަވަރުކޮށް ރަށުކައުންސިލްގެ ބަޔާނެއް ވެސް ހުށަހަޅަންންޖެހޭ. އެހެންކަމުން މި އެވޯޑު ލިބިފައިވާ އިހަވަންދޫ މަސްވެރިންގެ ގުޅުމަކީ އިހަވަންދޫގެ ތަރައްޤީއާއި، ކުރިއެރުމަށް ތަފާތު މަސައްކަތް ކުރައްވާފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ޖަމްޢިއްޔާއެއް. އިހަވަންދޫ މަސްވެރިންގެ ގުޅުމަކީ އެ ޖަމިޢިއްޔާ އުފެއްދި މަޤްޞަދާއެއްގޮތަށް ކަންކަން ޙާސިލްކުރުމުގައި މިހާތަނަށް ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ޖަމުޢިއްޔާއެކެވެ.

އެންމެ ޚިދުމަތްތެރި ރަށުކައުންސިލް

ހއ. ހޯރަފުށީ ކައުންސިލްގެ އިދާރާ

މި އެވޯޑް ލިބޭނީ، ހއ.އަތޮޅުގެ ރަށުކައުންސިލްތަކުން ރައްޔިތުންނަށް ދެއްވަމުން ގެންދަވާ ޚިދުމަތްތަކަށާ، އަދި ކައުންސިލްގެ ޕާރފޯމަންސަށް ބަލައި، މި އެވޯޑަށް އެދި ހުށަހަޅުއްވާ ރަށުކައުންސިލްތަކުގެ ތެރެއިން އެންމެ ޚިދުމަތްތެރި ރަށުކައުންސިލަކަށެވެ. މި އެވޯޑް ދިނުމުގައި، ފާއިތުވި އަހަރު ރަށުކައުންސިލްތަކުގެ މޮނިޓަރިންގ ރިޕޯރޓަށް ރިޢާޔަތްކޮށްފައިވާނެ. އަދި ރަށުކައުންސިލްތަކުން ރައްޔިތުންނަށް ދެއްވަންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމައަށް ދެއްވަމުން ގެންގޮސްފައިވާ މިންވަރަށްވެސް ބެލިފައިވާނެ. މީގެ އިތުރުން، ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ ރަށްވެހިކަން ކުރިއަރުވައި، ރައްޔިތުންނަށް އުފާފާގަތިކަން ހޯއްދަވައި ދެއްވުމަށް މަގުފައިވާ ގޮތަށް ކުރައްވަމުން ގެންދަވާފައިވާ، މަސައްކަތްތަކަށް ވެސް ބެލިފައިވާނެ. އެހެންކަމުން ހއ. ހޯރަފުށީ ކައުންސިލްގެ އިދާރާއަކީ މިދެންނެވި ބައިތައް ފުރިހަމަކުރެވިފައިވާ ނަމޫނާ ރަށު ކައުންސިލެއްކަން ފާހަގަކުރެވޭތީ މި އެވޯޑް ލިބެނީ ހއ. ހޯރަފުށީ ކައުންސިލްގެ އިދާރާއަށެވެ