Author Archives: Ahmed Naseer

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި ހއ. ފިއްލަދޫގައި ކާބޯތަކެތީގެ މައުރަޒެއްބާއްވައިފި

44447387_1903317616401718_5342926409847275520_n

ފިއްލަދޫގައި ބޭއްވުނު ކާބޯތަކެތީގެ މަޢުރަޒްގެ މަންޒަރެއް: ފޮޓޯ ހއ.އަތޮޅު ކައުންސިލް


ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅުވައިގެން ހއ. ފިއްލަދޫގައި ކާބޯތަކެތީގެ މައުރަޒެއްގައި ބާއްވައިފިއެވެ. ފިއްލަދޫ ކައުންސިލުން އިންތިޒާމުކުރައްވައިގެން ބޭއްވުނު މި މައުރަޒުއޮތީ މިމަހުގެ 19 ވަނަ ދުވަހު ހއ. ފިއްލަދޫ މަދްރަސުއް ސަބާހުގައެވެ.

ހަތަރު ޓީމަކުން ވާދަކުރި މި މައުރަޒުގައި ތަފާތު ވައްތަރުކެ ކާބޯތަކެތި ތައްޔާރުކޮށްފައިވެއެވެ. ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުނު މި މައުރަޒު ހުޅުއްވައި ދެއްވީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަލްފާޟިލް ޢަލީ ޝަމީމެވެ. މި ރަސްމިއްޔާތުގައި ހއ. ކެލާ ކައުންސިލާއި ކެލާ ސިއްޙީ މަރުކަޒާއި އަތޮޅު ކައުންސިލްގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

މި މައުރަޒަށް ޒިޔާރަތް ކުރެއްވި އެކިފަރާތްތަކުން ބައްލަވައިގެންނެވި ތަކެތީގެ އަގަށް -/24,361 ރުފިޔާ ލިބިފައިވާކަމަށް އެރަށު ކައުންސިލުން މަޢުލޫމާތު ދެއްވިއެވެ.

މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ 2018 ތިލަދުންމަތީ އުތުރުބުރީ އަތޮޅުކައުންސިލަށް ލިބިއްޖެ

Presentation2


 

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކޮންމެ އަހަރަކު އެއްފަހަރު ދެމުންއަންނަ މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ އިނާމު 2018  ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން ހާސިލްކޮށްފިއެވެ. މިއީ މިރޮނގުން އަތޮޅު ކައުންސިލުން އިނާމު ހާސިލްކުރި ދެވަނަފަހަރެވެ. އެންމެފުރަތަމަ އިނާމު ލިބިފައިވަނީ 2017 ވަނައަހަރުއެވެ.

މި އިނާމަކީ މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްގުގެ ޤާނޫނުގެދަށުން އަމިއްލައަށް އިސްނަގައިގެން ސަރުކާރުގެ މުވައްސަސާތަކުގެ ވެބްސައިޓް މެދުވެރިކޮށް ނުވަތަ އެނޫން އެހެންވެސް ވަސީލަތް މެދުވެރިކޮށް މަޢުލޫމާތު ހާމަކުރުމުގެ މަސައްކަތް ކުރައްވާ ސަރުކާރުގެ މުވައްސަސާތަކުގެ މެދުގައި ވާދަވެރިކަމަށް ހުޅުވައި ލައްވައިގެން ކޮންމެ އަހަރަކު އެއްފަހަރު ދެއްވާ އިނާމެކެވެ.

މިކަމަށްޓަކައި 17 އޮކްޓޯބަރ 2017 ވަނަ ދުވަހުގެރޭ މާލޭގައި ބޭއްވުނު ހަފްލާގައި ރަންވަނަ އިނާމް ޙަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާން އޯޑިޓަރ ޖެނެރަލް އަލްފާޟިލް ހަސަން ޒިޔަތުއެވެ.

މަޢުލޫމާތު ހާމަކުރުމުގެ ރަންވަނައަށް އެދި ސަރުކާރުގެ ބައެއް ކުންފުނިތަކުންނާއި އޮފީސްތަކުން ކުރިމަތި ލާފާވެއެވެ. މިގޮތުން 3 ދަރަޖައަކަށް މުވައްސަސާތައް ދަރަޖަ ކުރެވިގެން ދިޔައެވެ. ދަރަޖަ ކުރެވިގެންދިޔައީ އެމުވައްސަސާއެއްގެ ވެބްސައިޓް މެދުވެރިކޮށް މަޢުލޫމާތު ހާމަކޮށްފައިވާ މިންވަރަށެވެ.

މުވައްސަސާތައް ދަރަޖަކުރެވިގެން ދިޔައިރު ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް ލިބިފައިވަނީ އެއްވަނަ ދަރަޖައެވެ. ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާވަނީ  މިފަހަރު މިއިނާމް ހާސިލް ކުރުމަށްޓަކައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ތައްޔާރުކުރި ހުރިހާ ގައިޑްލައިނެއް ފުރިހަމަ ކޮށްފައެވެ. މިގޮތުން މޯބައިލް އެޕް މެދުވެރިކޮށް އަތޮޅު ކައުންސިލްގެ ވެބްސައިޓަށް ފަސޭހަކަމާއެކު ވަދެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖެހިފައެވެ.

ތިލަދުންމަތީ އުތުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން އަބަދުވެސް މަސައްކަތްކުރަނީ ރައްޔިތުންނަށް ފޯރޮކޮށްދޭންޖެހޭ ޚިދުމަތްތައް ފަސޭހަކަމާއި އަވަސް ކަމާއެކު ފޯރުކޮށްދިނުމާއި، މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ޤާނޫނުގައިވާ ގޮތުގެމަތިން ހާމަކުރަންޖެހޭ މަޢުލޫމާތު ހިފެހެއްޓުމެއްނެތި ހާމަކުރުމުގެ ރޫޙުގައި މަސައްކަތް ކުރުމެވެ.

މި ފުރުސަތުގައި މިމަސައްކަތުގައި ޝާމިލްވާ ހއ. އަތޮޅު ރަށުކައުންސިލްތަކުގެ ކައުންސިލަރުންނާއި އެ ކައުންސިލްތަކުގެ އެންމެހައި މުވައްޒަފުންނާއި، ޚާއްސަކޮށް އަތޮޅު ކައުންސިލްގެ ކައުންސިލަރުންނާއި އަތޮޅު ކައުންސިލްގެ ހީވާގި މުވައްޒަފުންނަށް އަތޮޅު ކައުންސިލްގެ ރައީސްގެ ނަންފުޅުގައި އަދި ކައުންސިލްގެ ނަމުގައި ޝުކުރު ދަންނަވަމެވެ.

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވާ ބައިވެރިން މާލެފުރައިފި

IMG_0650

1439 ވަނަ އަހަރު ޤުރުއާން މުބާރާތުގެ ތެރެއިން


ކީރިތި ޤުރުއާން ކިޔެވުމުގެ 33 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވާ ހއ. އަތޮޅުގެ ދަރިވަރުން މިމަހުގެ 12 ވަނަ ދުވަހު މާލެ ފުރައިފިއެވެ. ހއ. އަތޮޅުން މި މުބާރާތުގައި ބައިވެރިވަނީ، އަތޮޅު ޤުރުއާން މުބާރާތް 1439 ގައި ބައިވެރިވެ އެ މުބާރާތުން ވަނަތައް ހާސިލްކޮށްގެން މާލެ ދިއުމަށް ހޮވިފައިވާ 5 ބައިވެރިންގެ ތެރެއިން 4 ބައިވެރިއެކެވެ.

ޤުރުއާން ކިޔެވުމުގެ 33 ވަނަ ޤައުމީ މުބާރާތުގައި ހއ. އަތޮޅުން ވާދަ ކުރަނީ ބަލައިގެން ކިޔެވުމުގެ ބައިން ހއ. އިހަވަންދޫ ހުޅަނގުމަތީގޭ ޢާއިޝަތު ނާހިޔާއާއި، ހއ. ދިއްދޫ ފުނަކުރި ބައްސާމާ ސުލައިމާނާއި، އިހަވަންދޫ ޒަމާނީވިލާ ޢާއިޝަތު ޤާދިރާއެވެ. ނުބަލާ ކިޔެވުމުގެ ބައިން ހއ. ދިއްދޫ އޭޝިޔާ މަރިޔަމް އަރޫޝާއެވެ.

އަތޮޅު ކައުންސިލްގެ އުއްމީދަކީ މި މުބާރާތުގައި ރަނގަޅު ކާމިޔާބެއް ހާސިލްކޮށް އަތޮޅަށް ރީތިވަނައެއް ލިބުމެވެ.

ހއ.އަތޮޅު ކައުންސިލުން މޯބައިލް އެޕްލިކޭޝަނެއް ތަޢާރަފުކޮށްފި

app


 

ފުރަތަމަ ފަހަރަށް ރާއްޖޭގެ އަތޮޅަކާބެހޭ މަޢުލޫމާތު ލިބިވަޑައިގަންނަވާނެ  މޯބައިލް އެޕްލިކޭޝަނެއް އަލަށް ތަޢާރަފުކޮށްފިއެވެ. މިއީ އެންޑްރޮއިޑް ފޯނުތަކަށް ފަސޭހަ އެޕްލިކޭޝަނެކެވެ.

ތިލަދުންމަތީ އުތުރުބުރީ އަތޮޅުކައުންސިލްގެ ނަމުގައި ތަޢާރަފުކޮށްފައިވާ މި އެޕްލިކޭޝަނުން އަތޮޅު ކައުންސިލްގެ ވެބްސައިޓަށް ވެންނެވުމުގެ އިތުރުން އަތޮޅާބެހޭ ބައެއް މަޢުލޫމާތުތައް ލިބެން ހުންނާނެއެވެ. ކޮންމެ ދިމާލެއްގައި ހުންނަވައިގެން ވިޔަސް ހއ. އަތޮޅާބެހޭ އެކި މަޢުލޫމާތު  ހޯދުމަކަށް މިހާރު އުނދަގުލެއް ނުވާނެއެވެ.

ހއ. އަތޮޅު ކައުންސިލަކީ އަތޮޅު ރައްޔިތުންނަށް ފަސޭހަކަމާއެކު މަޢުލޫމާތު ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންއަންނަ ކައުންސިލެކެވެ. އަތޮޅު ކައުންސިލުން އަބަދުވެސް މަސައްކަތް ކުރަނީ ޒަމާނީ ވަސީލަތްތަކުގެ އެހީގައި ފުރިހަމަ މަޢުލޫމާތުތަކެއް ފޯރުކޮށް ދެވޭތޯއެވެ.

މި އެޕްލިކޭޝަނުގެ ނަމަކީ haaalifu

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲޔާމީން ޢަބްދުލްޤައްޔޫމް ހއ.އަތޮޅަށް ވަޑައިގެންފި

DSCN4651

ރައީސުލްޖުމްހޫރިއްޔާ ދިއްދޫ ރައްޔިތުންނާ ބައްދަލުކުރައްވަނީ


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިހިނގާ ޖުލައިމަހުގެ 17 ން 18 އަށް ހއ. އަތޮޅަށް ދަތުރުފުޅެއް ކުރައްވައިފިއެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި މިއަތޮޅުގެ ހަތަރު ރަކަށް ވަޑައިގެންނެވިއެވެ. އެއީ ހޯރަފުށި، އިހަވަންދޫ، ދިއްދޫ، ކެލާ، ބާރަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ހޯރަފުށީގައި ސަރުކާރުން ހިންގެވި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވިއެވެ. އަދި އިހަވަންދޫއަށް ވަޑައިގެން އެރަށުގައި ސަރުކާރުން ޤާއިމުކޮށްދެއްވި ނަރުދަމާގެ ނިޒާމްގެ މަސައްކަތް ނިމުން ފާހަގަކޮށްދެއްވިއެވެ. އަދި މީގެއިތުރުން އިހަވަންދޫ ސިއްޙީމަރުކަޒުގެ ނަން އާމިނާތަކުރުފާނު ސިއްޙީމަރުކަޒުގެ ނަމަށް ބަދަލުކޮށް ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހއ.އަތޮޅަށް ކުރައްވަމުން ގެންދެވި މި ދަތުރުފުޅުގައި މިމަހުގެ 18 ވަނަ ދުވަހު ދިއްދުއަށް ވަޑައިގެން ދިއްދޫގައި ސަރުކާރުން ހިންގެވި ހަތަރު މަޝްރޫޢެއްގެ ނިމުން ފާހަގަކޮށް ބައެއް ޚިދުމަތް ފައްޓަވައި ދެއްވިއެވެ. މިގޮތުން ދިއްދޫގެ ބޮޑެތި މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫއާއި ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއާއި ދިއްދޫގައި ގާއިމުކޮށްފައިވާ ހައުސިންގ ޔުނިޓްތައް އިފްތިތާހުކޮށް ދެއްވުމާއި ދިއްދޫގައި ގާއިމުކޮށްދެއްވި ސާފުބޯފެނުގެ ޚިދުމަތް ފައްޓަވައި ދެއްވުން ހިމެނެއެވެ.

އަދި މި ދަތުރުފުޅުގައި މިއަތޮޅު ކެލައަށާއި ބާރަށަށް ވަޑައިގެން ކެލާގައި ހިންގެވި ނަރުދަމާގެ ނިޒާމާއި ބާރަށުގައި މީގެ 2 އަހަރު ކުރިން ނިމިފައިވާ އެރަށު ޖެޓީބައްލަވާ ލައްވާ އެ މަޝްރޫއުގެވެސް ނިމުން ފާހަގަ ކުރެއްވިއެވެ.

ހއ. އަތޮޅު ޤުރްއާން މުބާރާތް 1439 ނިންމާ ބައިވެރިންނަށް އިނާމާއި ހަނދާނީ ލިއުން ދެއްވައިފި

IMG_0556

މުބާރާތުގެ ބައިވެރިޔަކު ޤުރްއާން ކިޔަވަނީ


ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ހއ. އަތޮޅުން ވާދަކުރާނެ ބައިވެރިން ހޮވުމަށްޓަކައި ބޭއްވުނު ހއ. އަތޮޅު ޤުރްއާން ކިޔެވުމުގެ މުބާރާތް 1439 މިމަހުގެ 6 ން 7 އަށް ދިއްދޫގައި ބާއްވައިފިއެވެ.

މިފަހަރުގެ މުބާރާތަކީ 18 އަހަރުން މައްޗަށް ޚާއްސަ ކުރައްވައިގެން ބޭއްވުނު ފުރަތަމަ މުބާރާތެވެ. މި މުބާރާތުގައި ހއ. ކެލާ، ހއ. ދިއްދޫ، އަދި ހއ. އިހަވަންދޫން ޖުމްލަ 14 ބައިވެރިން ބައިވެރިވިއެވެ. މި މުބާރާތުގެ ބައިވެރިން ކިޔެވުމަށް ކަނޑައަޅާފައިވަނީ ފޮތުން ކިޔެވުމުގެބައިން 10 ފޮތާއި، 20 ފޮތާއި، 30 ފޮތުންނެވެ. އަދި ހިފްޟުގެ ބައިން 5 ފޮތުންނެވެ.

މި މުބާރާތް ހުޅުއްވައި ދެއްވީ ހއ. އަތޮޅަށް ވަރަށް ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ އަލްފާޟިލް އުތީމު އާދަމް ޢަބްދުއްރަޙްމާނެވެ. މުބާރާތް ހުޅުއްވައި ދެއްވަމުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ދިވެހިންގެ ތެރޭގައި ޤުރްއާންގެ ޢިލްމު މީގެކުރީގައި އޮތްމިންވަރާއި މިހާރު ދިވެހިންގެ ތެރޭގައި މި ޢިލްމު ކުރިއަރާފައިވާ މިންވަރު ހާމަކޮށްދެއްވިއެވެ.

ހއ. އަތޮޅު ޤުރްއާން މުބާރާތް 1439 ގައި ލިބިފައިފައިވާ ވަނަތަކަށް ބަލާއިރު 10 ފޮތުގެބައިން 2 ވަނަ ދަރިވަރަކީ ހއ. އިހަވަންދޫ ޒަމާނީވިލާ ޢާއިޝަތު ޤާދިރާއެވެ. މިބައިން 3 ވަނައަށް ހޮވިފައިވަނީ ހއ. ކެލާ އައްސޭރި ޚަދީޖާ ޔާޝިފާ އެވެ. މި ބައިން 1 ވަނައަށް އަންނަވަރަށް މާރކްސް ލިބިފައެއް ނުވެއެވެ.

20 ފޮތުގެބައިން  1 ވަނަ ދަރިވަރަކީ ހއ. އިހަވަންދޫ ހުޅަނގުމަތީގޭ ޢާއިޝަތު ނާހިޔާއެވެ. 2 ވަނަ ދަރިވަރަކީ ހއ. ދިއްދޫ ބީޗްފްލާވަރ ފާރިޚާ އަޙުމަދެވެ. 3 ވަނަ ދަރިވަރަކީ ހއ. ދިއްދޫ ލިރުޝާ ޙަލީމަތުއް ސަޢުދިއްޔާއެވެ.

30 ފޮތުގެ ބައިން 1 ވަނަ ދަރިވަރަކީ ހއ. ދިއްދޫ ފުނަކުރި ބައްސާމާ ސުލައިމާނެވެ. 3 ވަނަ ދަރިވަރަކީ ހއ. ދިއްދޫ ރަންބުސްތާނުގެ ޙައްވާ ރާޝިދާއެވެ. މިބައިން 2 ވަނައަށް އަންނަވަރަށް މާކްސް ލިބިފައެއް ނުވެއެވެ.

IMG_0658

ޙިފުޟުގެ ބައިން ބައިވެރިވެފައިވަނީ އެންމެ ދަރިވަރެއްކަމުގައިވާތީ މިބައިން 2 ވަނަ ދަރިވަރަކީ ހއ. ދިއްދޫ އޭޝިޔާ މަރިޔަމް އަރޫޝާއެވެ. މިބައިންވެސް 1 ވަނަ އަދި 3 ވަނަ ހޮވިފައެއް ނުވެއެވެ.

މުޅި މުބާރާތުން ފޮތުން ކިޔެވުމުގެބައިން 1 ވަނައަށް ހޮވިފައިވަނީ ހއ. އިހަވަންދޫ ހުޅަނގުމަތީގޭ ޢާއިޝަތު ނާހިޔާއެވެ. 2 ވަނައަށް ހޮވިފައިވަނީ ހއ. ދިއްދޫ ބީޗްފްލާވަރ ފާރިޚާ އަޙުމަދެވެ. 3 ވަނައަށް 2 ފަރާތެއް ހޮވިފައިވެއެވެ. އެއީ ހއ. އިހަވަންދޫ ޒަމާނީވިލާ އާއިޝަތު ޤާދިރާއާއި ހއ. ދިއްދޫ ފުނަކުރި ބައްސާމާ ސުލައިމާނެވެ. އެހެންކަމުން ޤްރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ހއ. އަތޮޅުން ވާދަ ކުރާނީ މިދެންނެވި ހަތަރު ބައިވެރިންނެވެ.

މީގެކުރިން ބޭއްވުނު އަތޮޅު ޤުރްއާން މުބާރާތްތަކުގައި ވާދަކޮށްފައިވަނީ ރަށްރަށުގެ ސްކޫލްތަކުގެ ދަރިވަރުންނެވެ.

އޮފީސް ހިންގުމުގެ ހުނަރު ދަސްކޮށް ދިނުމުގެ މަސައްކަތު ބައްދަލުވުން ނިމި ބައިވެރިންނަށް ހަނދާނީ ލިއުން ދެއްވައިފި

36437230_1746269278773220_5305662994414305280_n

ބައްދަލުވުމުގެ ބައިވެރިއަކަށް ލިއުން ޙަވާލުކޮށްދެއްވަނީ


ތިލަދުންމަތީ އުތުރުބުރީ ރަށުކައުންސިލްތަކާއި އަތޮޅު ކައުންސިލްގެ އިދާރީ މުވައްޒަފުންނަށް އަމާޒްކުރައްވައިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި އަތޮޅު ކައުންސިލާއި ރަށުކައުންސިލްތައް ގުޅިގެން ހިންގެވި އޮފީސް ހިންގުމުގެ ހުނަރު ދަސްކޮށްދިނުމުގެ މަސައްކަތު ބައްދަލުވުން ނިންމާ ބައިވެރިންނަށް ހަނދާނީ ލިއުން ޙަވާލުކޮށް ދެއްވައިފިއެވެ. މި ބައްދަލުވުން ނިމުމުގެ ރަސްމިއްޔާތުގައި ހަނދާނީ ލިއުން ޙަވާލުކޮށްދެއްވީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޙުސައިނާއި ކައުންސިލްގެ މެންބަރ އަލްފާޟިލް އިބްރާހީމް ރަޝީދާއި އަލްފާޟިލް ޢަބްދުﷲ އިންފާޒާއި އެލް.ޖީ.އޭގެ ޑިރެކްޓަރ އަލްފާޟިލް އަޙުމަދު ޙަސަނެވެ.

ތިންދުވަހުގެ މުއްދަތަށް ހިންގުނު މި މަސައްކަތު ބައްދަލުވުމުގައި ހޯރަފުށީ ފިޔަވައި  13 ރަށުގެ ރަށުކައުންސިލުން މުވައްޒަފުން ބައިވެރިވެ ލެއްވިއެވެ. މި މަސައްކަތު ބައްދަލުވުމުގައި އޮފީހެއް ހިންގުމުގައި ބޭނުންވާ މައިގަނޑު 6 ކަމެއްގެ މައްޗަށް މަޢުލޫމާތު ދެއްވިއެވެ. އޭގެތެރޭގައި ޕްލޭން ތައްޔާރުކުރުމާއި، ބަޖެޓްހިންގާނެގޮތާއި، މާލީކަންކަން ބެލެހެއްޓުމާއި، ޕްރޮކިއުމަންޓް ޕްރޮސެސް ދާނެގޮތާއި، ޓާސްކް މެނޭޖް ކުރާނެގޮތާއި، ޕާރފޯމަންސް މިންކުރާގޮތް އޮޅުން ފިލުވައި ދެއްވިއެވެ.

މި މަސައްކަތު ބައްދަލުވުމަކީ ކައުންސިލްތަކުން މިހާތަނަށް އިދާރީ ގިނަމުވައްޒަފުންތަކެއް ބައިވެރިވުން ހިމެނޭގޮތަށް ބޭއްވުނު އެންމެ ފުރަތަމަ ބައްދަލުވުމެވެ.

ނިޔަމިކަން ދަސްކޮށްދިނުމުގެ ކޯހެއް ހއ. އަތޮޅުގައި ހިންގައިފި

32082721_1684526058280876_592307906020376576_n

ނިޔަމިންކަން ދަސްކޮށްދޭ ކޯހުގެ ބައިވެރިން


މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް އާއި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް ގުޅިގެން މިއަތޮޅުގައި ނިޔަމި ކަމުގެ ކޯހެއް ހިންގައިފިއެވެ. 5 ދުވަހުގެ މުއްދަތަށް ދިއްދޫގައި ހިންގުނު މިކޯހުގައި އަތޮޅުގެ އެކިރަށްރަށުން 25 ބައިވެރިއަކު ބައިވެރިވެފައި ވެއެވެ.

ކަނޑު ދަތުރުކުރާ ފަރާތްތަކަށް އަމާޒް ކުރައްވައިގެން ހިންގުނު މިކޯހަކީ ނިޔަމިކަމުގެ ލެވެލް 2 ގެ ކޯހެކެވެ. މިކޯހުގައި ކިޔަވައި ދެއްވީ އެމް.އެން.ޑީ.އެފް ކޯސްގާޑްގެ ތަޖުރިބާހުރި އިންސްޓްރަކްޓަރުންނެވެ. 

އިމާމުންނާއި ޚަޠީބުން ތާޒާކުރުމަށް ބޭއްވުނު މަސައްކަތު ބައްދަލުވުން 6 ނިމިއްޖެ

Hasn

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒާއި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ ގުޅިގެން މިމަހުގެ 24 ން 26 އަށް ހިންގުނު އިމާމުންނާއި ޚަޠީބުން ތާޒާކުރުމުގެ މަސައްކަތު ބައްދަލުވުން 6 ނިންމާ ބައިވެރިންނަށް ހަނދާނީ ލިއުން ދެއްވައިފިއެވެ.

މިކަމަށްޓަކައި ބޭއްވުނު ޖަލްސާ ޝަރަފްވެރިކޮށްދެއްވީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޙުސައިންއެވެ. މިރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީގެ މިނިސްޓަރގެ ނައިބް އައްޝައިޚް އިބްރާހީމް އަޙުމަދާއި އަލްއުސްތާޛު ޢަބްދުލް ޣަފޫރު އަޙުމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެއިތުރުން އެމިނިސްޓްރީގެ އިސްބައެއް ވެރިންނާއި ދިއްދޫގައި ހުރި ސަރުކާރު އޮފީސްތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އައްޝައިޚް އިބްރާހީމް އަޙުމަދު ވިދާޅުވީ އިމާމުންނަކީ އިސްލާމްދީންގެ މަތިވެރި އަޅުކަމެއް އަދާކުރައްވާ ބޭފުޅުންކަމަށާއި އެބޭފުޅުންގެ ސްލޫކާއި އަޚްލާޤް ހުންނަންވާނީ މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތުގެމަތިން ކަމަށާއި މިގޮތުގެމަތިން ރައްޔިތުންނަށް ނަމޫނާއަކަށް ވާންޖެހޭ ބައެއްކަމަށެވެ. އަދި އިސްލާމްދީން ބާރު އަޅަނީ މީސްތަކުންގެ މެދުގައި މަސްލަހަތު ހިފެހެއްޓުމަށް ކަމަށާއި އެހެންކަމުން ރައްޔިތުންނާއެކު އިމާމްވެ ނަމާދު ކުރައްވާއިރު މަސްލަހަތު ނުގެއްލޭގޮތަށް ޢަމަލުކުރެއްވުމަށްވެސް އިމާމުންގެ ކިބައިން އެދިވަޑައިގަތެވެ.

މިޖަލްސާގައި އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ހުސައިންވެސް ވާހަކަފުޅު ދެއްކެވިއެވެ. ރައީސްގެ ވާހަކަފުޅުގައި މި ބައްދަލުވުމުން ލިބުނު މަޢުލޫމާތުގެ ބޭނުން ހެޔޮގޮތުގައި ހިއްޕަވައިގެން އެގޮތުގެމަތިން އިމާމުންގެ ޢަމަލުތައް ބެހެއްޓުމަށް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުވުން ކުރިއަށް ގެންދިއުމުގައި އަތޮޅު ކައުންސިލުން އަދާކުރެއްވި ދައުރުގެ ފުރިހަމަކަމުން އެކަމުގެ އަގުވަޒަންކޮށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން އަތޮޅު ކައުންސިލަށް ހަނދާނީ ފިލާދެއްވިއެވެ. މިފިލާއާ ޙަވާލުވެލެއްވީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޙުސައިންއެވެ.

އިމާމުންނާއި ޚަޠީބުން ތާޒާކުރުމާބެހޭ މަސައްކަތު ބައްދަލުވުން ފެށިއްޖެ

imaam

އިމާމުންނާއި ޚަތީބުން ތާޒާ ކުރުމާބެހޭ މަސައްކަތު ބައްދަލުވުން 6 ފެށިގެން ކުރިއަށް އެބަދެއެވެ. 2018 މާރިޗް 24 ން 26 އަށް ދިއްދޫގައި ހިންގަވާ މި މަސައްކަތު ބައްދަލުވުމަކީ ހއ. އަތޮޅު ރަށްރަށުގައި ތިއްބެވި މުދިމުންނާއި އިމާމްވެ ހުކުރުކުރައްވާ ޚަތީބުންނަށް އަމާޒް ކުރައްވައިގެން ހިންގަވާ މަސައްކަތު ބައްދަލުވުމެކެވެ.

މި މަސައްކަތު ބައްދަލުވުމުގައި މައިގަނޑު 5 ކަމަކާބެހޭ ގޮތުން ބައިވެރިންނަށް މަޢުލޫމާތު ދެއްވުމަށް ހަމަޖެހިފައިވެއެވެ. އޭގެތެރޭގައި

ފިޤުހު / ޤުރުއާންގެ ޢަމަލީބައި / މިސްކިތް ބަލަހައްޓާނެގޮތް / ދިވެހިބަހުން ކިޔުމާއި ހުށަހެޅުމުގެ ހުނަރު / އިދާރީކަންކަން ހިނގާގޮތް އޮޅުން ފިލުވައި ދިނުން ހިމެނެއެވެ.

މި ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަނީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އައްޝައިޚް އިބްރާހީމް އަޙުމަދާއި އެމިނިސްޓްރީގެ އިސްބައެއް ބޭފުޅުންނެވެ.

« Older Entries